Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބޭލް ގަތުމަށް ނިއުކާސަލް އިން މަސައްކަތް ކުރުން

ބޭލް ގަތުމަށް ނިއުކާސަލް އިން 53 މިލިއަން ޕައުންޑް ޚަރަދު ކުރަނީ

13 މެއި 2020 | ބުދަ 18:00

300 މިލިއަން ޕައުންޑަށް ނިއުކާސަލް ގަތުމަށް ސައުދީގެ ހިއްސާދާރުން އަންނަނީ މަސައްކަތް ކުރަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 މެއި 2020 | ބުދަ 18:00
ރެއާލް މެޑްރިޑްގެ ފޯވާޑް ގެރެތު ބޭލް: ނިއުކާސަލް އިން އަންނަނީ ބޭލް ގަތުމަށް މަސައްކަތް ކުރަމުން

ރެއާލް މެޑްރިޑްގެ ފޯވާޑް ގެރެތު ބޭލް: ނިއުކާސަލް އިން އަންނަނީ ބޭލް ގަތުމަށް މަސައްކަތް ކުރަމުން

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ތަރި ގެރެތު ބޭލް ގަތުމަށް ނިއުކާސަލް ޔުނައިޓެޑުން 53 މިލިއަން ޕައުންޑް ޚަރަދުކުރަން ތައްޔާރަށް އޮތް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ބޭލް ހޯދުމަށް ނިއުކާސަލް އިން ބޮޑު ޚަރަދެއް ކުރަން ތައްޔާރަށް އޮތް ކަމަށް ރިޕޯޓުތައް ބުނިއިރު، ސައުދީގެ އިންވެސްޓަރުންގެ ބޮޑު ހިއްސާއަކާ އެކު 300 މިލިއަން ޕައުންޑަށް ނިއުކާސަލް ގަތުމަށް އަމަންޑާ ސްޓަވިލީސްގެ ޕީސީޕީ ކެޕިޓަލް ޕާޓްނާސް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަމަންޑާއާ އެކު ނިއުކާސަލް ގަތުމުގައި ހިއްސާވަނީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނެވެ.

ރެއާލްއަށް 2013 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވި ބޭލް، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން 2022 ގެ ނިޔަލަށް އާކޮށްފައިވީ ނަމަވެސް، ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ބޭލް ގަތުމަށް ނިއުކާސަލް އިން 53 މިލިއަން ޕައުންޑް ހުށަހަޅަން ތައްޔާރަށް އޮތް ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

އެކަމަކު ދާދި ފަހުން ބޭލް ވަނީ ރެއާލް އާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން، ދެން ކުޅެން ޝައުގުވެރިވަނީ އެމެރިކާގެ މޭޖާ ލީގުގައި ކަމަށް ބުނެފަ އެވެ. އެއާއެކު އެމެރިކާގެ އިންޓަ މަޔާމީން ވެސް އަންނަނީ ބޭލް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ދެން ބޭލް ހޯދަން މަސައްކަތް ކުރަމުން އަންނަނީ އޭނާގެ ކުރީގެ ކްލަބު ޓޮޓެންހަމް ހޮޓްސްޕާ އިންނެވެ.

އެކަމަކު ބޭލްގެ އޭޖެންޓް ބުނީ އޭނާ އެނބުރި ޓޮޓެންހަމަށް ދިޔުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. އެގޮތުން މިވަގުތު ބޭލް ރެއާލްގައި ހުރީ ހިތްހަމަޖެހިގެން ކަމަށާއި، އެހެން ޓީމަކަށް ބަދަލުވުމާއި މެދު ގޮތެއް ނިންމާލީ ރެއާލް އާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ކަމަށްވެސް ބުންޏެވެ.

ބޭލް ވަނީ ރެއާލްއަށް މިހާތަނަށް ކުޅުނު 249 މެޗުގައި 105 ލަނޑު ކާމިޔާބުކޮށް، އެ ކްލަބާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ޔުއެފާ ސުޕަ ކަޕް ތިން ފަހަރު، ކްލަބު ވޯލްޑް ކަޕް ތިން ފަހަރު، ސްޕެނިޝް ލީގު އެއް ފަހަރު، ސްޕެނިޝް ކަޕް އެއް ފަހަރު އަދި ސްޕެނިޝް ސުޕަ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

2

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

3

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

4

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

5

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

އިތުރަށް ކިޔާލަން

13 އެޕްރީލު 2017

އެލްކްލެސިކޯ މެޗަށް ބޭލް ފިޓްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

13 އެޕްރީލު 2017
އެލްކްލެސިކޯ މެޗަށް ބޭލް ފިޓްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެ
06 އެޕްރީލު 2017

ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް

06 އެޕްރީލު 2017
ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
30 މާރިޗު 2017

މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި

30 މާރިޗު 2017
މޮރާޓާ ހޯދުމަށް ޗެލްސީން 70 މިލިއަން ޕައުންޑު ހުށަހަޅައިފި
29 މާރިޗު 2017

ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

29 މާރިޗު 2017
ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން
25 ފެބުރުއަރީ 2017

ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

25 ފެބުރުއަރީ 2017
ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި
19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް