Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައުދާގެ މަރު

ރައުދާގެ މަރުގެ މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާ ޕެޓިޝަނެއް ހުޅުވައިފި

ބައިނަލްއަގްވާމީ ދުނިޔޭގައި ނަންވިދާލަމުން ދިޔަ، ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރުވެފައި އޮއްވާ ފެނިފައިވަނީ މާޗް 29 ގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 4 އެޕްރީލު 2017 | އަންގާރަ 15:21
ރައުދާ އާތިފްއަކީ އުފާވެރި، މަޖާ މިޒާޖެއްގެ ކުއްޖެއް ކަމަށް އޭނާ ދަންނަ ގިނަ ފަރާތްތަކުން ބުނޭ

ރައުދާ އާތިފްއަކީ އުފާވެރި، މަޖާ މިޒާޖެއްގެ ކުއްޖެއް ކަމަށް އޭނާ ދަންނަ ގިނަ ފަރާތްތަކުން ބުނޭ

ބަންގަލްދޭޝްގައި ކިޔަވަމުން ދިޔަ ދިވެހި މޮޑެލް، ރައުދާ އާތިފް އަމިއްލައަށް މަރުވީކަމަށް އޮޓޮޕްސީ ރިޕޯޓުން ދެއްކި ނަމަވެސް، އޭނާގެ އާއިލާ، އެކުވެރިން އަދި އާންމުންގެ ގިނަ ފަރާތްތަކެއް ދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.

އެގޮތުން، ރައުދާގެ މަރުގެ ފުރިހަމަ ތަހްގީގަކަށް ގޮވަލާ ޗޭންޖް.އޯގްގައި ވަނީ ޕެޓިޝަނެއް ހުޅުވާފައެވެ.

Advertisement - newsAdvertisement

Caption

މި ޕެޓިޝަނުގައި ބުނާ ގޮތުން، "ރައުދާ އާތިފްގެ މަރު ސުއިސައިޑެއް ކަމަށް ދެއްކުމަށް ބަންގްލަދޭޝް ފުލުހުންނާއި އޭނާ ކިޔަވަމުން ދިޔަ ކޮލެޖްގެ ސްޓާފުން ދަނީ މަސައްކަތް ކުރަމުން"ނެވެ. އަދި މިކަމާ ގުޅިގެން ބައިނަލްއަގްވާމީ ދުނިޔޭގައި ބަންގްލަދޭޝްގެ ނަމަށް އަައިސްދާނެ ގެއްލުމަކަށް ޖާގަ ނުދިނުމަށް ބަންގްލަދޭޝްގެ ސެންޓްރަލް އިންވެސްޓިގޭޓިވް ޑިޕާޓްމަންޓުން މަރުގެ ތަހްގީގު ކުރަންޖެހޭ ކަމަށް ޕެޓިޝަނުގައި ގޮވާލާފައިވެއެވެ. އަދި މިނިވަން ތަހުގީގެއް ކުރުމަށް ވެސް ޕެޓިޝަނުގައި ބުނެފައި ވެއެވެ.

ޕެޓިޝަން ހުޅުވުމުގައި މައުލޫމާތު ނަގާފައި ވަނީ މަރާ ގުޅިގެން އަމިއްލަ ފަރާތަކުން ތައްޔާރުކޮށްފައިވާ، ފޭސްބުކް އެނެލިސިސްއެއްގެ މައްޗަށް ބިނާކޮށްފައެވެ.

ޖަރުމަނު ރައްޔިތެއް ހޯމަ ދުވަހު ފަށާފައިވާ މި ޕެޓިޝަންގައި މިހާތަނަށް 4،000 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.

ރައުދާ އަމިއްލައަށް މަރުވެފައިވާ ކަމަށް އޮޓޮޕްސީ ރިޕޯޓުން ބުނި ނަމަވެސް، ރައުދާގެ އާއިލާ އާއި ގާތް ފަރާތްތަކުން ދަނީ އޭނާ އަމިއްލައަށް މަރު ނުވާނެ ކަމަށް ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު