Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭގައި ތާށިވެފައިވާ މީހުން

ބޭރުގައި ތިބި ދިވެހިން ގެނައިގޮތަށް މާލޭގައި ތާށިވި މީހުންނަށް އަނބުރާ ރަށަށް ދެވޭނެ ގޮތް ހަދަންޖެހޭ: އަލީ ހުސައިން

12 މެއި 2020 | އަންގާރަ 06:53

މާލޭގައި ރަށަށް ދާން ބޭނުންވާ 5،000 މީހުން މިހާރުވެސް އެބަތިބި، މިއަދަދު 10،000 އިތުރުވާނެ ކަމަށް ލަފާކުރެވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 12 މެއި 2020 | އަންގާރަ 06:53
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން: ރަށަށް ނުދެވި މާލޭގައި 5،000 މީހުން ތާށިވެފައި ތިބިކަމަށް ސަރުކާރުން ބުނޭ

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން: ރަށަށް ނުދެވި މާލޭގައި 5،000 މީހުން ތާށިވެފައި ތިބިކަމަށް ސަރުކާރުން ބުނޭ

ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައި ގޮތަށް، ދަތުރުވަރެއްގައި މާލެ އައިސް ރަށަށް ނުދެވި ތިބި މީހުންނަށް ވެސް އަވަހަށް ރަށަށް ދޭވޭނެ އިންތިޒާމުތައް ހަމަޖައްސައި ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެެހެން ޤައުމުތަކުގައި، އެތަކެއް ސަތޭކަ މޭލު ދުރުގައި ތިބި ދިވެހިންވެސް ރާއްޖެ ގެންނަ ގޮތަށް، ދަތުރުވަރުގައި މާލެ އައިސް ތާށިވެ ޙާލުގައި ޖެހިފައިތިބި މީހުންނަށް އެމީހުންގެ ރަށްރަށަށް އަނބުރާ ދެވޭނެ އިންތިޒާމުތައްވެސް ވީހާވެސް އަވަހަކަށް ހަމަޖެެހެން އެބަޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ޢަލީ ހުސައިން އެ ވިދާޅުވި ގޮތަށް، ވަރަށް އުނދަގުލުން އަދި ވަރަށް ބޮޑެތި ޚަރަދުތަކެއް ކޮށްގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ދަނީ ކުރަމުން ނެވެ.

ހޯމަ ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެފައިވަނީ، ރަށްރަށުން މާލެ އައިސް ތިބި ފަރާތްތަކުގެ ތެރެއިން އެނބުރި ރަށަށް ދާން ބޭނުންވެ, ނަން ނޯޓު ކޮށްފައިވާ 5000 މީހުން އެބަތިބި ކަމަށެވެ. އޭގެ ތެރެއިން ކޮންމެހެން ފުރުޞަތު ދޭން ޖެހޭ މީހުން ޝޯޓް ލިސްޓް ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވެފައިވަނީ، ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ރަށްރަށުގައި ޤާއިމު ކުރެވިފައިވާ ފެސިލިޓީތައް ބޭނުންކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށާއި، އިތުރު ގޮތެއް ނިންމަންދެން ކުރިއަށް އޮތް ދުވަސްތަކުގައި ބޭނުންކުރާނީ ހަމައެކަނި "ޓްރާންސިޓް" ކަރަންޓީން ފެސިލިޓީތައް ކަމަށެވެ. ކޮވިޑް-19 އާއި ގުޅިގެން ރަށްރަށަށް ދާން ބޭނުންވާ މީހުންގެ ޢަދަދު މިހާރުވެސް 5،000ށް އަރާފައިވާ ކަމަށާއި އަދި މި ޢަދަދު 10،000ށް ވެސް އަރާނެކަމަށް ލަފާކުރެވޭ ކަމަށާއި، މި ދަނޑިވަޅުގައި ކެތްތެރިކަން އިސްކުރުމަށް ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ޔޫއޭއީ ގައި ތިބި ބައެއް ދިވެހިން ގެނެސްފައިވާއިރު، ފުރުޞަތު ލިބުނު ވަރަކުން ދުނިޔޭގެ އެކި ޤައުމުތަކުގައި ތިބި ދިވެހި ގެނައުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް