Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: ރާއްޖެއަށް އިންޑިއާގެ އެހީއެއް

އިންޑިއާއިން ރާއްޖެއަށް 580 ޓަނުގެ ކާބޯތަކެތި ހަދިޔާކުރަނީ

10 މެއި 2020 | އާދީއްތަ 17:00

90 ޓަނުގެ ހަކުރު އަދި 120 ޓަނުގެ ރީދޫ މުގެ ހިމެނޭ

އަލީ ސަމާޚް
އަލީ ސަމާޚް | 10 މެއި 2020 | އާދީއްތަ 17:00
އިންޑިއާގައި ތާށިވެފައި ހުރި އެސްޓީއޯގެ ބޭސް ޝިޕްމެންޓު ރާއްޖެ ގެނައުމުގެ ތެރެއިން

އިންޑިއާގައި ތާށިވެފައި ހުރި އެސްޓީއޯގެ ބޭސް ޝިޕްމެންޓު ރާއްޖެ ގެނައުމުގެ ތެރެއިން

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިތައް ލުއިކޮށް ދިނުމަށްޓަކައި އިންޑިއާއިން ދެމުން އަންނަ އެހީގެ ދަށުން އިތުރު 580 ޓަނުގެ ކާބޯތަކެތި ދިވެހިރާއްޖެއަށް ހަދިޔާ ކުރުމަށް ނިންމައިފި އެވެ.

ރާއްޖޭގައި އިންޑިއާގެ ހައިކޮމިޝަނުން ބުނީ، ކާޑުގެ ޝިޕްމެންޓް ވަރަށް އަވަހަށް އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާގެ ކޭސަރީގައި ރާއްޖެއަށް ފޯރުކޮށްދޭނެ ކަމަށެވެ. ޝިޕްމެންޓްގައި ހިމެނެނީ، 200 ޓަނުގެ ހަނޑޫ، 140 ޓަނުގެ ގޮދަން ފުށް، 90 ޓަނުގެ ހަކުރު އަދި 120 ޓަނުގެ ރީދޫ މުގުގެ އިތުރުން 26 ޓަނުގެ ފިޔާ އެވެ.

Advertisement - newsAdvertisement

ކާބޯތަކެތީގެ މިއެހީ އަކީ އިންޑިއާގެ 'އެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް' (ސާގަރް) ޑޮކްޓްރިން ގެ ދަށުން ޞަރަޙައްދީ ޤައުމުތަކަށް އިންޑިއާއިން ފޯރުކޮށްދޭ އެހީގެތެރެއިން ވެދިން އެހީއެކެވެ. އެގޮތުން މުދާ ބަރުކޮށްގެން އަންނަ އިންޑިޔާ އަސްކަރިއްޔާގެ މަނަވަރު ކޭސަރީ ފުރަތަމަ ބަނދަރު ކުރާނީ ރާއްޖޭގައި ކަމަށް ހައި ކޮމިޝަނުން ބުނެއެވެ. އަދި ރާއްޖެއަށް އެހީގެ މުދާ ބޭލުމަށްފަހު ޞަރަޙައްދުގެ އެހެން ޤައުމުތަކަށް އެހީ އާއިގެން ދަތުރު ކުރަން ހަމަޖެހިފައިވާ ކަމަށްވެސް އިންޑިއާ ހައިކޮމިޝަނުން މަޢުލޫމާތުދެއެވެ.

އިންޑިއާއާއި ދިވެހިރާއްޖެއިންވެސް އިއްތިފާޤުވާ ގޮތުގައި، ކޮވިޑް-19 ބަލިމަޑުކަމާއި، އަދި ބަލިމަޑުކަމުގެ ސަބަބުން ދެޤައުމުގެ ރައްޔިތުންނަށް ކުރިމަތިވާ ކަންތައްތަކުން އަރައިގަނެވޭނީ ޞަރަަޙައްދުގެ ގައުމުތަކުން ގުޅިގެން އެކުގައި މަސައްކަތް ކޮށްގެންނެވެ.

އިންޑިއާއިން ވަނީ ފާއިތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ޞިއްޙީ މާހިރުންގެ ޓީމެއް ރާއްޖެއަށް ފޮނުވުމާއި، ބޭހުގެ ޝިޕްމެންޓްތަށް ފޮނުވުމާއި، ވޫހާންގައި ތާށިވެފައި ތިބި ދިވެހިން އަނބުރާ ރާއްޖެ އަށް ގެނެސްދިނުމުގައި އެހީތެރިވުމާއި، ކޮވިޑް-19 ބަލިމަޑުކަމުން ސަލާމަތް ވުމުގައި އިންޑިއާއިން ބޭނުން ކުރާ އުކުޅުތަކާއި ޢިލްމު ހިއްސާކުރުން ހިމެނެއެވެ. ދިވެހިރާއްޖެއިން އެހީއަށް ބޭނުންވެ ގޮވާލާ ކޮންމެ ދަނޑިވަޅެއްގައިވެސް އެންމެ ފުރަތަމަ އިޖާބަދީ އެހީވާ އެކުވެރި ދައުލަތަކީ އިންޑިއާކަން ފާހަގަކޮށްލެވެއެވެ.

އޭޕްރިލް މަހުގެ 20 ވަނަ ދުވަހު ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އާއި ދެބޭފުޅުން ވަނީ ފޯނުން ދެޤައުމުގެ ހާލަތު ހިއްސާކުރައްވަ މަޝްވަރާ ކުރައްވާފައެެވެ. އިންޑިއާއިން ދޭން މި ނިންމި އެހީއަކީ މިމަޝްވަރާއާއި ގުޅިގެން ފަހިވި އެހީއެއް ކަމަށް ބެލެވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

03 މާރިޗު 2017

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

03 މާރިޗު 2017
މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް
28 ފެބުރުއަރީ 2017

ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ

28 ފެބުރުއަރީ 2017
ނޫސްވެރިން ތަމްރީނުކުރުމަށް އިންޑިއާއިން އެހީތެރިކަން ހޯދަނީ
25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
14 ފެބުރުއަރީ 2017

ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

14 ފެބުރުއަރީ 2017
ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް