Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެނަން ލޯޑީ ޕޮޒިޓިވްވުން

ރެނަން ލޯޑީ ޕޮޒިޓިވް، އެތުލެޓިކޯގެ ބާކީ ތިބި ކުޅުންތެރިން އެކަނި ތަމްރީނުތަކަށް

ރެނަން ލޯޑީ މިވަގުތު ހުރީ ހޯމް-އައިސޮލޭޝަނުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 މެއި 2020 | އާދީއްތަ 11:51
އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ރެނަން ލޯޑީ

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ރެނަން ލޯޑީ

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ރެނަން ލޯޑީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެ އެވެ.

އުމުރުން 22 އަހަރުގެ ރެނަން ލޯޑީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް، އޭނާގެ ހަށިގަނޑުން ވައިރަހުގެ އަލާމާތެއް ފެނިފައެއް ނުވެއެވެ.

އެތުލެޓިކޯ އިން ބުނީ ރެނަން ލޯޑީގެ ހާލު ރަނގަޅު ކަމަށާއި، އޭނާ ފަރިތަކުރުންތަކަށް ނުކުންނާނީ ވައިރަހަށް ނެގެޓިވްވުމުން ކަމަށެވެ. އަދި އޭނާ މިވަގުތު ހުރީ ހޯމް-އައިސޮލޭޝަނުގައި ކަމަށްވެސް ވަނީ ބުނެފައެވެ.

ރެނަން ލޯޑީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް، އެ ކްލަބުގެ އެހެން ހުރިހާ ކުޅުންތެރިން ވަނީ ކޮވިޑް-19 އަށް ނެގެޓިވްވެފައެވެ. އެއާއެކު އެތުލެޓިކޯގެ ކުޅުންތެރިން އަންނަނީ އެ ކްލަބުގެ ޓްރެއިނިން ސެންޓަރުގައި އެކަނި ތަމްރީނުތައް ހަދަމުންނެވެ.

މެދުކަނޑާލި ސްޕެނިޝް ލީގު ޖޫން މަހު 20 ވަނަ ދުވަހު އަލުން ފެށަން ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން މަސައްކަތް ކުރަމުން އަންނައިރު، މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ކުޅުންތެރިން އެކަނި ތަމްރީނުތައް ހެދުމުގެ ހުއްދަ ސްޕެއިން ސަރުކާރުން ވަނީ ދީފައެވެ.

އެހެންކަމުން ސްޕެނިޝް ލީގުގެ ގިނަ ކްލަބުތަކުން ވަނީ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ފަހު، ކުޅުންތެރިން އެކަނި ތަމްރީނުތައް ފަށާފައެވެ. އެގޮތުން ބާސެލޯނާގެ ކުޅުންތެރިން ހުކުރު ދުވަހު ތަމްރީނުތައް ފަށާފައިވާއިރު، އަންނަ ހޯމަ ދުވަހު ރެއާލް މެޑްރިޑްގެ ކުޅުންތެރިން ތަމްރީނުތައް ފަށާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސްޕެނިޝް ލީގު ފުރިހަމަ ކުރަން ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން މަސައްކަތް ކުރަމުން އަންނައިރު، ރިޕޯޓުތައް ބުނާ ގޮތުން ލަލީގާގެ ވިސްނުމަކީ މި މަހު 18 ވަނަ ދުވަހު ޓީމުތަކުގެ ހުރިހާ ކުޅުންތެރިން އެކުގައި ތަމްރީނުތައް ހަދަން ފެށުމެވެ.

އަދި ސީޒަން ފުރިހަމަ ކުރަން ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ލަލީގާއިން ޔުއެފާއަށް ދީފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2017

އަނިޔާގެ ސަބަބުން ޑެލޭ އަލީ އިންގްލެންޑްގެ ޤައުމީ ސްކޮޑުން ބާކީކޮށްފި

05 ނޮވެމްބަރު 2017
އަނިޔާގެ ސަބަބުން ޑެލޭ އަލީ އިންގްލެންޑްގެ ޤައުމީ ސްކޮޑުން ބާކީކޮށްފި
03 ނޮވެމްބަރު 2017

ޕޯޗުގަލްގެ ސްކޮޑުން ރޮނާލްޑޯ ބަކީކުރިއިރު މިފަހަރުވެސް އާޖެންޓީނާއިން ހިގުއައިން ބާކީ ކޮށްފި

03 ނޮވެމްބަރު 2017
ޕޯޗުގަލްގެ ސްކޮޑުން ރޮނާލްޑޯ ބަކީކުރިއިރު މިފަހަރުވެސް އާޖެންޓީނާއިން ހިގުއައިން ބާކީ ކޮށްފި
03 އޮކްޓޯބަރު 2017

ސްޕެއިންގެ ސްކޮޑުން ކަވަހާލް، މޮރާޓާ އަދި އިނިއެސްޓާ ބާކީ ކޮށްފި

03 އޮކްޓޯބަރު 2017
ސްޕެއިންގެ ސްކޮޑުން ކަވަހާލް، މޮރާޓާ އަދި އިނިއެސްޓާ ބާކީ ކޮށްފި
05 ސެޕްޓެމްބަރު 2017

ޗެމްޕިއަންސް ލީގަށް ނެގި ސްކޮޑުގައި އިބްރަހިމޮވިޗް ހިމެނިއިރު ޗެލްސީއިން ކޮސްޓާ ބާކީކޮށްފި

05 ސެޕްޓެމްބަރު 2017
 ޗެމްޕިއަންސް ލީގަށް ނެގި ސްކޮޑުގައި އިބްރަހިމޮވިޗް ހިމެނިއިރު ޗެލްސީއިން ކޮސްޓާ ބާކީކޮށްފި
23 އޯގަސްޓު 2017

އަސަދުﷲ ބާކީކޮށް ގައުމީ ސްކޮޑަށް އެންމެ ފަހުން ދަގަނޑޭ ނަގައިފި

23 އޯގަސްޓު 2017
އަސަދުﷲ ބާކީކޮށް ގައުމީ ސްކޮޑަށް އެންމެ ފަހުން ދަގަނޑޭ ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު