Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ސްކޮޑު އެކުލަވާލުން

އަސަދުﷲ ބާކީކޮށް ގައުމީ ސްކޮޑަށް އެންމެ ފަހުން ދަގަނޑޭ ނަގައިފި

ދަގަނޑޭ ސްކޮޑަށް ނެގީ މެޑިކަލް އިން ފާސްވީމަ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 23 އޯގަސްޓު 2017 | ބުދަ 07:29
ގައުމީ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން

ގައުމީ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުން އަންނަ އަސަދުﷲ އަބްދުﷲ (އަސައްކޮ) ބާކީކޮށް، ގައުމީ ސްކޮޑަށް އެންމެ ފަހުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އަލީ އަޝްފާގު (ދަގަނޑޭ) ނަގައިފި އެވެ.

ބުދަ ދުވަހު އެފްއޭއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި އޮމާންއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގައި އަސައްކޮ ހިމެނި ނަމަވެސް އޭނާގެ މެޑިކަލް ރިވިއު ކުރުމަށްފަހު ޓީމާއެކު ފަރިތަކުރަން ފިޓްނޫން ކަމަށް މެޑިކަލް ޓީމުން ނިންމާފައިވާ ކަމަށެވެ. އަސައްކޮ އަށް އަނިޔާވީ އެންމެ ފަހުން މިލަންދޫއާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގައެވެ.

އަންގާރަ ދުވަހު ގައުމީ ސްކޮޑު އެކުލަވާލިއިރު، ދަގަނޑޭ އެއްކޮށް ފިޓްނޫން ކަމަށް ބުނެ އޭނާ ސްކޮޑަށް ނަގާފައިނުވެއެވެ.

އެހެންނަމަވެސް ދަގަނޑޭގެ މެޑިކަލް ރިވިއު ކުރުމަށްފަހު އޭނާ ގައުމީ ޓީމާއެކު ފަރިތަކުރަން ފިޓްކަމަށް މެޑިކަލް ޓީމުން ނިންމާފައިވާ ކަމަށްވެސް އެފްއޭއެމް އިން ވަނީ ބުނެފައެވެ.

ޖުމްލަ 23 ކުޅުންތެރިންނާއެކު ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލާފައިވާއިރު، ނިއުރޭޑިއަންޓްގެ ނުވަ ކުޅުންތެރިޔަކު ހިމެނެއެވެ. މާޒިޔާގެ ހަ ކުޅުންތެރިޔަކު ހިމެނޭއިރު، ޓީސީގެ ތިން ކުޅުންތެރިން، ގްރީން ސްޓްރީޓްގެ ދެ ކުޅުންތެރިން، ތިނަދޫގެ ދެ ކުޅުންތެރިން އަދި މިލަންދޫގެ ކުޅުންތެރިޔަކު ވެސް ހިމެނެއެވެ.

ގައުމީ ޓީމުގެ ސްކޮޑަށް ގިނަ ދުވަސްތަކެއް ފަހުން މިފަހަރު ވަނީ ނިއުގެ ރިލްވާން ވަހީދު (ރިލޭ) ނަގާފައެވެ. އޭނާގެ އިތުރުން ދެން ނިއުގެ ސްކޮޑަށް ނަގާފައިވަނީ ކީޕަރު މުހައްމަދު ފައިސަލް، މުހައްމަދު ރަޝީދު (ހޮކޭ)، އަހުމަދު އަބްދުﷲ (ލިލީ)، އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު، އަކްރަމް އަބްދުލް ގަނީ އަބްދުﷲ ޒިޔަޒަން އަދި ދަގަނޑޭ އެވެ.

މާޒިޔާ ޓީމުން ސްކޮޑަށް ނަގާފައިވަނީ އަމްދާން އަލީ (އެންޑީ)، ސަމޫހް އަލީ، އަސްހަދު އަލީ (އަޑުބަރޭ)، މުހައްމަދު އުމެއިރު، އިސްމާއިލް އީސަ (މެސީ) އަދި މުހައްމަދު އިރުފާން (އިރޭ) އެވެ. މިފަހަރު ވެސް މާޒިޔާގެ މިޑްފިލްޑަރު މުހައްމަދު އާރިފް (ބަކާ) ގައުމީ ސްކޮޑަށް ނަގާފައެއް ނުވެއެވެ.

ގްރީންގެ ސްކޮޑަށް އަހުމަދު ޝާފިއު އާއި އަހުމަދު ރަޝީދު (އައްމަޑޭ) ނަގާފައިވާއިރު، ޓީސީ ސްޕޯޓްސް ކްލަބުން ނަގާފައިވަނީ ޒާދު އަހުމަދު، ނާއިޒް ހަސަން އަދި އިބްރާހިމް ވަހީދު ހަސަން އެވެ. ތިނަދޫ އިން ނަގާފައިވަނީ އިމްރާން ރަޝީދު އަދި އަހުމަދު ރިޒުވާން އެވެ. މިލަންދޫ އިން ނަގާފައިވަނީ ކީޕަރު މުހައްމަދު އިމްރާން އެވެ.

ގައުމީ ޓިމު އޮމާންއާ ދެކޮޅަށް ކުޅޭ މެޗު އަންނަ މަހުގެ ފަސް ވަނަ ދުވަހު އޮމާންގައި އޮންނައިރު، ތަމްރީން ހެދުމަށް ގައުމީ ޓީމު މި މަހުގެ 27 ވަނަ ދުވަހު ގަތަރަށް ފުރާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު