Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ފުޓުބޯޅަ ޓީމު

ހަތަރު ކުޅުންތެރިން ބާކީކޮށް ގައުމީ ސްކޮޑް އިއުލާން ކޮށްފި

ޓީސީގެ މުހަންމަދު އައްޒާމް ސްކޮޑުން ބާކީކޮށްފައިވަނީ އޭނާއަށް ލިބިފައިވާ އަނިޔާގެ ސަބަބުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 4 ޖޫން 2017 | އާދީއްތަ 17:37
ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު

އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާއި ދެކޮޅަށް ކުޅޭ މެޗާއި، އަފްޣާނިސްތާނާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި ކުޅޭ ދެ މެޗުގައި ވާދަކުރާ ގައުމީ ސްކޮޑް އިއުލާން ކޮށްފިއެވެ.

27 ކުޅުންތެރިންގެ ސްކޮޑަކާއެކު ފަރިތަކުރުންތަށް ފެށި ނަމަވެސް މި ދެ މެޗުގައި ވާދަކުރާ ރަސްމީ ސްކޮޑު 23 ކުޅުންތެރިންނާއި އެކު އިއުލާން ކޮށްފައި ވާއިރު، ބާކީ ކޮށްފައިވާ ކުޅުންތެރިންނަކީ ޓީސީ ސްޕޯޓްސް ކުލަބުގެ މުހަންމަދު އައްޒާމާއި، އެޓީމުގެ އިބްރާހިމް ވަހީދު ހަސަންގެ އިތުރުން، ދެ ކީޕަރުން ކަމަށްވާ މާޒިޔާގެ ހުސައިން ޝަރީފް އަދި ނިއުރޭޑިއަންޓްގެ އަބްދުﷲ ޒިމާމް އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފައިވާގޮތުގައި، ޓީސީގެ މުހަންމަދު އައްޒާމް ސްކޮޑުން ބާކީކޮށްފައިވަނީ އޭނާއަށް ލިބިފައިވާ އަނިޔާގެ ސަބަބުންނެވެ.

23 ކުޅުންތެރިންނާއި އެކު އެކުލަވާލާފައިވާ ރަސްމީ ސްކޮޑުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ 7 ކުޅުންތެރިން ހިމެނެއެވެ. އެއީ، އަމްދާން އަލީ (އެންޑީ) އާއި، މުހަންމަދި އިރުފާން (އިރޭ) އާއި، އަސަދުﷲ ޢަބަދުﷲ (އަސަކޯ) އާއި، އައްސަދު ޢަލީ (އަޑުބަރޭ) އާއި، މުހަންމަދު އުމައިރު އާއި، ސަމޫހު އަލީ (ސަމުއްޓޭ) އަދި ހުސައިން ނިޔާޒް މުހަންމަދު (ބޮކުރީ) އެވެ.

ސްކޮޑުގައި ހިމެނިފައިވާ ނިއުރޭޑިއަންޓްގެ ފަސް ކުޅުންތެރިންނަކީ ހަމްޒާ މުހަންމަދު (ހަމްޕު) އާއި، މުހަންމަދު ރަޝީދު (ހޮކޭ) އާއި، އަލީ ފާސިރު (ސެންޓޭ) އާއި، އަހުމަދު އަބްދުﷲ (ލިލީ) އަދި އަކުރަމް އަބްދުލްޣަނީ (އަކޫ) އެވެ.

ކްލަބް އީގަލްސްއިން އިމްރާން ނަޝީދް އާއި، އަހުމަދު ރިޒުވާން އާއި، އަހުމަދު ޒާދުގެ އިތުރުން ގޯލް ކީޕަރު މުހަންމަދު ޝަފީއު (ޗެކް) ވަނީ ސްކޮޑުގައި ހިމެނިފައެވެ.

ވެލެންސިއާއިން، ޗާފިއު މުހަންމަދު (ޝާފ) އާއި، ކީޕަރު މުހަންމަދު ފައިސަލް ހިމަނާފައި ވާއިރު، ވިކްޓްރީން ހިމެނިފައިވަނީ އިސްމައިލް އީސް (މެސީ) އަދި ކީޕަރު ކީޕަރު މުހަންމަދު އިމްރާން އެވެ. މީގެ އިތުރުން ގްރީން ސްޓްރީޓްގެ ދެ ކުޅުންތެރިއަކުވެސް ވަނީ ސްކޮޑުގައި ހިމެނިފައެވެ. އެއީ މުހަންމަދު ސާއިފް އާއި، އަހްމަދު ރަޝީދް (އައްމަޑޭ) އެވެ. ފައިނަލް ސްކޮޑުން ޖާގަ ލިބިފައިވާ ޓިސީގެ ހަމައެކަނި ކުޅުންތެރިއަކީ ހަސަން ނާއިޒް (ދާދު) އެވެ.

އަފްޣާނިސްތާނާއި ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗުގައި މިމަހުގެ 6 ވަނަ ދުވަހު ރައްޖެ ނިކުންނައިރު، އޭޝިއަން ކަޕް ކޮލިފައިންގައިންގައި ބޫޓާނާއި ދެކޮޅަށް ރާއްޖެ ނިކުންނާނީ މ މަހުގެ 13 ވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު