Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ގައުމީ ޓީމް

އަނިޔާގެ ސަބަބުން ޑެލޭ އަލީ އިންގްލެންޑްގެ ޤައުމީ ސްކޮޑުން ބާކީކޮށްފި

އަނިޔާގެ ސަބަބުން ޓޮޓެންހަމް އާދި ކްރިސްޓަލް ޕެލަސް ބައްދަލުކުރާ މެޗުގައި އަލީ ނުކުޅޭނެ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2017 | އާދީއްތަ 13:11
އިނގިރޭސިވިލާތުގެ ޒުވާން މިޑްފީލްޑަރ ޑެލޭ އަލީ: އަނިޔާގެ ސަބަބުން އިނގިރޭސި ސްކޮޑުން އޭނާ ވަނީ ބާކީކޮށްފަ

އިނގިރޭސިވިލާތުގެ ޒުވާން މިޑްފީލްޑަރ ޑެލޭ އަލީ: އަނިޔާގެ ސަބަބުން އިނގިރޭސި ސްކޮޑުން އޭނާ ވަނީ ބާކީކޮށްފަ

އަނިޔާގެ ސަބަބުން ޓޮޓެންހަމް ހޮޓްސްޕަރސްގެ މިޑްފީލްޑަރ ޑެލޭ އަލީ އިނގިރޭސި ސްކޮޑުން ބާކީކޮށްފި އެވެ.

މި ނޮވެމްބަރު މަހު އިނގިރޭސި ޤައުމީ ފުޓްބޯޅަ ޓީމް ޖަރުމަނުވިލާތާއި ބްރެޒިލް އާއި ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ ދެ މެޗަށް ނެގި އިނގިރޭސި ސްކޮޑުން އަލީ ބާކީ ކުރީ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ އާއިގުޅިގެންނެވެ.

އިނގިރޭސި ސްކޮޑުން އަލީ ބާކީ ކުރި ނަމަވެސް، އޭނާގެ ބަދަލުގައި ސްކޮޑަށް ނެގި ކުޅުންތެރިޔަކު ހާމަކޮށްފައެއްނުވެއެވެ.

އިނގިރޭސިވިލާތް ކުޅޭ ރަހުމަތްތެރިކަމުގެ ފުރަތަމަ މެޗުގައި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު، ވެމްބްލީ ސްޓޭޑިއަމްގައި ނުކުންނާނީ ޖަރުމަނުވިލާތާއި ދެކޮޅަށެވެ. ރަހުމަތްތެރިކަމުގެ ދެވަނަ މެޗުގައި މިމަހުގެ 14 ވަނަ ދުވަހު ނުކުންނާނީ ބްރެޒިލް އާއިދެކޮޅަށެވެ.

އަލީގެ އަނިޔާ އާއިގުޅޭ ގޮތުން ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެއްޓީނޯ މީގެ ކުރިން ވަނީ، 21 އަހަރުގެ މިޑްފީލްޑަރުގެ އަނިޔާ ސީރިއަސް ނޫން ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް، އަނިޔާގެ ސަބަބުން އިނގިރޭސި ޕްރިމިއަރ ލީގުގައި އާދީއްތަ ދުވަހު ކްރިސްޓަލް ޕެލަސް އާދެކޮޅަށް ކުޅޭ މެޗު އޭނާ އަށް ގެއްލޭނެކަން މިހާރު ވަނީ ކަށަވަރު ވެފައެވެ.

އަނިޔާގެ ސަބަބުން އަލީ ދެ ހަފްތާ އަށް ކުޅުމާއި ދުރަށް ދާން ޖެހިފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

މިމެޗަށް ފަހު އިންޓަރނޭޝަނަލް ބްރޭކަށް ލީގުގެ ކުޅުން މެދުކަނޑާލާއިރު، ބްރޭކަށް ފަހު ޓޮޓެންހަމް ކުޅެންޖެހޭ ފުރަތަމަ މެޗުގައި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ނުކުންނާނީ އާސެނަލް އާއިދެކޮޅަށެވެ.

މިސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އަލީ ވަނީ، ޓޮޓެންހަމް އަށް ކުޅެދިން 16 މެޗުގައި 7 ލަނޑު ޖަހާފައެވެ. އޭގެ ތެރޭގައި އެންމެ ފަހުން ކުޅުނު 4 މެޗުގައި ޖެހި 4 ލަނޑު ހިމެނެއެވެ.

އަލީ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އަތުން ތިން ލަނޑު އެއް ލަނޑުން ޓޮޓެންހަމް މޮޅުވި މެޗުގައި މޮޅު ކުޅުމެއް ދައްކާ ދެލަނޑު ޖަހައިދީފައެވެ.

އިނގިރޭސި ޤައުމީ ޓީމަށް 2015 ވަނަ އަހަރު ކުޅެން ފެށި އަލީ ވަނީ، ޤައުމީ ޓީމަށް 22 މެޗު ކުޅެ، ދެ ލަނޑު ޖަހައިދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަންޗޭޒް އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ދެ ހަފްތާއަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެ.

ސަންޗޭޒް އަށް އަނިޔާގެ މައްސަލަ ކުރިމަތިވެ ދެ ހަފްތާއަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެ.

09 އޯގަސްޓު 2017
ގަދަ ހަތަރެއްގައި އޮންނަންޖެހޭ ޓީމުތަކަށް ނޯވެނީ ގްރީންގެ ސަބަބުން: ސޮބާ

ގަދަ ހަތަރެއްގައި އޮންނަންޖެހޭ ޓީމުތަކަށް ނޯވެނީ ގްރީންގެ ސަބަބުން: ސޮބާ

12 ޖުލައި 2017
މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު

މެޗުގެ ނަތީޖާ ބަދަލުވެގެންދިޔައީ ގޯލު ކީޕަރުގެ ސަބަބުން: އަބަހާނީގެ ކޯޗު

17 މެއި 2017
މަޖިލީހުގެ މައްސޫލިއްޔަތަކީ ދައުލަތް ޒިންމާދާރުކުރުވުން: އަލީ ހުސެއިން

މަޖިލީހުގެ މައްސޫލިއްޔަތަކީ ދައުލަތް ޒިންމާދާރުކުރުވުން: އަލީ ހުސެއިން

12 މާރިޗު 2017
ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި

ދިވެހި ފުޓުބޯޅައިގެ ތާރީހް އޮޅުވާނުލުމަށް އަލީ އާޒިމް އިލްތިމާސް ކުރައްވައިފި

11 މާރިޗު 2017

އަހަރުތަކުން މިއަދު

9 ޖޫން
ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!
20251 އަހަރު ކުރިން
ރިޕޯޓު

ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
20242 އަހަރު ކުރިން
ރާއްޖެ

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ
20233 އަހަރު ކުރިން
ރިޕޯޓު

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން
20224 އަހަރު ކުރިން
ދުނިޔެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް
20215 އަހަރު ކުރިން
ދުނިޔެ

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް
20197 އަހަރު ކުރިން
ރާއްޖެ

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް
20188 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު