Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީގެ ކުޅުންތެރިން ތަމްރީންތައް ހެދުން

ޗެލްސީގެ ކުޅުންތެރިންނަށް އެކަނި ތަމްރީނުތައް ހަދަން ފުރުސަތުދީފި

ތަމްރީނުކުރާއިރު ކަނޑައަޅާފައިވާ އުސޫލުތަކަށް ތަބާވާން ޖެހޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 9 މެއި 2020 | ހޮނިހިރު 11:15
މީގެ ކުރިން ޗެލްސީން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

މީގެ ކުރިން ޗެލްސީން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ޗެލްސީގެ ކުޅުންތެރިންނަށް އެކަނި، އެކްލަބުގެ ޓްރެއިނިން ސެންޓަރުގައި ތަމްރީނުތައް ހެދުމުގެ ފުރުސަތު ދީފިއެވެ.

ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއަރ ލީގު އަލުން ފެށުމަށް މަސައްކަތް ކުރަމުން އަންނައިރު، ބައެއް ކްލަބުތަކުން ދަނީ ކުޅުންތެރިން އެކަނި ތަމްރީނުތައް ހަދަން ފުރުސަތު ދެމުންނެވެ. ލީގު އަލުން ފަށާނެ ތާރީޚެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް، ޗެލްސީން ވަނީ އެ ކްލަބުގެ މެލްވުޑް ޓްރެއިނިން ސެންޓަރުގައި ކުޅުންތެރިންނަށް އެކަނި ތަމްރީނުތައް ހެދުމުގެ ފުރުސަތު ދީފައެވެ.

އެއާއެކު ޗެލްސީގެ ބައެއް ކުޅުންތެރިން ވަނީ ޓްރެއިނިންގ ސެންޓަރުގައި ފަރިތަ ކޮށްފައެވެ. ޗެލްސީން ބުނީ ކުޅުންތެރިން ޓްރެއިނިންގ ސެންޓަރުގައި އުޅޭއިރު އިޖުތިމާއީ ގައިދުރުކަމުގެ ގަވާއިދަށް ހުރިހާ ވަގުތެއްގައި ވެސް އަމަލުކުރަން ޖެހޭނެ ކަމަށާއި، ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކަށް ތަބާވާން ޖެހޭނެ ކަމަށެވެ.

ޗެލްސީގެ ކުޅުންތެރިންނަށް އެކަނި ތަމްރީނު ހެދުމުގެ ފުރުސަތު ދިންއިރު، މީގެ ކުރިން އެ ކްލަބުގެ ބޭރު ކުޅުންތެރިން އެނބުރި އިންގްލެންޑަށް އައުމަށް ވަނީ އަންގާފައެވެ.

ޗެލްސީގެ ކުޅުންތެރިންނަށް އެ ކުލަބުގެ ޓްރެއިނިން ސެންޓަރުގައި އެކަނި ތަމްރީނުތައް ހެދުމުގެ ފުރުސަތު ދިންއިރު، މީގެ ކުރިން ލިވަޕޫލާއި، އާސެނަލާއި، ޓޮޓެންހަމް ހޮޓްސްޕާ އަދި ވެސްޓްހޭމް ޔުނައިޓެޑުން ވަނީ ކުޅުންތެރިން އެކަނި ތަމްރީނުތައް ހެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި ބްރައިޓަން އާއި، ކްރިސްޓަލް ޕެލަސް އާއި، ވުލްވްސް އަދި ޝެފީލްޑް ޔުނައިޓެޑުގެ ކުޅުންތެރިން ވަރަށް އަވަހަށް އެކަނި ތަމްރީނުތަކަށް ނުކުންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާރޗު މަހުގެ 8 ވަނަ ދުވަހު އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުން މެދުކަނޑާލިއިރު، ޖޫން މަހު އިނގިރޭސި ޕްރިމިއަރ ލީގު އަލުން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ޕްރިމިއަރ ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭގޮތަށް ޖޫން މަހުގެ 8 ވަނަ ދުވަހު ފަށައި، ޖުލައި މަހުގެ 27 ވަނަ ދުވަހަށް ލީގު އެއްކޮށް ފުރިހަމަކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017
ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް

ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް

18 މާރިޗު 2017
އަންހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމާއެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހު

އަންހެން ކުޅުންތެރިންނަށް ފުރުސަތު ދިނުމާއެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހު

18 މާރިޗު 2017
ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

14 މާރިޗު 2017
މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

08 މާރިޗު 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު