Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅު ފަރާތްތަކުގެ ޖަލްސާ

ރައީސް ޔާމީންގެ ޑިމޮކްރެޓިކް ވެރިކަމެއް ރައްޔިތުން ބޭނުމެއް ނޫންް: ހިސާން ހުސައިން

ފުލުހުން ބޭނުންކޮށްގެން ރައީސް ކުރައްވަމުންދާ މަސައްކަތަކަށް ސަމާލުވުމަށް ގޮވާލެއްވި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 3 އެޕްރީލު 2017 | ހޯމަ 23:31
ހިސާން ހުސައިން ޖަލްސާއެއްގައި ވާހަކަދައްވަނީ

ހިސާން ހުސައިން ޖަލްސާއެއްގައި ވާހަކަދައްވަނީ

މިސަރުކާރަކީ ޑިމޮކްރެޓިވް ވެރިކަމެކޭ ބުނެ ރައީސް އަބްދުﷲ ޔާމީން ދަނީ އެމަނިކުފާނަށް ނުރުހުންވާ ހުރިހާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުން ކަމަށާއި އެފަދަ ޑިމޮކްރެޓިވް ވެރިކަމެއް ބޭނުން ނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލު އަދި އެމްޑީޕީގެ ލީގަލް ޑައިރެކްޓަރ ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން މ.ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، ހުރިހާ ޕާޓީތައް ގުޅިގެން ރައްޔިތުންގެ ހައްގުގައި ނިންމެވި ނިންމެވުމަކީ ވަރަށް މުހިއްމު ނިންމެވުމެއް ކަމަށެވެ. މިއީ ދިވެހި ގައުމުގެ ދިފާއުގައި ހުރިހާ ޕާޓީތައް ގުޅިގެން ފެށި މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނާ ގުޅިފައިވާ ތަނެއް ކަމަށާއި ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގެ ވިންދަކީ ރައްޔިތުންގެ މަޖިލީސް ކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިބޭނީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރަންޖެހޭ ރައްޔިތުންގެ މަންދޫބުންކަން ފާހަގަކުރައްވާ ހިސާން ވިދާޅުވި، މަޖިލީހުން ފެނިގެންދަނީ، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުގެ ބަދަލުގައި އަމިއްލަ ޖީބަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ.

"މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ފެނިގެންދަނީ މިނިވަން މުއައްސަސާތަކުގެ ވެރިންނާއި، ރައީސް ޔާމީންގެ ކެބިނެޓް މެންބަރުންވެސް ޖަވާބުދާރީ ނުކުރެވޭނެ ގޮތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސައްކަތް ކުރައްވަމުންދާ މަންޒަރު،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ދައުރު ވަރަށް ފުޅާކަން ފާހަގަކުރައްވާ ހިސާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސައްކަތް ކުރައްވަނީ، ރައްޔިތުންނަށްޓަކައި ނުވަތަ ގައުމަށްޓަކައި ނޫން ކަމަށާއި އެހެން ނަމަވެސް މިހާރު އެމަނިކުފާނުގެ މަސައްކަތްތައް ކުރައްވާ ގޮތުން ފެނިގެންދަނީ ރައީސް ޔާމީނަށްޓަކައި މަސައްކަތް ކުރައްވަމުންދާ މަންޒަރު ކަމަށެވެ.

ހިސާން ވިދާޅުވީ، ސަރުކާރުން ޑިމޮކްރެޓިވް ވެރިކަމެއް އޮތް ކަމަށް ވިދާޅުވަމުންދާ އިރު ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން ބަޔާންތައް ނެރުއްވަނީ، ޑިމޮކްރަސީގެ މަގަށް ރައީސް ޔާމީނުގެ ވެރިކަން ރުޖޫއަވުމަށް އެދި ކަމަށެވެ.

"ރައީސް ޔާމީންގެ ޑިމޮކްރަޓިކް ވެރިކަމުގައި އެމަނިކުފާނާ ދެކޮޅު ހަދާ އެންމެންނަށް ފިއްތުންތައް ކުރިމަތިކޮށް، ޖަލަށްލާ ތަން ފެނިގެންދަނީ. މިފަދަ ޑިމޮކްރެޓިވް ވެރިކަމެއް އަޅުގަނޑުމެން ބޭނުމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ގާނޫނީ ވެރިކަމެއް." ހިސާން ވިދާޅުވި އެވެ.

ހިސާން ވަނީ ފުލުހުންގެ ބޭނުން ކޮށްގެން ރައީސް ޔާމީން އެމަނިކުފާނުގެ އަމިއްލަ ނާޖައިޒް ފާއިދާތައް ހާސިލު ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާ، މިކަންކަމަށް ފުލުހުން ސަމާލުވުމަށް ގޮވާލައްވާފަ އެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު