Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓީގެ އިމާރާތުގެ މަސައްކަތް

މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރަން ހުއްދަ ދޭން ފަށައިފި

8 މެއި 2020 | ހުކުރު 17:21

ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރި މީހަކު ސައިޓައް ނުނެރުން ހިމެނޭ

އަލީ ސަމާޚް
އަލީ ސަމާޚް | 8 މެއި 2020 | ހުކުރު 17:21
މާލެ ސިޓީ މަތިން ނަގާފައިވާ މަންޒަރެއް

މާލެ ސިޓީ މަތިން ނަގާފައިވާ މަންޒަރެއް

މާލޭ ސިޓީގެ ލޮކްޑައުން ކުރުމާއި ގުޅިގެން ހުއްޓާލެވިފައިވާ އިމާރާތްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ މިންގަޑަށް ފެތޭ ތަންތަނުގެ މަސައްކަތް އަލުން ފެށޭނެ ގޮތް ހަމަޖައްސައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ އަލުން އިމާރާތް ކުރާން ހުއްދާ ދޭ ތަންތަނަށް ހާއްސާ އުސޫލެއް އެކުލަވާލާފަ އެވެ. އެ އުސޫލުގައި ވާގޮތުން މަސައްކަތައް ނެރޭ މީހުންނަކީ އެކަށީގެންވާ ގައިދުރުވެގެން ތިބެވޭނެ ގޮތަށް ބެލެހެއްޓޭވަރުގެ އަދަދަކަށް ވުމާއި، ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ހުރި މީހަކު ނުވަތަ އެފަދަ މީހެއްގެ ކޮންޓެކްޓެއްގެ ގޮތުގައި ހުރި މީހަކު އައިސޮލޭޝަން ފުރިހަމަކޮށްފައި މެނުވީ މަސައަކަތަށް ނުނެރުމާއި، ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރި މީހަކު ނުނެރުމާއި، މަސައްކަތު ގަޑީގައިވެސް އަދި އެހެން ގަޑިތަކުގައިވެސް، އެމީހަކު މަސައްކަތްކުރާ ތަން ނޫން އެހެން ތާނަކަށް ނުގެންދިއުމާއި މިފަދަ ކަންތައްތައް ހިމެނެ އެވެ.

Advertisement - newsAdvertisement

ސިޓީ ކައުންސިލްގެ އުސޫލުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކެއްވެސް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން މަސައްކަތުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި، ހެވީ ޑިއުޓީ މާސްކާއި އަންގި ބޭނުންކުރުމާއި، ގިނައިން އަތްދޮވުމަށް ބާރުއެޅުމާއެކު އެ އިންތިޒާމް ހަމަޖެއްސުމާއި، މަސައްކަތަށް މުވައްޒަފުން ސައިޓަށް ނެރޭއިރު ކުންފުނީގެ ޔުނިފޯމް ލުމާއި، މަސައްކަތްކުރުމަށް ހަމަޖެހިފައިވާ މީހުންގެ ސައިޓް ނޫން އެހެން ސައިޓްތަކަށް ނުގެންދިއުމާއި، ސައިޓަށް ނެރުމުގެ ކުރިން ކޮންމެދުވަހަކު ހުންބެލުމާއި، އެމުވައްޒަފުންގެ ރެކޯޑްތަށް ބެލެހެއްޓުން ހިމެނެ އެވެ.

ކައުންސިލުން ބުނީ، އުސޫލާހިލާފަށް މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި ހުއްދަ ބާތިލް ކުރެވޭނެ ކަމަށެވެ. މި މަހުގެ ހަތް ވަނަ ދުވަހު އަމަލުކުރަން ފެށި މި އުސޫލުގެ ދަށުން މިހާތަނަށް ސައިޓްއެތެރޭގައި އެކިއެކި މަސައްކަތްކުރުމަށް 11 ފަރާތަކަށް ހުއްދަ ދީފައިވާއިރު މަގުބަންދުކޮށްގެން ކޮންކްރީޓް މަސައްކަތްކުރުމަށް ހަތަރު ފަރާތަކަށް ދީފައިވާ ކަަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.

އިމާރާތްކުރުމުގެ މަސައްކަތުގައި ހުއްދަ ދިނުމުގައި މާލޭ ސިޓީ ކައުންސިލުން ބަލާފައިވާ ކަންތައްތަކުގެ ތެރޭގައި މަސައްކަތް ފަށައި ހުއްޓާލަންޖެހުމުގެ ސަބަބުން އެތަނަކަށް އިތުރު ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެންނަ ތަންތަނާއި، އެތަނެއްގެ އެގޮތަށް ބެހެއްޓުމުގެ ސަބަބުން ކައިރި ގޭގެއަށް އިތުރުގެއްލުމެއް ލިބިދާނެފަދަ ތަންތަން ހިމެނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް