Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަމީނާގެ އާއިލާއަށް ރައީސް ތައުޒިޔާ ފޮނުއްވުން

އައްނަބީލާ އަމީނާ މުޙައްމަދު އަމީންގެ ޢާއިލާއަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

6 މެއި 2020 | ބުދަ 09:46

މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށް ރައީސް ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 މެއި 2020 | ބުދަ 09:46
އައްނަބީލާ އަމީނާ މުޙައްމަދު އަމީން (ކ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) އާއި ސަލާމް ކުރައްވަނީ

އައްނަބީލާ އަމީނާ މުޙައްމަދު އަމީން (ކ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) އާއި ސަލާމް ކުރައްވަނީ

ހެންވޭރު އަތިރީގޭ އައްނަބީލާ އަމީނާ މުޙައްމަދު އަމީން ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެ ޢާއިލާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެ ޢާއިލާއާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުން، މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވިއެވެ. އަދި މި ލިބިވަޑައިގެންނެވި ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން ޢާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވިއެވެ. އަދި އެ މަރްޙޫމާގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށާއި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމަށްވެސް ވިދާޅުވިއެވެ.

އައްނަބީލާ އަމީނާ މުޙައްމަދު އަމީން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު މިއަދު ހެނދުނުއެވެ. އަވަހާރަވީއިރު ޢުމުރުފުޅަކި 85 އަހަރެވެ. އަމީނާ މުޙައްމަދު އަމީނަކީ، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު އަލްމަރްޙޫމް މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ދަރިކަނބަލެކެވެ.

އައްނަބީލާ އަމީނާ މުޙައްމަދު އަމީން، 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައިވެއެވެ. ސަރުކާރުގެ ޚިދުމަތް ފުރަތަމަ ފަށްޓަވާފައިވަނީ 23 ޖުލައި 1955ގައި މަދްރަސަތުލް ސަނިއްޔާގެ ނާޒިރުގެ ނައިބު ކަމުގެ މަގާމުންނެވެ. 17 ޑިސެންބަރު 1957 ގައި އެ މަޤާމުން ވަކިވެވަޑައިގަތުމަށްފަހު ދެން ޚިދުމަތް ފެށްޓެވީ 21 މެއި 1961 ގައި ވުޒާރަތުއް ޞިއްޙާގެ ސެކްރެޓަރީ ކަމުގެ މަޤާމުންނެވެ.

އޭގެފަހުން، ވަޒީރުލްއަޢުޒަމްގެ އޮފީހުގެ ސެކްރެޓެރީކަމާއި، ވަޒީރުލްއަޢުޒަމްގެ ސެކްރެޓެރީކަން ކުރައްވާފައިވެއެވެ. 16 ޖަނަވަރީ 1968ގައި ވަކިވެވަޑައިގަތުމަށްފަހު، އަލުން ސަރުކާރަށް ޚިދުމަތް ކުރައްވަން ފަށްޓަވާފައިވަނީ ރައީސް މައުމޫނުގެ ދައުރުގައި 10 ފެބުރުވަރީ 1980 ގައެވެ. އޭރު ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓަރ އޮފް ސޯޝަލް އެފެއަރޒްކަމުގެ މަޤާމަށެވެ.

އެ މަޤާމުގައި 8 އަހަރު ދުވަހު ޚިދުމަތް ކުރެއްވިއެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އެންޑް ސޯޝަލް ސަރވިސަސްގެ ޑިރެކްޓަރ އޮފް ސޯޝަލް އެފެއަރޒް ކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްފެއަރގެ ޑިރެކްޓަރ އޮފް ސޯޝަލް ސަރވިސަސް ކަމުގެ މަޤާމު ފުރުއްވާފައިވެއެވެ. ވަޒީފާއިން ވަކިވެވަޑައިގެންފައިވަނީ 1 މަރޗް 1992 ގައެވެ.

އައްނަބީލާ އަމީނާ މުޙައްމަދު އަމީނަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އިތުރަށް ކިޔާލަން

16 މެއި 2017

މެންބަރު ޙުސައިން މުޙައްމަދު ފުލުހަށް ހާޒިރު ނުކުރަން ނިންމައިފި

16 މެއި 2017
މެންބަރު ޙުސައިން މުޙައްމަދު ފުލުހަށް ހާޒިރު ނުކުރަން ނިންމައިފި
01 މެއި 2017

ޒައިދުލް އަމީންގެ ޝަރީޢަތް މާދަމާރެއަށް ތާވަލްކޮށްފި

01 މެއި 2017
ޒައިދުލް އަމީންގެ ޝަރީޢަތް މާދަމާރެއަށް ތާވަލްކޮށްފި
25 އެޕްރީލު 2017

ޒައިދުލް އަމީންގެ ޝަރީޢަތް ސިއްރުކޮށްފި

25 އެޕްރީލު 2017
ޒައިދުލް އަމީންގެ ޝަރީޢަތް ސިއްރުކޮށްފި
04 އެޕްރީލު 2017

ޒައިދުލް އަމީންގެ ބަންދަށް އަނެއްކާ ވެސް ފަސް ދުވަސް ޖަހައިފި

04 އެޕްރީލު 2017
ޒައިދުލް އަމީންގެ ބަންދަށް އަނެއްކާ ވެސް ފަސް ދުވަސް ޖަހައިފި
20 މާރިޗު 2017

ޒައިދުލް އަމީންގެ ބަންދަށް އަނެއްކާ ވެސް 15 ދުވަސް

20 މާރިޗު 2017
ޒައިދުލް އަމީންގެ ބަންދަށް އަނެއްކާ ވެސް 15 ދުވަސް
07 މާރިޗު 2017

ޒައިދުލް އަމީންގެ ބަންދުގެ މުއްދަތަށް އިތުރު 13 ދުވަސް ޖަހައިފި

07 މާރިޗު 2017
ޒައިދުލް އަމީންގެ ބަންދުގެ މުއްދަތަށް އިތުރު 13 ދުވަސް ޖަހައިފި
04 މާރިޗު 2017

ޒައިދުލް އަމީންގެ މައްސަލަ މިދަނީ ބަލަމުން: އެޗްއާރުސީއެމް

04 މާރިޗު 2017
ޒައިދުލް އަމީންގެ މައްސަލަ މިދަނީ ބަލަމުން: އެޗްއާރުސީއެމް
26 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ބަންދަށް 13 ދުވަސްޖެހި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި

26 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ބަންދަށް 13 ދުވަސްޖެހި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
12 ފެބުރުއަރީ 2017

ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

12 ފެބުރުއަރީ 2017
ގޭ ބަންދުގައި ހުރި ޒައިދުލް އަމީންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް