Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އަޔަރލެންޑުގެ ޙާލަތު

6 ހަފްތާގެ ލޮކްޑައުންއަކަށް ފަހު އަޔަލެންޑްގެ އުމުރުން ދުވަސްވީ މީހުންނަށް ބޭރަށް ދިއުމުގެ ހުއްދަ

6 މެއި 2020 | ބުދަ 04:12

އެމީހަކު ދިރިއުޅޭ ގެއާ 5 ކިލޯމީޓަރުގެ ރޭޑިއަސްއެއްގައި ބޭރަށް ނުކުމެވޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 މެއި 2020 | ބުދަ 04:12
އެ ޤައުމުގެ އުމުރުން ދުވަސްވީ މީހުންނަށް ބޭރަށް މި ނުކުމެވެނީ 6 ހަފްތާގެ މުއްދަތަކަށް

އެ ޤައުމުގެ އުމުރުން ދުވަސްވީ މީހުންނަށް ބޭރަށް މި ނުކުމެވެނީ 6 ހަފްތާގެ މުއްދަތަކަށް

ނޯތް އެޓްލާންޓިކް ޤައުމެއްކަމަށްވާ އަޔަލެންޑުގައި ކޮވިޑް-19 އާ ގުޅިގެން އިޢުލާނުކޮށްފައިވާ ލޮކްޑައުންއަށް އަނެއްކާވެސް ލުއިތަކެއް ދީފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުން އެ ޤައުމުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ލޮކްޑައުން އިޢުލާނު ކޮށްފައިވާއިރު، އުމުރުން 70 އަހަރަށްވުރެ މަތީގެ މީހުންނަށް ބޭރަށް ދިއުން މަނާކޮށްފައި އޮތް އޮތުމަށް 6 ހަފުތާއަށްފަހު ވަނީ ލުއެއް ދީފައެވެ. އެގޮތުން އެމީހަކު ދިރިއުޅޭ ގެއާ 5 ކިލޯމީޓަރުގެ ރޭޑިއަސްއެއްގައި ބޭރަށް ނުކުމެ އުޅުމާއި، ކަސްރަތު ކުރަން ނުކުމެ އުޅުން އެ ޤައުމުގެ ސަރުކާރުން މިވަނީ ހުއްދަކޮށްފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެ ޤައުމުގައި ލޮކްޑައުން އިޢުލާނުކުރީ މާރޗު މަހުގެ 28 ވަނަ ދުވަހުއެވެ. އެއާއެކު ފިހާރަތަކާއި ރެސްޓޯރަންޓްތައްވެސް ބަންދުކޮށް، ގިނަ މީހުން އެއްވެ ހިންގާ ހުރިހާ ޙަރަކާތްތަކެއްވެސް މަނާކުރިއެވެ. އޭގެ އިތުރުން، ޚާއްޞަ ޙާލަތްތަކެއްގައި ބޭރަށް ދެވޭނެ އުޞޫލުތައް ޢާންމުކުރިއިރު، ކަސްރަތު ކުރުމުގެ ގޮތުން އެމީހަކު އުޅޭ ގެއާ 2 ކިލޯމީޓަރުގެ ރޭޑިއަސްއަކަށްވުރެ ބޭރަށް ނުކުތުން އޭރު އޮތީ މަނާކޮށްފައެވެ. ނަމަވެސް އޭގެންވެސް އުމުރުން ދުވަސްވީ މީހުން އޭރު އޮތީ އިސްތިސްނާ ކުރެވިފައެވެ.

އެއާއެކު، އެ ޤައުމުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް ބޭރަށް މި ނުކުމެވެނީ 6 ހަފުތާގެ މުއްދަތަކަށް ގޭގައި މަޑުކުރުމަށްފަހު ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަޔަލެންޑުން މިހާތަނަށް 21،900ށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު، 1339 މީހުން މި ވައިރަސްގެ ސަބަބުން މަރުވެފައިވެއެވެ. އަދި ބަލި ޖެހިގެން ރަނގަޅުވި މީހުންގެ ޢަދަދުވެސް އުޅެނީ 13،386 ގައެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

10 އެޕްރީލު 2017
ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު
06 އެޕްރީލު 2017

ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި

06 އެޕްރީލު 2017
ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި
02 އެޕްރީލު 2017

ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ

02 އެޕްރީލު 2017
ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ
28 މާރިޗު 2017

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި
23 މާރިޗު 2017

ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި

23 މާރިޗު 2017
ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި
21 މާރިޗު 2017

އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް

21 މާރިޗު 2017
 އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
17 ޖެނުއަރީ 2017

ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ

17 ޖެނުއަރީ 2017
ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ
14 ޖެނުއަރީ 2017

ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ

14 ޖެނުއަރީ 2017
ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް