Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ކުޅުދުއްފުއްޓަށް ބަޔަކު ދިޔަ މައްސަލަ

ކުޅުދުއްފުއްޓަށް ބަޔަކު ގެންގޮސްފައިވަނީ އާސަންދައިން ކައުންސިލަށް އެންގުމަށްފަހު: މަބްރޫކް

2 މެއި 2020 | ހޮނިހިރު 21:38

ކުޅުދުއްފުއްޓަށް 7 މީހަކު ގޮސްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 މެއި 2020 | ހޮނިހިރު 21:38
މަބްރޫކް އަޒީޒު- ޓާސްކް ފޯހުގެ ތަރުޖަމާން

މަބްރޫކް އަޒީޒު- ޓާސްކް ފޯހުގެ ތަރުޖަމާން

ހދ. ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކޮށްފައިވަނިކޮށް މާލެއިން ބަޔަކު ދިޔައީ އާސަންދައިގެ ފަރާތުން އެރަށު ކައުންސިލަށް އެކަން އެންގުމަށްފަހު ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގެ ކޮވިޑް-19 ޓާސްކް ފޯސްއަށް އެންގުމަކާ ނުލައި އެރަށަށް 7 މީހަކު ދިޔަ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

Advertisement - newsAdvertisement

އެކަން ހިނގާދިޔަ ގޮތް ސާފު ކޮށްދެއްވަމުން މަބްރޫކް ވިދާޅުވީ މާލެ ސިޓީ ލޮކްޑައުން ކުރިއިރު މާލޭގައި ތާށިވެފައިވާ ކުޅުދުއްފުށީ މީހުންގެ ތެރެއިން 7 މީހަކު ހޮނިހިރު ދުވަހު ކުޅުދުއްފުއްޓަށް ގޮސްފައިވާ ކަމަށެވެ. މިމީހުންނަކީ އާސަންދައިގެ ދަށުން މާލޭގައި ބޭސްކުރަމުންދިޔަ މީހުން ކަމަށް މަބްރޫކް ވިދާޅުވި އެވެ. މީގެތެރޭގައި ހިމެނެނީ ކުޅުދުއްފުށީ މީހުންނާއި އެއަތޮޅު ކުމުންދޫ މީހުންނެވެ.

މާލެ ސަރަޙައްދު ލޮކްޑައުން ކުރުމާއި ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތައް ރަށަށް ފޮނުވުމުގައި ޢަމަލު ކުރާނެ އުޞޫލު ކަނޑައަޅާ ވަނީ ގެޒެޓްކޮށްފަ އެވެ. މިއުސޫލުގައި އިސްކަންދޭނެ މީހުން ހިމަނާފައިވާއިރު ފުރަތަމަވެސް ހިމަނާފައިވަނީ އާސަންދަ ނުވަތަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޮތޯރިޓީ (އެން.އެސް.ޕީ.އޭ) ގެ އެހީތެރިކަމާއި އެކު ބޭސްފަރުވާއަށް މަލޭ އައިސް އެނބުރި ރަށަށް ނުފުރިފައިވާ ފަރާތްތަކެވެ.

މަބްރޫކް ވިދާޅުވީ އެ ހަތް މީހުން ވެސް މި ވަގުތު ތިބީ ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީއެއްގައި ކަމަށެވެ. ނަމަވެސް ކުމުންދޫ މީހުން ރަށަށް ގެންދިއުމުގެ އިންތިޒާމް ހަމަޖައްސަދޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ކުޅުދުއްފުށި ލޮކްޑައުންކުރީ މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު އެވެ. ތިން ދުވަހަށް ލޮކްޑައުން ކުރުމަށްފަހު އަނެއްކާ ވެސް މެއި އެއްވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކުރި އެވެ. އަދި އޭގެ ފަހުން މެއި ހަތްވަނަ ދުވަހާ ހަމައަށް ކާފިއު ދިގުދަންމާލި އެވެ. ނަމަވެސް ބޭރަށް ނިކުމެ އުޅުމުގައި ކޮންމެވެސް ވަރެއްގެ ލުއިތަކެއް މިހާރު ވަނީ ދީފަ އެވެ.

ރާއްޖެއިން މިހާތަނަށް 519 މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފަ އެވެ. މީގެތެރޭގައި ރަށްރަށުގައި ދިރިއުޅެމުންދާ މީހުންވެސް ހިމެނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

13 މާރިޗު 2017

އިންތިހާބާ ނުލައި 13 ކެންޑިޑޭޓަކު ކައުންސިލަށް އިންތިހާބު ވެއްޖެ

13 މާރިޗު 2017
އިންތިހާބާ ނުލައި 13 ކެންޑިޑޭޓަކު ކައުންސިލަށް އިންތިހާބު ވެއްޖެ
05 މާރިޗު 2017

ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

05 މާރިޗު 2017
ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ
03 މާރިޗު 2017

ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި

03 މާރިޗު 2017
ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި
02 މާރިޗު 2017

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

02 މާރިޗު 2017
ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް