Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑޮކްޓަރުން ތަމްރީނު ހޯދުން

އަތޮޅު ތެރޭގެ ހޮސްޕިޓަލުތަކުގެ ޑޮކްޓަރުން ކޮވިޑާއިގުޅޭ ތަމްރީނުތައް މާލޭގައި ހޯދަމުން އެބަދޭ: މަބްރޫކް

ތަމްރީނުތަކުގެ އިތުރުން މަސައްކަތުގެ އަމަލީ ތަޖުރިބާ ވެސް ހޯދަމުންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 މެއި 2020 | ހޮނިހިރު 18:51
ދަރުމަވަންތަ ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލް

އަތޮޅު ތެރޭގެ ހޮސްޕިޓަލުތަކުގެ ޑޮކްޓަރުން ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ތަމްރީނުތައް ހޯދަމުންދާ ކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ އެ ޑޮކްޓަރުން ތަމްރީނުތަކުގެ އިތުރުން މަސައްކަތުގެ އަމަލީ ތަޖުރިބާ ވެސް ހޯދަމުންދާ ކަމަށެވެ. އަދި ތަމްރީނު ނިންމުމަށްފަހު އެ ޑޮކްޓަރުން އެނބުރި އަތޮޅަށް, ރަށަށް ގޮސް، 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަބްރޫކް ވިދާޅުވި ގޮތުގައިމަސައްކަތަށް ނިކުތުމަށް ހަމަޖެހިފައިވާ ކަރަންޓީންގެ 14 ދުވަސް ފުރިހަމަ ކުރުމަށްފަހު އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރަށް ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ މި ދަނޑިވަޅުގައި ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ޑޮކްޓަރުންގެ އަދަދު މަދުވުން ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ ޑޮކްޓަރެއް ނެތުމުގެ ސަބަބުން ރަށެއްގައި ހިދުމަތް މެދުކެނޑޭ ހިސާބަށް ނުދާނެ ކަމަށެވެ. އަދި ޑޮކްޓަރުން ކަރަންޓީންގެ 14 ދުވަސް ފުރިހަމަކުރާއިރު އެ ރަށެއްގައި ފަރުވާދޭނެ އިތުރު ޑޮކްޓަރެއް ނެތިއްޖެ ހާލަތެއްގައި އެ ރަށަށް އިތުރު ޑޮކްޓަރެއް ފޮނުވުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު މި ވައިރަސް މިއަށްވުރެން އިތުރަށް ފެތުރިއްޖެނަމަ ސިއްހީ ނިޒާމުގެ ތެރެއިން ފަރުވާ ދެވޭ ވަރަށް ޑޮކްޓަރުންނާއި ނަރުހުން ނެތް ކަމަށް މީގެ ކުރިން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

އަތޮޅު ވެހި ފަޅާލައިފި

18 ފެބުރުއަރީ 2017
އަތޮޅު ވެހި ފަޅާލައިފި
15 ފެބުރުއަރީ 2017

ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

15 ފެބުރުއަރީ 2017
ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު