Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަޅުތައް

ކޮވިޑް-19 އަށް ހުށަހެޅިފައިވާ ބިދޭސީން މާލެއިން ބޭރުގައިވާ ފެސިލިޓީތަކަށް މިރޭ ބަދަލުކުރަނީ

މާލޭގައި ތާށިވެފައިވާ ރައްޔިތުންނަށް އެމީހުންގެ ރަށްރަށަށް ދެވޭނެ އުސޫލުވެސް ތަންފީޒުކުރަން މިހާރު ވަނީ ފެށިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 މެއި 2020 | ހޮނިހިރު 14:29
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ކޮވިޑް-19 ގެ ނުރައްކަލަށް ހުށަހެޅިފައިވާ ބިދޭސީން މާލެއިން ބޭރުގައި ހެދިފައިވާ ކަރަންޓީނު ފެސިލިޓީތަކަށް މިރޭ ބަދަލުކުރަން ފެށޭނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ އެމަސައްކަތް ފެށޭއިރު ލޮކްޑައުން އާ ގުޅިގެން މާލޭގައި ތާށިވެފައިވާ ރައްޔިތުންނަށް އެމީހުންގެ ރަށްރަށަށް ދެވޭނެ އުސޫލުވެސް ތަންފީޒުކުރަން ފެށިފައިވާ ކަމަށެވެ. އަދި މާތްﷲ ގެ އިރާދަފުޅުން ކާރވް ފްލެޓް ކުރެވޭނެކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް 514 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު މީގެތެރޭގައި ގިނައީ ބިދޭސީންނެވެ. އެގޮތުން 329 މީހުންނަކީ ބިދޭސީންނެވެ. މާލޭގައި ތޮއްޖެހިގެން އުޅޭ ބިދޭސީން އެއަށްވުރެ ރަނގަޅު މާހައުލުތަކަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު ބިދޭސީންނަށް ޚާއްސަކޮށްގެން ހުޅުމާލެ، ގުޅީފަޅު އަދި ވިލިވަރުގައި އަންނަނީ ކަރަންޓީނު ފެސިލިޓީތައް ހަދަމުންނެވެ.

މާލެ ސިޓީގެ ލޮކްޑައުންގެ މުއްދަތު އިތުރުކުރި އެއް ސަބަބެއްކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު(އެންއީއޯސީ) އިން ބުނެފައިވަނީ ތޮއްޖެހިގެން އުޅެމުންދާ ބިދޭސީންގެ ކަންކަން ހައްލުކުރުމެވެ. ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކްލަސްޓަރ ތަކަށް ބަލާލާއިރު ގިނަ މީހުން ހިމެނެނީވެސް ބިދޭސީންގެ ކްލަސްޓަރތަކުގަ އެވެ. އެގޮތުން ބާޒާރުމަތީ ކްލަސްޓަރ އާއި ކޮކާކޯލާ އަދި ކޮވިޑް ވިލެޖް ހިމެނެއެވެ. މީގެއިތުރުން އެއް ތަނެއްގައި ދިރިއުޅެމުން އަންނަ ގިނަ އަދަދެއްގެ ބިދޭސީން އަންނަނީ ޕޮޒިޓިވްވަމުންނެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2017

ހުޅުމާލެއިން މަސްތުވާ ތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

06 ޖޫން 2017
ހުޅުމާލެއިން މަސްތުވާ ތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
28 މެއި 2017

ހޮނިހިރު ދުވަހުގެ ރޭ މާލެއިން ކަރަންޓް ކެނޑުނީ އަލަށް ބެހެއްޓި ޖަނަރޭޓަރު ނިވިގެން: ސްޓެލްކޯ

28 މެއި 2017
ހޮނިހިރު ދުވަހުގެ ރޭ މާލެއިން ކަރަންޓް ކެނޑުނީ އަލަށް ބެހެއްޓި ޖަނަރޭޓަރު ނިވިގެން: ސްޓެލްކޯ
15 މެއި 2017

އަނެއްކާވެސް މާލެއިން ދެ ގަޑި އިރަށް ކަރަންޓްގެ ހިދުމަތް ކެނޑިއްޖެ

15 މެއި 2017
އަނެއްކާވެސް މާލެއިން ދެ ގަޑި އިރަށް ކަރަންޓްގެ ހިދުމަތް ކެނޑިއްޖެ
06 އެޕްރީލު 2017

ހުޅުމާލެއިން ވަގަށް ނަގާފައިވާ ޑޮލަރު ތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި

06 އެޕްރީލު 2017
ހުޅުމާލެއިން ވަގަށް ނަގާފައިވާ ޑޮލަރު ތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި
30 މާރިޗު 2017

މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

30 މާރިޗު 2017
މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު