Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެއިން ކަރަންޓް ކެނޑުން

އަނެއްކާވެސް މާލެއިން ދެ ގަޑި އިރަށް ކަރަންޓްގެ ހިދުމަތް ކެނޑިއްޖެ

ކަރަންޓް ކެނޑުނީ ދެ ގަޑިއިރަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 15 މެއި 2017 | ހޯމަ 13:25
ސްޓެލްކޯ ބިލްޑިން

ސްޓެލްކޯ ބިލްޑިން

އޮބްޒާވިން ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން މާލެއިން ދެ ގަޑި އިރަށް ކަރަންޓް ކެނޑިއްޖެ އެވެ.

ސްޓެލްކޯގެ މީޑިޔާ އޮފިޝަލް އިބްރާހިމް ރައޫފް ވިދާޅުވީ، މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނީ، އޮބްޒާވިން ސިސްޓަމަށް ދިމާވި މައްސަލަތަކާ ގުޅިގެންނެވެ. ހެނދުނު 9:50 ހާއިރު ކަރަންޓް ކެނޑުމަށް ފަހު، އެނބުރު ކަރަންޓް ލިބުނީ ދެ ގަޑިއިރު ފަހުންނެވެ.

Advertisement - newsAdvertisement

މިފަހަކަށް އައިސް މާލެއިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެއެވެ. މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ މާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓްގެ ހިދުމަތް މެދުކެނޑިފަ އެވެ. އެފަހަރު ކަރަންޓް ކެނޑިފައިވަނީ އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.

މާޗު މަހުގެ 5 ވަނަ ދުވަހުވެސް މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ވަނީ ކެނޑިފަ އެވެ.

އެދުވަހު ގާތްގަނޑަކަށް މެންދުރު 13:00 އިން 16:00 އަށް ކަރަންޓް ކެނޑުމުން އާއްމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ދުވަހު ވެސް ކަރަންޓާއެކު ފެން ކެނޑި ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލާންޖެހުނެވެ. އޭގެ ފަހުން ގިނަ ދުވަސްތަކެއް ވަންދެން ބައެއް ސަރަހައްދުތަކަށް ޕްރެޝަރުގައި ފެން ލިބިފައެއް ނުވެއެވެ.

އެފަހަރު ސްޓެލްކޯއިން ބުނީ މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔައީ މާލެއަށް ފެނުގެ ހިދްމަތް ފޯރުކޮށްދޭ އެމްޑަބްލިޔުއެސްސީއަށް ކަރަންޓް ދިނުމަށް ވަގުތީ ގޮތުން ބަހައްޓާފައި ހުރި ޓްރާންސްފޯމަރެއްގެ ހައިވޯލްޓޭޖް ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން، ކޭބަލް ޝޯޓް ސާރކިޓް ވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެމްޑަބްލިޔުއެސްސީން ބުނެފައި ކަރަންޓް ކެނޑުނީ އެ ކުންފުނީގެ މައްސަލައަކުން ނޫން ކަމަށާއި އެވަގުތު އެފަދަ މެއިންޓެނަންސް މަސައްކަތެއް ވެސް ކުރަމުން ނުދާ ކަމަށެވެ.

ކަރަންޓް ކެނޑުމުގެ މިފަދަ މައްސަތައް ދިމާވަމުންދާ އިރު ސްޓެލްކޯ އިން މިހާރު ދަނީ އިންޖީނުގެ ތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން، މަހާސިންތާއެއް ފަށާފަ އެވެ. މިމަހުގެ 14 އިން 20 ވަނަ ދުވަހަށް ކުރިއަށްގެންދާ މި މަހާސިންތާގައި ކަރަންޓްގެ ހިދުމަތް ފެންވަރު ރަގަޅު ކުރުމަށް އަޅާނެ ފިޔަވަޅު ތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު