Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިސްލާހީ ހަރަކާތް

އަބްދުﷲ ރިޔާޒުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރާ ކަމަށް ތުހުމަތުކޮށްފި

ރިޔާޒު ވިދާޅުވީ ފޯނު ހުޅުވަން ބޭނުންކުރަނީ ފިންގަރ ޕްރިންޓް ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 3 އެޕްރީލު 2017 | ހޯމަ 01:12
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ މައްޗަށް ފުލުހުންގެ ދައުރު އަދާ ކުރުމަށް ދަތިކުރާ ކަމަށް ފުލުހުންގެ ތުހުމަތު ކޮށްފި އެވެ.

އާދިއްތަ ދުވަހުގެ ރޭ 20:00އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެންގުމުން، ހާޒިރުވެ ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގެން ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ މާރޗު މަހުގެ 27 ވަނަ ދުވަހުގެ ރޭ މާވެޔޮމަގުން ހިނގާފައި ދަނިކޮށް، އާދައިގެ ހެދުމެއްގައި ހުރި ފުލުހުންކަމަށް ބެލެވޭ ދެ މީހަކު އޭނާ ހުއްޓުވާ ކޯޓު އަމުރެއް ކަމަށް ބުނެ ލިޔުމެއް ދެއްކުމަށްފަހު ފޯނު ހަވާލު ކުރުމަށް އެދުނު ކަމަށެވެ.

Advertisement - newsAdvertisement

ރިޔާޒު ވިދާޅުވީ އެވަގުތު އެސަރަހައްދު އަނދިރިކަމުން އެކޯޓު އަމުރުގައި އޮތް އެއްޗެއް އެނގޭވަރެއް ނުވި ކަމަށާއި އަދި މާވެޔޮމަގުން މީގެ ކުރިންވެސް ރިޔާޒަށް ހަމަލާއެއް އައިސްފައިވާތީ އެ މީހުންނާ ފޯނު ހަވާލުކުރުމަށް ދެކޮޅު ހެއްދެވިން ކަމަށާއި، ނަމަވެސް ފުލުހުންގެ އިދާރާއަށް ވަޑައިގެން ފޯނު ހަވާލު ކުރެވިދާނެ ކަމަށް ވިދާޅުވުމުން ފުލުހުން ރިޔާޒުގެ ފޯނު ޖަހައިގެންނެވި ކަމަށް ރިޔާޒު ވިދާޅުވި އެވެ. އަދި ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުންގެ ވެހިކަލެއްގައި ގަލޮޅު ވިލީ ފުލުސްއަށް ހާޒިރުކުރި ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ޖެހިގެންއައި 28 ވަނަ ދުވަހު ފުލުހުންގެ މައި އިދާރާއަށް ހާޒިރުވުމަށް އެންގުމުން ވަޑައިގެންނެވި ކަމަށާއި އެދުވަހު ކޯޓު އަމުރު ދެއްކި ކަމަށެވެ. އެ އަމުރުގައި އޮތީ ފޯނުގެ ލޮކް ކޯޑާއި ފޯނުގެ އެންމެހާ ކަންކަން ބެލުމަށް ނެރެފައިވާ އަމުރެއް ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ އޭނާއަކީ އެއްގޮތަކަށްވެސް ފޯނު ނިއްވާލާ ބޭފުޅެއް ނޫންކަމަށާއި އަދި ފޯނު ހުޅުވުމަށް ބޭނުންކުރަނީ ފިންގަޕްރިންޓް ކަމަށެވެ. ރިޔާޒު ވިދާޅުވީ ފޯނު ހުޅުވުމަށް ރިޔާޒުގެ އަތަށް ފޯނު ދިންއިރު އޮތީ ނިވިފަ ކަމަށާއި އެހެންކަމުން ފޯނު ހުޅުވުމަށް ބޭނުންކުރާ ލޮކް ކޯޑު ހަނދާންނެމުން ފޯނު ހުޅުވިފައި ނުވާ ކަމަށެވެ. ރިޔާޒު ވިދާޅުވީ ފޯނު ހުޅުވުމަށް އޭނާ އާއްމުކޮށް ބޭނުންކުރާ ތިން ލޮކް ކޯޑެއް ފުލުހުންނަށް ދިންނަމަވެސް އެއިން އެއްވެސް ކޯޑެއް ބޭނުންކޮށްގެން ފޯނު ނުހުޅުވުނު ކަމަށެވެ. އެހެންކަމުން އެ ފޯނު ހުޅުވޭގޮތް ނުވި ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ އާދިއްތަ ދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރު ވުމަށް އެންގުމުން ހާޒިރުވުމުން ފުލުހުން ތުހުމަތު ކޮށްފައިވަނީ ރިޔާޒުގެ ފޯނު ހުޅުވައި ނުދިނުމުން، ފުލުހުންގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށުގެ ތުހުމަތު ކަމަށެވެ. ނަމަވެސް އެމައްސަލަ ތަހުގީގު ކުރުމަށް ފުލުހުނަށް އެއްބާރުލުންދީފައިވާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ކިތައްމެ ބިރެއް ދެއްކިޔަސް އިސްލާހީ މިސައްކަތުގައި ދެމިހުންނާނެ ކަމަށާއި ޖަލަށްލާފާނެ ކަމުގެ ބިރަށްޓަކައި ފަހަތަށް ނުޖެހޭނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު