Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓާސްކްފޯސްގެ ބައްދަލުވުން

މާލޭގައި ތާށިވި ރަށްތަކުގެ މީހުން ފޮނުވުމުގެ އިންތިޒާމުތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވައިފި

2 މެއި 2020 | ހޮނިހިރު 07:06

ބިދޭސީ މަސައްކަތްތެރީންގެ ހާލަތު ބެއްލެވި

އަމްނާ އިމާދު
އަމްނާ އިމާދު | 2 މެއި 2020 | ހޮނިހިރު 07:06
ރައީސް ސޯލިހު ވާޗުއަލްކޮށް ޓާސްކް ފޯހުގެ ބޭފުޅުުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރައީސް ސޯލިހު ވާޗުއަލްކޮށް ޓާސްކް ފޯހުގެ ބޭފުޅުުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

މާލެ ސިޓީ ފުރަބަންދުކުރުމާއި ގުޅިގެން މާލޭގައި ތާށިވެފައި ތިބި އެހެނިހެން ރަށްރަށުގެ މީހުން ރަށަށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ޓާސްކް ފޯސްގެ ބެފުޅުންނާ މަޝްވަރާ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ހުކުރު ދުވަހުގެ ރޭ ޓާސްކްފޯހުގެ ބައްދަލުވުމުގައި ކޮވިޑް19ގެ ސަބަބުން ބިދޭސީ މަސައްކަތްތެރީންނަށް ކުރާ އަސަރާއި، އެމީހުންގެ ޙާލަތާ ބެހޭ ގޮޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

Advertisement - newsAdvertisement

އަދި މާލެއަށް އެކި ބޭނުންތަކުގައި އައިސް މިހާރު ރަށްރަށް ނުދެވިފައި ތިބި މީހުންގެ ތެރެއިން، ރަށަށް ދާން ބޭނުންވެފައި ތިބި މީހުންނަށް އެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން މިހާރަށް ވުރެ ބޮޑަށް މަސައްކަތްތައް ހަރުދަނާ ކުރެވޭ ގޮތްތަކާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ.

އޭޕްރީލް 15ގައި މާލެސިޓީ ލޮކްޑައުން ކުރުމާއި ގުޅިގެން ބޭސްފަރުވާއަށާއި، އަދިވެސް އެހެނިހެން ބޭނުންތަކަށް މާލެއަށް އައިސް ތިބި ގިނަ ބަޔަކު ވަނީ ރަށްރަށް ނުދެވި ތާށިވެފައެވެ. އަދި ބައެއް މީހުން ޙާލުގައި ޖެހުމާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން ވަނީ އެމީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައެވެ.

ކޮވިޑް-19އާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި، ޙާލަތު ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބައްލަވަމުން ގެންދަވާއިރު، މާލެއިން ފުރަތަމަ ފަހަރަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ޤައުމާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހުރިހާ ރައްޔިތުންގެ ކިބައިން ކެތްތެރިކަމާއެކު ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށް އެންމެން އެކުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއެކު، އެކުގައި މަސައްކަތް ކުރުމުން، ރާއްޖެއިން ކޮވިޑް-19 އިން އަރައިގަނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
19 ފެބުރުއަރީ 2017

ކުޑަކުއްޖާގެ ކަރުގައި ތާށިވި ރުފިޔާ ނަގައިފި

19 ފެބުރުއަރީ 2017
ކުޑަކުއްޖާގެ ކަރުގައި ތާށިވި ރުފިޔާ ނަގައިފި
18 ފެބުރުއަރީ 2017

ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!

18 ފެބުރުއަރީ 2017
ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް