Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 އަށް ޕޮޒިޓިވްވާ ސަލާމަތީ ބާރުތަކުގެ ކޭސް

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފުލުހުންނާއި ސިފައިންގެ އަދަދު ވަކިން ހާމަނުކުރުމަށް މަޝްވަރާކުރަނީ

ޑރ އަފްޒަލް ވިދާޅުވީ ފްރޮންޓްލައިން ވަކިން ޚާއްސަކޮށް ސިފައިންނާއި ފުލުހުންގެ ކޭސްތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން އެކަންކަން ކުރިޔަށް ގެންދާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 މެއި 2020 | ހޮނިހިރު 01:00
ކޮވިޑް-19 އާއި ގުޅިގެން މާލެ ސިޓީ ލޮކްޑައުންކުރުމުން ސިފައިން އަންނަނީ އާންމުންނަށް އެހީތެރިވަމުން

ކޮވިޑް-19 އާއި ގުޅިގެން މާލެ ސިޓީ ލޮކްޑައުންކުރުމުން ސިފައިން އަންނަނީ އާންމުންނަށް އެހީތެރިވަމުން

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ވަކިވަކިި މުއައްސަސާތަކުގެ ނަންބަރުތައް ހާމަނުކުރާގޮތަށް މަޝްވަރާކުރަމުންދާ ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑޮކްޓަރ، ޑރ އިބްރާހީމް އަފްޒަލް ވިދާޅުވީ 29 އޭޕްރީލް ގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ "އެމްއެންޑީ" ކްލަސްޓަރ އަށް ނިޞްބަތްވާ މީހުން ކަމަށެވެ. އެމްއެންޑީ ކްލަސްޓަރ އަކީ ސިފައިންނަށް ނިޞްބަތްވާ ކްލަސްޓަރ އެވެ.

މީގެތެރޭގައި ހިމެނެނީ ކަޅުތުއްކަލާ ކޮށިން ޕޮޒިޓިވްވި ހަތަރު ސިފައިންނާއި، ކޮވިޑް ވިލެޖުން ޕޮޒިޓިވްވި ދެ ސިފައިންނެވެ. އަދި އެމްއެންޑީއެފްގެ އިލެކްޓްރިކަލް މެކޭނިކަލް އިންޖިނިއަރިންގެ ވަރކްޝޮޕް (އެމްއީއެމްއީ) އިން 14 ސިފައިން ހިމެނޭކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ.

މީގެއިތުރުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކާނަލް ހުސައިން އަލީވެސް ވަނީ ސިފައިންގެ ތެރެއިން 5 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިކޭސްތަކާއި ގުޅިގެން ކަރަންޓީން އަދި އައިސޮލޭޝަންގައި ތިބި ސިފައިންގެ އަދަދެއް ހުސައިން އަލީ ވިދާޅެއް ނުވެއެވެ. އަދި ފުލުހުންގެ ތެރެއިން 130 ފުލުހަކު ކަރަންޓީނުގައިވާ ކަމަށް ކޮވިޑް-19 ގެ ޓާސްކް ފާހުން ވަނީ މީގެކުރިން ހާމަކޮށްފަ އެވެ.

ފްރޮންޓްލައިންގައި މަސައްކަތްކުރާ ވަކިން ޚާއްސަކޮށް ފުލުހުންނާއި ސިފައިންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތަކާއި ކަރަންޓީނު އަދި އައިސޮލޭޝަނަށް ގެންދެވޭ މީހުންގެ އަދަދުތަކާއި ގުޅޭގޮތުން ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޑރ އަފްޒަލް ވިދާޅުވީ ފްރޮންޓްލައިން ވަކިން ޚާއްސަކޮށް ސިފައިންނާއި ފުލުހުންގެ ކޭސްތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން އެކަންކަން ކުރިޔަށް ގެންދާކަމަށެވެ. އެގޮތުން ސާމްޕަލްތައް ނެގުމުގަޔާއި ކޮންޓެކްޓް ޓްރޭސިންގ ހެދުމުގައި ވަކިން ބަލަމުން ގެންދާކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.

މިކަމަށް އިތުރަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ މިކަމަކީ ގައުމީ ސަލާމަތާވެސް ގުޅުންހުރި ކަމަކަށްވާތީ އަދަދުތައް ހާމަކުރުމުގައި މުއައްސަސާތަކުގެ މެދުގައި މަޝްވަރާކުރަމުންދާ ކަމަށެވެ.

ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި އަދި އެކަމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ކަރަންޓީން ކުރަން ޖެހިފައިވުމާއެކު މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކާނަލް ހުސައިން އަލީ ވިދާޅުވެފައިވަނީ އެކަމަށް އޮތީ ސިފައިންގެ ތެރެއިން ބަޔަކު ޕޮޒިޓިވްވެ އިތުރު ސިފައިންތަކެއް އެކަހެރިކުރަން ޖެހޭނެ ޙާލަތެއް އަތުވެދާނެ ކަމަށް ސިފައިންގެ ލީޑަރޝިޕް ތައްޔާރުވެފައިވާ ކަމަށެވެ. ސިފައިންގެ ތެރެއިން ބަޔަކު ޕޮޒިޓިވްވެ އިތުރު ސިފައިންތަކެއް އެކަހެރިކުރަން ޖެހޭނެ ޙާލަތެއް އަތުވެދާނެ ކަމަށް ސިފައިންގެ ލީޑަރޝިޕް ތައްޔާރުވެފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ސިފައިން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ކަރަންޓީނު ފެސިލިޓީތައް މެނޭޖްކުރުމާއި، ކަރަންޓީނު ފެސިލިޓީތައް ހެދުމުގެ މަސައްކަތުގައި ހަރަކާތްތެރިވުން އަދި މާލެ ލޮކްޑައުން ކުރުމުން ޑެލިވަރީގެ ކަންކަމުގައި ސިފައިންގެ އެހީތެރިކަން އަންނަނީ ލިބެމުންނެވެ. އަދި މިފަހުން ކޮވިޑް-19 ޖެހިގެން ނިޔާވި މީހާ ހިނެވުމުގައިވެސް އަދި ވަޅުލުމުގައިވެސް ހަރަކާތްތެރި ވެފައިވަނީ ސިފައިންނެވެ.

ކޮވިޑް-19 އާ ގުޅިގެން ސިފައިން ކުރަމުންދާ ހިތްވަރުގަދަ މަސައްކަތްތަކަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވަނީ ތައުރީފްކުރައްވާ ހިތްވަރު ދެއްވާފަ އެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި

15 މާރިޗު 2017
އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި
11 މާރިޗު 2017

ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު

11 މާރިޗު 2017
ރިޒަރވްގައި ހުރި ޑޮލަރުގެ އަދަދު ވަނީ އޮޅުވާލާފަ: ރައީސް ނަޝީދު
08 މާރިޗު 2017

ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ

08 މާރިޗު 2017
ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ
04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
01 މާރިޗު 2017

ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި

01 މާރިޗު 2017
 ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު