Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސާމްޕަލް ދޭން ދެކޮޅުހެދި ދިވެއްސަކަށް ކޯޓުން އަމުރ

ސާމްޕަލް ދިނުމަށް ދެކޮޅުހެދި ދިވެއްސެއްގެ މައްޗަށް ސާމްޕަލް ދިނުމަށް ކޯޓުން އަމުރެއް ނެރެފި

1 މެއި 2020 | ހުކުރު 00:56

ކަރަންޓީނަށް ދިއުމަށް ދެކޮޅުހެދި ބައެއްގެ މައްޗަށް ވެސް މީގެކުރިން ސިވިލް ކޯޓުން އަމުރުތަކެއް ނެރެފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 1 މެއި 2020 | ހުކުރު 00:56
ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިންގ

ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިންގ

ކަރަންޓީންގައި ހުރި ދިވެއްސަކު ކޮވިޑް-19 އަށް ޓެސްޓް ކުރުމަށްޓަކައި ސާމްޕަލް ދިނުމަށް ދެކޮޅު ހެދުމުން، ސާމްޕަލް ދިނުމަށް އެމީހާގެ މައްޗަށް ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ސިވިލް ކޯޓުން ބުނީ، ކަރަންޓީންގައިި ހުރި ދިވެއްސަކު ކޮވިޑް-19 އަށް ޓެސްޓް ކުރުމަށްޓަކައި ސާމްޕަލް ދިނުމަށް ދެކޮޅު ހަދާފައިވާތީ އެފަރާތުގެ މައްޗަށް ސާމްޕަލް ދިނުމަށް އެކޯޓުން އަމުރެއް ނެރެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ސިވިލް ކޯޓުން ބުނީ، އެކޯޓުން ނެރުނު މި އަމުރުގައި، އޭނާގެ ސާމްޕަލް ނެގުމަށްޓަކައި ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް އެކަމުގައި ޝާމިލުވާ ފަރާތްތަކަށާއި ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ.

ކަރަންޓީނަށް ގެންދަން ނެރޭ ޢަމުރުތަކާއި، ކޮވިޑް-19 އާގުޅިގެން ނެރޭ މިފަދަ އަމުރުތައް، އެމީހުންގެ ޒާތީ މައުލޫމާތު ސިއްރު ކުރުމުގެ ބޭނުމުގައި ސިވިލް ކޯޓުން އެޢަމުރުތައް ޢާންމެއްނުކުރެއެވެ.

ރާއްޖޭގައި އިޢުލާނުކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ކަރަންޓީނަށް ދިއުމަށް ދެކޮޅުހެދި ދިވެއްސެއްގެ މައްޗަށް ނިމުނު އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ އޮސްޓްރިއާގެ މީހެއްގެ މައްޗަށް އަމުރެއް ސިވިލް ކޯޓުން ނެރެފައި ވެއެވެ. އަދި އޭޕްރީލް 25 ވަނަ ދުވަހުގެ ރޭ ކަރަންޓީނަށް ދާން ދެކޮޅުހެދި ދިވެއްސެއްގެ މައްޗަށް އަމުރެއް އަމުރެއް ނެރެފައިވާއިރު، ކަރަންޓީނަށް ދާންދެކޮޅުހެދި ދެ މީހެއްގެ މައްޗަށް، އޭޕްރީލް މަހުގެ 20 ވަނަ ދުވަހުވެސް ސިވިލް ކޯޓުން ޢަމުރެއް ނެރެފައިވެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމާއި ގުޅިގެން، މާލެ ޞަރަޙައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި އެއް ރަށުން އަނެއްރަށަށް ދިއުން މަނާކޮށްފަ އެވެ. މާލެ ޞަރަޙައްދުގެ އިތުރުން، ރާއްޖޭގެ ބައެއް ރަށްރަށުން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ދަނީ ފެންނަމުންނެވެ.

އެހެންކަމުން ރާއްޖޭގެ ގިނަ ރަށްތަކެއް މޮނީޓަރިންގ ޙާލަތަށް ގެނެސްފައިވާއިރު، ކޮންޓެކްޓް ޓްރޭސިންގ ގެ ދަށުން ބައެއް ފަރާތްތައް ކަރަންޓީން ކުރަމުންވެސް އެބަދެއެވެ.

ކަރަންޓީނަށް ދިއުން ދެކޮޅު ހެދުމާއި ސާމްޕަލް ދިނުމަށް ދެކޮޅުހެދުމަކީ ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ކުށެކެވެ. އަދި ކަރަންޓީނަށް އެމީހަކު ގެންދިއުމުގެ ޢަމުރުތަކާއި ސާމްޕަލް ނެގުމަށް، އަމުރު ނެރުމުގެ ބާރުވެސް ކޯޓުތަކަށް ލިބިގެންވެއެވެ. އަދި މިފަދަ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ތެދު މަޢުލޫމާތު ހާމަކުރުމަކީ ހުރިހާ ފަރާތްތަކަށް ވެސް އެޤާނޫނުން ލާޒިމުކުރާ ކަމެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް