Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭންކުގެ ޚިދުމަތް

އަސާސީ ބޭންކިންގ ޚިދުމަތްތައް ދިނުމަށްޓަކައި މޭ 4 އަދި 6 ގެ ބޭންކް ހުޅުވާނެ: ބީއެމްއެލް

ބޭންކް ހުޅުވާނީ 9:30ން ފެށިގެން 12:00ށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 އެޕްރީލު 2020 | ބުރާސްފަތި 23:31
ބޭންކިންގ ގެ ގިނަ ހިދުމަތްތައް ދެމުން އަންނަ ބޭންކް އޮފް މޯލްޑިވްސް މެއިން ބްރާންޗް

ބޭންކިންގ ގެ ގިނަ ހިދުމަތްތައް ދެމުން އަންނަ ބޭންކް އޮފް މޯލްޑިވްސް މެއިން ބްރާންޗް

އަސާސީ ބޭންކިންގ ޚިދުމަތްތައް ދިނުމަށްޓަކައި މޭ 4 އަދި 6 ވަނަ ދުވަހު ބޭންކް ހުޅުވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ އެ ދެ ދުވަހު ހެނދުނު 9:30ން ފެށިގެން 12:00ށް ބޭންކް ހުޅުވިފައިވާ ހުންނާނެ ކަމަށެވެ. އެގޮތުން މި ގަޑިތަކުގައި ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުމާއި ޕޭ ރޯލް ހިދުމާއި އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުމުގެ އިތުރުން ލޯކަލް ބޭންކް ޓްރާންސްފަރގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުން

ޕޭ ރޯލް (މުވައްޒަފުންގެ މުސާރަ ޖަމާކޮށް ދިނުން) ޚިދުމަތް

އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުން

ލޯކަލް ބޭންކް ޓްރާންސްފަރ

ބީއެމްއެލް އިން ބުނީ ބްރާންޗު ތަކުން ނަގުދު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެ ކަމަށެވެ.

ކަސްޓަމަރުންނަށް (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ޚިދުމަތް ލިބޭނެ ކަމަށާއި މިގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 200،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށެވެ. އަދި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 50،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން އެންމެ އިސްކަމެއް ދެނީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށްކަން ފާހަގަކޮށް އެ ބޭންކުން ބުނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅުއްވާފައިވާ ފުރަބަންދުގެ މުއްދަތުގަައި ގޭގައި ތިބިގެން ބޭންކިންގ ޚިދުމަތް ހޯދުމަށް ބާރުއެޅުމުގެ ގޮތުން ބޭންކުގެ ހުރިހާ ބްރާންޗަކާއި ސަރވިސް ސެންޓަރތައް ބަންދުކޮށްފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017
ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު