Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަބުރު ފަންޑު

ރާއްޖެޓީވީގެ އަބުރު ފަންޑަށް ކުރެންދޫގެ 8،800 ރ.

އަބުރު ފަންޑު ފޮށިތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ ބަހައްޓަމުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 2 އެޕްރީލު 2017 | އާދީއްތަ 17:37
ރާއްޖެޓީވީ

ރާއްޖެޓީވީ

ރާއްޖެޓީވީން ބަހައްޓާފައިވާ އަބުރު ފަންޑަށް ކުރެންދޫ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީއެވެ.

ޅ. ކުރެންދޫ އެމްޑީޕީ އަންހެނުންގެ ރޫހުގެ ފަރާތުން ރާއްޖޭގެ ޓީވީގެ އަބުރު ފަންޑަށް އެހީވުމުގެ ގޮތުން 8،805 ރ. ވަނީ ހަދިޔާ ކޮށްފައެވެ.

ފައިސާގެ އެހީ ހަދިޔާ ކުރުމަށް ފަހު ކުރެންދޫ އެމްޑީޕީގެ އަންހެނުންގެ ރޫހގެ ފަރާތުން ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވީ ކުރެންދޫ ރައްޔިތުންނާ އަދި ކުރެންދޫ އެމްޑީޕީ އަންހެނުންގެ ރޫހުގެ ހުރިހައި މެމްބަރުން ވެސް ތިބީ ރާއްޖެޓީވީއާ އެކުކަމަށެވެ. އަބަދު ވެސް އެބޭފުޅުންގެ ފަރާތުން ރާއްޖެޓީވީ އަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެޓވީން އަބުރު ފަންޑުގެ ނަމުގައި ފަންޑު ފޮއްޓަށް ބަހައްޓާފައި މިވަނީ ރާއްޖޭގެ އެކި މުއައްސަސާތަކުން ރާއްޖެޓީވީ އާއި ރާއްޖެޓީވީގެ ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަމުން ދާތީ އެ ފައިސާ ދެއްކުމަށްޓަކައި އެހީވުމަށް ހެޔޮއެދޭ ފަރާތްތަކުން އެދެމުންދާތީ އެވެ.

ރާއްޖެޓީވީގެ މެނޭޖްމެންޓުން މިފަދަ ފަންޑެއް ހުޅުވުމަށް ނިންމީ އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެޓީވީ 200،000ރ. އިން ޖޫރިނަމާކޮށް، އަދި ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔަކު 50،000ރ. އިން ޖޫރިމަނާ ކުރުމާ ގުޅިގެންނެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަން ސާބިތުކޮށް، ރާއްޖެޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ވިސާމް، ކޮންމެ މީހަކު 28،800ރ. އިން ޖޫރިމަނާކޮށްފައި ވާތީ އެވެ.

ރާއްޖެޓީވީ އާއި ރާއްޖެޓީވީގެ ނޫސްވެރިން ޖޫރިމަނާކުރަމުންދާ އިރު، ރާއްޖޭޓީވީ އާއި އެ ސްޓޭޝަނުގެ ނޫސްވެރިންނަށް ކެނޑިނޭޅިދަނީ ބިރުދައްކާ އިންޒާރުދެމުންނެވެ. އަދި މި މައްސަލަތައް ވެސް ފުލުހުންނަށް ހުށަހަޅައިގެން ކުރިއަށްގެންދާއިރު މައްސަލަތަކުގައި މާބޮޑު ކުރިއެރުންތަކެއް ހޯދާފައިނުވާކަން ފާހަގަކޮށްލެވެ އެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު!

23 ފެބުރުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު!
20 ފެބުރުއަރީ 2017

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު