Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ލޮކްޑައުންގެ މުއްދަތު އިތުރުކުރުމާމެދު އަދި ގޮތެއް ނުނިންމާ: މަބްރޫކް

މިކަމުގައި ޑޮކްޓަރުންގެ ލަފާ ޑޮކްޓަރުން ދެއްވާނެކަމަށާއި އެލަފާއާއެކު ގޮތެއް ނިންމާނެކަމަށް މަބްރޫކް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 އެޕްރީލު 2020 | އަންގާރަ 19:09
މަބްރޫކް އަޒީޒު

މަބްރޫކް އަޒީޒު

ކޮވިޑް-19 މާލޭގައި ފުތުރޭތީ އެކަން ހުއްޓުވުމަށް މާލެ ސިޓީ މިމަހުގެ 30 ގެ ނިޔަލަށް ލޮކްޑައުން ކޮށްފައި އޮތްއޮތުން އިތުރު ކުރުމާމެދު އަދި ގޮތެއް ނުނިންމާކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ފަރާތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ކޮންމެ ރެޔަކު ޑޮކްޓަރުންގެ ޓީމާއި އަދި އެކިއެކި މަސައްކަތްތަކުގައި އުޅޭ ޓީމުތައް އެއީ ސޯޝަލް ކައުންސިލާއި ލޮކްޑައުންގެ ކަންކަން މާލެ ސިޓީގައި ބަލަހައްޓަމުން ގެންދާ ކޮމިޓީގެ މީހުންނާއި އަދި އެންއީއޯސީގެ ތެރޭގައި މަސައްކަތްކުރާ ހުރިހާ ޓީމުތަކެއް ކޮންމެ ދުވަހަކުވެސް ކަންކަމާމެދު މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި ކުރިޔަށް އޮތް ދެ ރޭ މިކަމާއި ގުޅޭގޮތުން ކުރެވޭ މަޝްވަރާތައް އިތުރުވެގެންދާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މިކަމުގައި ޑޮކްޓަރުންގެ ލަފާ ޑޮކްޓަރުން ދެއްވާނެކަމަށާއި އެލަފާއާއެކު ގޮތެއް ނިންމާނެކަމަށް މަބްރޫކް ވިދާޅުވި އެވެ.

ލޮކްޑައުން އުވާލުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑޮކްޓަރ، ޑޮކްޓަރ އިބްރާހީމް އަފްޒަލް މީގެކުރިން ވިދާޅުވެފައިވަނީ ލޮކްޑައުންގެ ހާލަތު އުވައިލެވޭނީ މިހާރު ފެންނަ ކޭސްތައް ކޮންމެވެސް ވަރަކަށް ހައްލުވެގެން ކަމަށާއި ބަލި ރަށްރަށަށް ފެތުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. އަފްޒަލް ވިދާޅުވީ މާލެ ލޮކްޑައުން ކުރުމުން ފެންނަމުން ދަނީ ބެކްލޮގެއް ކަމަށެވެ. މިހާތަނަށް ގިނަ ކޭސްތައް ފެނުނީ މިހާރު ވެސް ހެލިފެލިވެ އުޅޭ މީހުންގެ ތެރެއިން ކަމަށް ވާތީ ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް އަފްޒަލް ވަނީ ވިދާޅުވެފަ އެވެ.

އަދި ރަށްރަށުން ކޭސްތައް ފެންނަމުންދާތީ ލޮކްޑައުން އުވައިލުމުގައި ރަށްރަށަށް ދިމާވެދާނެ ގޮތްތަކަކަށް ވެސް ވިސްނަން ޖެހޭ ކަމަށެވެ. މާލެގެ ލޮކްޑައުން އުވައިލަންޖެހޭ ހާލަތަކަށް އަދި ނުދާ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވެސް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 250 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި

23 ފެބުރުއަރީ 2017
އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު