Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިއްހީ ދާއިރާގައި ހުރި ދަތިތައް

ނައިބު ރައީސް، ސިއްހީ ދާއިރާގައި ހުރި ދަތިތަކާ ގުޅޭގޮތުން އިދާރާތަކުގެ ވެރިންނާ މަޝްވަރާ ކުރައްވައިފި

28 އެޕްރީލު 2020 | އަންގާރަ 12:19

އާންމު އެހެން ބަލިތަކުގެ ބަލިމީހުންނަށް ފަރުވާދިނުމުގެ ކަންކަން ކުރިޔަށްދާ ގޮތް ބެއްލެވި

އަމްނާ އިމާދު
އަމްނާ އިމާދު | 28 އެޕްރީލު 2020 | އަންގާރަ 12:19
ސިއްހީ ދާއިރާގެ މަސައްކަތްތައް ނައިބް ރައީސް ފައިސަލް ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުން

ސިއްހީ ދާއިރާގެ މަސައްކަތްތައް ނައިބް ރައީސް ފައިސަލް ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުން | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ރީޖަނަލް ހޮސްޕިޓަލްތަކާއި، އަތޮޅު ހޮސްޕިޓަލްތަކުގެ އިސްވެރިންނާއި، ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކުގެ ވެރިންނާ ބައްދަލުކުރައްވައި ޞިއްހީދާއިރާގައި މިވަގުތު ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އޮންލައިންކޮށް ބޭއްވި މިމަޝްވަރާ ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ރީޖަނަލް ހޮސްޕިޓަލުތަކާއި، އަތޮޅު ހޮސްޕިޓަލުތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ވަކިން ޚާއްޞަކޮށް މި ދަތި ދުވަސްކޮޅުގައި ކުރިމަތިވާ ދަތިތައް އޮޅުންފިލުއްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން، ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިފައިވާ މި ދުވަސްވަރު ޢާންމު އެހެން ބަލިތަކުގެ ބަލިމީހުންނަށް ފަރުވާދިނުމުގެ ކަންކަން ކުރިޔަށްދާގޮތާއި އަދި ރަށްރަށުގައި ތިބި ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކާއި ތެލެސީމިއާ ކުދިންނާއި، މާބަނޑު އަންހެނުންނާއި އަދި އެނޫން ވެސް ބޮޑެތި ބަލިތަކުގައި ފަރުވާ ބޭނުންވާ މީހުންނަށް ފަރުވާ ދިނުމުގެ އިންތިޒާމު ހަމަޖެހިފައިހުރި ގޮތާބެހޭ މަޢުލޫމާތު ނައިބު ރައީސް ފައިސަލް އޮޅުންފިލުއްވިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ކޮވިޑް-19 ގުޅިގެން އެކިއެކި ފިޔަވަޅުތައް އަޅާފައިވާ މި ދަނޑިވަޅުގައި އެކަންކަން ހުއްޓުމެއްނެތި ކުރިޔަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް ނައިބު ރައީސް ފައިސަލް ވާހަކަފުޅު ދެއްކެވި ކަމަށެވެ. އަދި މި ދަނޑިވަޅުގައި ހުރިހާ ފަރާތްތަކުން ވީހާވެސް ގުޅިގެން އެއްބައިވަންތަކަމާއެކު މަސައްކަތްކޮށް، ރަށްރަށުގައި ތިބި އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިވެދިނުމާއި ކޮވިޑް-19ގެ ބަލީގެ އިތުރުން އެހެންބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ވެސް މިދުވަސްވަރު ޚިދުމަތްތައް މެދު ނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް އަތޮޅު ހޮސްޕިޓަލްތަކުގެ ވެރިންގެ ކިބައިން ނައިބު ރައީސް އެދިވަޑައިގެންނެވި ކަމަށެވެ.

މި ބައްދަލުވުމުގައި ރީޖަނަލް ހޮސްޕިޓަލްތަކާއި، އަތޮޅު ހޮސްޕިޓަލުތަކުގެ ވެރިން ވަނީ ޚާއްޞަކޮށް ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އަޅަންޖެހިފައިވާ ފިޔަވަޅުތަކާއެކު ހޮސްޕިޓަލްތަކާއި، ޞިއްޙީ ޚިދުމަތްތެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ހިއްސާކޮށްފައެވެ. އެގޮތުން އެއްރަށުން އަނެއްރަށަށް ކުރާ ޢާންމު ދަތުރުފަތުރު ހުއްޓާލާފައި އޮތުމުން ޞިއްޙީ ދާއިރާއިން ކުރިން ޢާންމު ދަތުރުފަތުރަށް ބަރޯސާވެ ދެމުންދިޔަ ބައެއް ޚިދުމަތްތައް ދިނުމުގައި ހުރިދަތިތަކާއި، ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭހާއި ބައެއް ތަކެތި ލިބުމުގައި ހުރިދަތިތައް އެބޭފުޅުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީނާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް، އައިޝަތު މުހައްމަދު ދީދީގެ އިތުރުން އާސަންދަ ކޮންޕެނީއާއި، ލޯކަލް ގަވަރަމަންޓް އޮތޯރިޓީގެ އިސްވެރިން ވަނީ އެ އިދާރާތަކުން މިކަމުގައި ކުރައްވާ މަސައްކަތްތަކުގެ ތަފުޞީލުތައް ދެއްވައި ކައުންސިލްތަކާއި، ހޮސްޕިޓާތަކުގެ ވެރިންނަށް ކުރިޔަށްދާންވީ ގޮތުގެ އިރުޝާދު ދެއްވާފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް