Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއަހަރީ އާންމު ޖަލްސާ

އަމާނާ ތަކާފުލްގެ 9 ވަނަ އަހަރީ އާންމު ޖަލްސާ ވަރޗުއަލްކޮށް ބާއްވައިފި

26 އެޕްރީލު 2020 | އާދީއްތަ 07:22

ކުންފުންޏަށް ފައިދާގެ (ޕީ.ބީ.ޓީ – ފައިދާ ޓެކްސް ކެނޑުމުގެ ކުރިން) ގޮތުގައި 14.9 މިލިއަން ދިވެހި ރުފިޔާ ލިބިފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 އެޕްރީލު 2020 | އާދީއްތަ 07:22
އަމާނާ ތަކާފުލްގެ 9 ވަނަ އަހަރީ އާންމު ޖަލްސާ ވަރޗުއަލްކޮށް ބޭއްވަނީ

އަމާނާ ތަކާފުލްގެ 9 ވަނަ އަހަރީ އާންމު ޖަލްސާ ވަރޗުއަލްކޮށް ބޭއްވަނީ

އަމާނާ ތަކާފުލްގެ 9 ވަނަ އަހަރީ ޢާންމު ޖަލްސާ ވަރޗުއަލްކޮށް ބާއްވައިފިއެވެ.

އަމާނާ ތަކާފުލުން ބުނީ އަދުގެ ޙާލަތަށް ބަލައި މަދަނީ ގައިދުރުކަމަށް އިސްކަންދީ ޞިއްޙީ ކުއްލި ޙާލަތުގެ އަސާސްތަކާ އެއްގޮތަށް ޖަލްސާ ވަރޗުއަލްކޮށް ބޭއްވުމަށް ނިންމީ ދުނިޔޭގައި މިއޮތް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އަވަސް މުއްދަތެއްގައި ނިމުމަކަށް އަންނާނެ ކަމަށް ނުފެންނާތީ ކަމަށެވެ.

މި ޖަލްސާ ބާއްވާފައިވަނީ 23 އެޕްރިލް 2020 ވީ ބުރާސްފަތި ދުވަހުގައެވެ. އަދި ޖަލްސާގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާއިތުވި 2019 ވަނަ އަހަރުގެ ފައިދާ ހިއްސާދާރުންނަށް ބަހަން ނިންމާފައެވެ. އެގޮތުން 2019 ވަނަ އަހަރު ކުންފުންޏަށް ފައިދާ (ޕީ.ބީ.ޓީ – ފައިދާ ޓެކްސް ކެނޑުމުގެ ކުރިން) ގެ ގޮތުގައި 14.9 މިލިއަން ދިވެހި ރުފިޔާ ލިބިފައިވެއެވެ. ކުންފުނީގެ ޖުމްލަ ޢާމްދަނީގެ (ގްރޮސް ރިޓްން ޕްރީމިޔަމް) ގޮތުގައި ފާއިތުވި 2019 ވަނަ އަހަރު 138 މިލިއަން ދިވެހި ރުފިޔާ ލިބިފައިވެއެވެ.

ކުންފުނިން 2019 ވަނަ އަހަރު ބަދަލުގެ ގޮތުގައި މުޅި ޖުމުލަ 66.2 މިލިއަން ދިވެހި ރުފިޔާ ކަސްޓަމަރުންނަށް ދީފައިވެއެވެ. މިއީ ފާއިތުވި 2018 ވަނައަހަރާއި އަޅާ ބަލާއިރު 39 އިންސައްތައިގެ އިތުރު ޢަދަދެކެވެ. ބަދަލު ދިނުމުގެ ކަންކަން ފުރިހަމަ ވެފައިވަނީ ކުންފުނީގެ ރީތަކަފުލް ބައިވެރިންނަކީ ބައިނަލްއަޤުވާމީ ރޭޓިންގ އެޖެންސީ ތަކުން ރޭޓްކުރެވިފައިވާ މަތީ ދަރަޖައިގެ ކުންފުނިތައް ކަމަށްވުމާއެކު އެ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާތީ ކަމަށް އެކުންފުނިން ބުނެއެވެ.

2019 ވަނަ އަހަރުގެ އިންޓެރިމް ފައިދާ ވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ބަހާފައެވެ. އަދި މިދިޔަ އަހަރީ ޢާންމު ޖަލްސާގައި ނިންމާފައި ވަނީ 2019 ވަނަ އަހަރުގެ ފައިނަލް ޑިވިޑަންޑް ހިއްސާދާރުންނަށް ބެހުމަށެވެ. 2019 ވަނަ އަހަރުގެ ފައިދާ ބެހުމަށް ނިންމުމާއެކު، މިއީ ޖެހިޖެހިގެން ކުންފުނީގެ ހިއްސާދާރުންނަށް ފައިދާ ބަހަމުންދާތާ 8 ވަނަ އަހަރެވެ.

ހިއްސާ ބެހުމަށް ކަޑައެޅިފައިވާ އުޞޫލުގެ ތެރެއިން ބުކް ކްލޯޝަރ ތާރީޚު ކަމުގައިވާ 16 އެޕްރިލް 2020 ގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައިވާ ހުރިހާ ހިއްސާދާރުންނަށް ފައިދާ ލިބޭނެކަމަށާއި އަމާނާ ތަކާފުލްގެ ކަންކަން ތަރުތީބު ކުރެވިފައިވަނީ ތަކާފުލްގެ މަހްފޫމުގައިވާ ފަދައިން ބައިވެރިންގެ މެދުގައި ހަމަހަމަކަން ދެމެހެއްޓުމާއި، ހުރިހާ ސްޓޭކް ހޯލްޑަރުންގެ މަޞްލަޙަތު ޙިމާޔަތްކުރުމާއި ދެފުށް ފެންނަ ގޮތަށް މުޢާމަލާތް ހިންގުމަށް ކަމަށް އެކުންފުނިން ބުންޏެވެ.

ކުންފުނީގެ އަހަރީ ޢާންމު ޖަލްސާގައި ހިއްސާދާރުން ވަނީ ޑރ. ޢަބުދުﷲ ޝިހާމް ޙަސަން މިނިވަން ޑިރެކްޓަރެއްގެގޮތުގައި އިތުރު އަހަރަކަށް ޑިރެކްޓަރުންގެ ބޯޑަށް ހޮވާފައެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް ހިއްސާދާރުންނަށް ކުންފުނީގެ ފަރާތުން ހިލޭ ޕަރސަނަލް އެކްސިޑެންޓް ކަވަރ ދިނުމަށް އަހަރީ ޢާންމު ޖަލްސާގައި ވަނީ ނިންމާފައެވެ.

އަމާނާ ތަކާފުލް މޯލްޑިވްސްގެ ބޯޑުގައި މިހާރު ތިއްބެވި ޑިރެކްޓަރުންނަކީ ޠައްޔިބު އަކްބަރ ޢަލީ (ޗެއަރމަން)، ހަރީޒް ސުލައިމާން (މެނޭޖިންގ ޑިރެކްޓަރ)، ޑިރެކްޓަރުން – އޮސްމާން ކާސިމް، ދާތޯ މުހައްމަދު ފަޒްލީ ޔޫސުފް، އެމް.އެޗް.އެމް ރަފީޤް، ޑރ. ޢަބުދުﷲ ޝިހާމް ހަސަން، ޢަބުދުﷲ ކާސިމެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

02 އޯގަސްޓު 2017

އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި

02 އޯގަސްޓު 2017
އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި
20 ޖުލައި 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

20 ޖުލައި 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި
18 ޖޫން 2017

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި
08 ޖޫން 2017

އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި

08 ޖޫން 2017
އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި
23 މެއި 2017

ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

23 މެއި 2017
ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި
23 މެއި 2017

އަޔާދީ ތަކާފުލްގެ އޮންލައިން ހިދުމަތް ތައާރަފުކޮށްފި

23 މެއި 2017
އަޔާދީ ތަކާފުލްގެ އޮންލައިން ހިދުމަތް ތައާރަފުކޮށްފި
16 މެއި 2017

އަމާނާ ތަކާފުލްގެ "ކަށަވި" އިންޝުއަރެންސް ޕްރޮޑަކްޓް ލޯންޗްކޮށްފި

16 މެއި 2017
އަމާނާ ތަކާފުލްގެ "ކަށަވި" އިންޝުއަރެންސް ޕްރޮޑަކްޓް ލޯންޗްކޮށްފި
15 މެއި 2017

އަމާނާ ތަކަފުލްގެ ފައިދާ އަދި ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ

15 މެއި 2017
އަމާނާ ތަކަފުލްގެ ފައިދާ އަދި ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ
20 އެޕްރީލު 2017

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ
19 އެޕްރީލު 2017

ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި

19 އެޕްރީލު 2017
ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް