Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19އާ ގުޅިގެން ހާލުގައި ޖެހޭ ފަރާތްތަކަށް އެ

އާރކް އާއި ފެމިލީ ލީގަލް ކްލިނިކް ގުޅިގެން ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދެނީ

25 އެޕްރީލު 2020 | ހޮނިހިރު 13:33

ކާބޯތަކެތީ ފޯރުކޮށްދެނީ ސަރުކާރުން ރިފަރކުރާ ކުޑަކުދިން ތިބޭ އާއިލާތަކަށް

އަމްނާ އިމާދު
އަމްނާ އިމާދު | 25 އެޕްރީލު 2020 | ހޮނިހިރު 13:33
މިހާތަނަށް ކެއާރސްގެ ކާބޯތަކެތީގެ އެހީ 37 ފަރާތަކަށް ފޯރުކޮށްދީފައިވޭ

މިހާތަނަށް ކެއާރސްގެ ކާބޯތަކެތީގެ އެހީ 37 ފަރާތަކަށް ފޯރުކޮށްދީފައިވޭ

ކޮވިޑް-19 ގެ ސިއްހީ ކާރިސާގެ ސަބަބުން ކުޑަކުދިން ތިބޭ އާއިލާތަކަށް ކުރިމަތިވަމުންދާ އިޖުތިމާއީ އަދި އިގްތިސާދީ ދަތިތަކަށް ލުއިތަކެއް ހޯދައިދިނުމުގެ ގޮތުން، ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށް އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް) އާ ފެމިލީ ލީގަލް ކްލިނިކް އިން ޗައިލްޑް އެއިޑް ރިލީފް އިން އިމަރޖެންސީ ސިޓުއޭޝަންސް (ކެއަރސް) އުފައްދައިފިއެވެ.

ކެއަރސްގެ ކާބޯތަކެތީގެ އެހީ ފޯރުކޮށްދެނީ ކާބޯތަކެތި ބޭނުންވާ ކަމަށް ސަރުކާރުން މި ދެ ޖަމްއިއްޔާއަށް ރިފަރކުރާ ކުޑަކުދިން ތިބޭ އާއިލާތަކަށެވެ.

Advertisement - newsAdvertisement

ކެއަރސްއިން ފޯރުކޮށްދޭ ކާބޯތަކެތީގެ އެހީގައި ދެ ބާވަތެއްގެ އެހީ ހިމެނެއެވެ. އެއީ، ކޮންމެ މީހަކަށް ކޮންމެ ދުވަހަކު ދެ ފަހަރު ފޯރުކޮށްދެވޭ ނާސްތާ އާއި ކޮންމެ އާއިލާއަކަށް ފޯރުކޮށްދެވޭ އަސާސީ ކާބޯތަކެއްޗެވެ. އެގޮތުން ކެއަރސްއިން ފޯރުކޮށްދޭ އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ، ހަނޑޫ، ފުށް، މުގު، ކިރު، މަސް ދަޅު، ބިސް އަދި ބައެއް ބާވަތްތަކުގެ ތަރުކާރީ ދަޅެވެ.

މީގެ އިތުރުން ކާބޯތަކެތި ލިބުމަށް ދަތިވެފައިވާ ކުޑަކުދިން ތިބޭ އާއިލާތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ޖެންޑަރ މިނިސްޓްރީގެ އެދުމުގެ މަތިން ކުރަމުންދާ ކަމަށް އާރކްއިން ބުނެއެވެ.

މިފަދަ ދަތި ވަގުތެއްގައި ވެސް ބަނޑުހައިހޫނުކަން ނައްތާލެވޭކަން ކަށަވަރުކުރުމަކީ ކެއަރސްގެ މައިގަނޑު އެއް އަމާޒެވެ.

މި އަމާޒަށް ވާސިލްވުމަށް މި ދެ ޖަމްއިއްޔާއާއެކު ޕާޓްނަރވެފައިވަނީ، ބޭންކް އޮފް މޯލްޑިވްސް، ބީ.އެޗްއެމް ޓްރޭޑަރސް، ދިރާގު، އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް، މިހާރު، ދި އެޑިޝަން، އުރީދޫ މޯލްޑިވްސް އަދި ޔުނިސެފްއެވެ.

ކެއަރސްގެ މިނިވަން އޮޑިޓް ޕާޓްނަރަކީ، ޕްރޫޑަންޓް ޗާރޓަޑް އެލް.އެލް.ޕީ.އެވެ.

މިހާތަނަށް ކެއާރސްގެ ކާބޯތަކެތީގެ އެހީ 37 ފަރާތަކަށް ލިބިފައިވެއެވެ. މި ފަރާތްތަކަކީ ކޮވިޑް-19 އާ ގުޅިގެން އިންތިހާއަށް އިގްތިސާދީ ދަތިކަން ކުރިމަތިވެފައިވާ ފަރާތްތަކެއް ކަމަށްވާއިރު، މީގެ ތެރެއިން ބައެއް ފަރާތްތައް އެއް ދުވަހަށްވުރެ ދިގު މުއްދަތަކަށް ކާބޯއެއްޗެއް ނުލިބި ވޭތުކުރަން ޖެހުނުކަން އާރކްއިން ފާހަގަކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
07 ފެބުރުއަރީ 2017

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް