Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޭޝްފްލޯ އިތުރުކުރަން އިދިކޮޅު މެމްބަރުން އިދިކޮޅު

ކޭޝްފްލޯ އަށް ފައިސާ އިތުރުކުރަން ދެކޮޅު ހަދަނީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އެކަނި!

25 އެޕްރީލު 2020 | ހޮނިހިރު 17:00

އިދިކޮޅު މެމްބަރުން ވިދާޅުވަނީ ކޭޝްފްލޯއަށް 4.2 ބިލިއަށް ރުފިޔާ އިތުރުކޮށްދިނުމަކީ ގޯހެއް ކަމަށް، އިގްތިޞާދު އިތުރަށް ގޯސްވާނެ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 25 އެޕްރީލު 2020 | ހޮނިހިރު 17:00
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ކޮވިޑް-19 އާ ގުޅިގެން އަންނަ އިޤްތިޞާދީ އަދި މާލީ ލޮޅުމާއެކު ދައުލަތުގެ ޚަރަދުތަކަށް ބޭނުންވާ ކޭޝްފްލޯ އިތުރުކުރުމަކީ ގޯހެއްކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ މެމްބަރުން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ހުށަހަޅުއްވާފައިވަނީ ދައުލަތުގެ ކޭޝްފްލޯއަށް 4.2 ބިލިއަން ރުފިޔާ އިތުރުކޮށް، 1 އަހަރު ދުވަހުގެ މުއްދަތަށް ފައިނޭންސް ކޮސްޓެއް ނުހިމެނޭ ގޮތަށް އޯވަރޑްރޯ ކުރެވޭގޮތަށް ހަމަޖައްސާ ދެއްވުމަށެވެ.

Advertisement - newsAdvertisement

މިމައްސަލައަށް ބަހުސް ކުރެއްވި، ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ނައިބު ރައީސް އަހުމަދު ޝިޔާމް އަދި މާވަށު ދާއިރާގެ މެމްބަރު އަދި ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ މިހާރު ދިމާވެފައިވާ އިގްތިޞާދީ މިހާލަތުން އަރަގައިގަންނާނެ ގޮތުގެ ރަނގަޅު ވިސްނުމެއް މިސަރުކާރުގެ ވެރިންގެ ކިބައިގަ ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ދައުލަތުގެ ޚަރަދު ބޮޑުވަމުންދާއިރު އިތުރަށް 4.2 ބިލިއަން ރުފިޔާ އިތުރުކޮށްދިނުމަކީ ގޯހެއްކަމަށްވެސް އިދިކޮޅު މެމްބަރުން ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއާއި ސަރުކާރު ކޯލިޝަން ޕާޓީތަކުގެ މެމްބަރުން ވިދާޅުވީ، މިހާލަތުގައި ސަރުކާރުން ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ކުރުމަށް މަޖިލީހުން ދޭންޖެހޭ އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ. ނަމަވެސް ގިނަ މެމްބަރުން ވަނީ ދައުލަތުގެ ކޭޝްފްލޯ އިތުރުކުރުމަށް ދެވޭ 4.2 ބިލިއަން ރުފިޔާއަށް ވާނުވާ މަޖިލީހުން ބަލަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އެފައިސާ ޚަރަދުކުރެވޭ ކަންކަން މަޖިލީހުން ގާއިމު ކުރާ މެކޭނިޒަމެއްގެ ދަށުން ބެލޭނެ އިންތިޒާމު ހަމަޖައްސުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ގިނަ މެމްބަރުން ފާހަގަކުރެއްވި އެވެ.

ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވިދާޅުވީ، މިވަރުކަމެއް ކުރަން ވަރަށް ކަންބޮޑުވާ ކަމަށާއި ވަކިން ހާއްސަކޮށް ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއަށް ރާއްޖޭގައި ހިންގާފައިވާތީ ކަންބޮޑުވާ ކަމަށެވެ. އަހުމަދު ޒާހިރު ވިދާޅުވީ، މިކަންކުރަން ޖެހޭނީ ވަރުގަދަ މޮނިޓަރިންގ މެކޭނިޒަމަކާއެކު ކަމަށާއި އަދި މަޖިލީހުން މިކަންކަން ބެލެހެއްޓުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލަން ފެންނަކަމަށެވެ.

މިމައްސަލައަށް ބަހުސް ކުރުމާއި، ވީހާވެސް އަވަހަކަށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖަލްސާއެއް އާދިއްތަ ދުވަހުވެސް ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް