Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަސްޓަމަރުންގެ މެދުގައި ތަފާތުކުރުން ގެންގުޅުން

ވިޔަފާރިކުރަން އަންނަ ފަރާތްތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅޭނަމަ ފިޔަވަޅު އަޅަނީ

24 އެޕްރީލު 2020 | ހުކުރު 05:26

ކަސްޓަމަރުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައި

އަމަން ހަލީމް
އަމަން ހަލީމް | 24 އެޕްރީލު 2020 | ހުކުރު 05:26
ބާޒާރު މަތީގައި އޮތް ޕިކަޕަކަށް މުދާ އަރުވަނީ

ބާޒާރު މަތީގައި އޮތް ޕިކަޕަކަށް މުދާ އަރުވަނީ

އެއްވެސް ވިޔަފާރިއަކުން މުދާ ގަންނަން ނުވަތަ ހިދުމަތެއް ލިބިގަންނަން އަންނަ ފަރާތްތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅޭނަމަ ކޮންސިއުމަރ ޕްރޮޓެކްޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.

އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ވިޔަފާރިވެރިންނަށް އިލްތިމާސް ކުރައްވަމުން ރަޖިސްޓްރަރ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް ވިދާޅުވި އެ ވުޒާރާއަށް މިދިޔަ ދުވަސްތަކުގެ ތެރޭގައި ލިބިފައިވާ ޝަކުވާތަކަށް ބަލާއިރު، މުދާ ގަންނަން ނުވަތަ ހިދުމަތެއް ލިބިގަންނަން އަންނަ ފަރާތްތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ވިސާމް އިތުރަށް ވިދާޅުވީ އާންމުންނަށް މިފަދަ އެއްވެސް ކަމެއްގައި ދައްޗެއް ކުރިމަތިވާ ކަމުގައި ވަނީނަމަ، އެ ވުޒާރާއަށް ޝަކުވާ ހުށައެޅޭނެ ކަމަށެވެ. ޝަކުވާ ހުށައަޅަން އީމެއިލްގެ ޒަރިއްޔާއިން ފޮނުވަން ޖެހެނީ consumer@trade.gov.mv އަށެވެ.

ކޮންސިއުމަރ ޕްރޮޓެކްޝަން ގާނޫނު (މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔާތްކުރުމުގެ ގާނޫނު) ގައިވާ ގޮތުން، ނަހަމަގޮތެއްގައި ވަކިފަރާތެއް ތަފާތުކޮށްގެން ނުވާނެ އެވެ. އެ ގާނޫނާ ހިލާފުވެއްޖެނަމަ، އަދަބެއްގެ ގޮތުގައި 500ރ. އާއި 100،000ރ. އާ ދޭތެރޭގެ އަދަދަކުން އެ ވިޔަފާރިއެއް ޖޫރިމަނާ ކުރުމުގެ އިޙްތިޔާރު އިކޮނޮމިކް މިނިސްޓްރީއަށް ލިބިގެންވެ އެވެ.

މިފަދަ ކުށްތައް ތަކުރާރުކުރާ ފަރާތްތަކުގެ ވިޔަފާރި ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް އެ ވިޔަފާރިއެއް ބަންދުކުރުން ނުވަތަ އެ ފަރާތަކަށް ދޫކޮށްފައިވާ ވިޔަފާރި ކުރުމުގެ ހުއްދަ 6 މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ބާތިލްކުރުމުގެ އިޙްތިޔާރު ވެސް މިނިސްޓްރީއަށް ލިބެ އެވެ.

ވިޔަފާރިކުރަން އަންނަ ބައެއް ފަރާތްތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ލިބިފައިވާ ޝަކުވާތަކާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ވިޔަފާރިތަކަށް އިލްތިމާސްކޮށްފައި މިވަނީ، މި ދަނޑިވަޅުގައި މިފަދަ ކަންކަން ކުރާ ކަމުގެ ޝަކުވާތައް ގިނަވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި ބިދޭސީއަކަށް ވީތީ ތަފާތުކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވެސް ބައެއް ޕޯސްޓްތައް ދައުރުވަމުން އެބަދެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް