Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާދަމާވެސް މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

މާދަމާވެސް މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ، ކައުންސިލްތަކުގެ އިންތިހާބާގުޅޭ "ސަންސެޓް ބިލް"އަށް ބަހުސްކުރުން

22 އެޕްރީލު 2020 | ބުދަ 10:51

އަންނަ އަހަރުގެ ޖެނުއަރީ 6 ގެ ކުރިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަންޖެހޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 22 އެޕްރީލު 2020 | ބުދަ 10:51
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "ސަންސެޓް ބިލް" އެއްކަމަށްވާ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބާގުޅޭ ހާއްސަ ބިލަށް ބަހުސް ކުރުމަށްޓަކައި ބުރާސްފަތި ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، މަޖިލީހުން މިވަގުތު ވަރަށް އަވަހަށް ނިންމަންޖެހޭ މުހިއްމު ބިލްތަކެއް އެބަހުރި ކަމަށާއި ކުރައްވަންޖެހޭ މުހިއްމު މަސައްކަތްތަކެއް ވެސް ހުރުމުން ބުރާސްފަތި ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށެވެ.

Advertisement - newsAdvertisement

ބުދަ ދުވަހުގެ ޖަލްސާ ނިންމަވާލެއްވިއިރު، ޖަލްސާގައި ކުރިއަށް ގެންދެވިފައިވަނީ، މަޑުއްވަރީ ދާއިރާގެ މެންބަރު ހުށަހެޅުއްވު ކުއްލި މައްސަލަ، މަޖިލީހަށް ބަލައިގަތުމާއި އެމައްސަލައަށް މެމްބަރުން ބަހުސްކުރުމެވެ.

ކުއްލި މައްސަލައަށް ބަހުސް ކުރެއްވުމަށްފަހު، ބުދަ ދުވަހުގެ ޖަލްސާގައި ވަނީ ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި، "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020" ބިލް މަޖިލީހަށް ހުށަހެޅުމާއި އެބިލަށް ބަހުސް ކުރުމަށް ފުރުސަތު ހުޅުވާލައްވާފަ އެވެ. ނަމަވެސް ބުދަ ދުވަހުގެ މަޖިލީހުގެ ވަގުތު ހަމަވިއިރު، އެބިލަށް ބަހުސް ކުރުމުގެ ފުރުސަތު ދެވިފައިވަނީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އަށް އެކަންޏެވެ.

އެބިލަކީ މަޖިލީހުން ވަރަށް އަވަހަށް ނިންމަންޖެހޭ ބިލެއްކަމަށްވާތީ، މަޖިލީހުގެ ރައީސް ވަނީ ބުރާސްފަތި ދުވަހު އެބިލަށް ބަހުސް ކުރެއްވުން ތާވަލް ކުރައްވާނެ ކަމުގެ އިޝާރާތެއް ކުރައްވާފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާނެ ވަކިދުވަހެއް ކަނޑައެޅުމާއި، އަދި މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހަށް ހަމަވާއިރު، ރަށު ކައުންސިލްތަކުގެ އިދާރާތަށް އޭގެ ފަހުން ހިންގާނެ ގޮތަކާމެދު މަޖިލީހުން ގޮތްތަކެއް ފާސްކުރަންޖެހެ އެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުތަކުގެ ތެރެއިން އެއްބިލަކީ މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު އިތުރުކުރުމަށް، ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ޤަނޫނު)އަށް އިޞްލާޙު ގެނައުމުގެ ބިލެވެ. އެބިލަކީ މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ އުމުރު އިތުރުކުުރުކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ.

ދެން އޮތީ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަޠީފް ހުށަހަޅުއްވާފައިވާ، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020" ބިލް" އެވެ. މިބިލް ހުށަހެޅުމުގެ މަޤުޞަދަކީ މިހާރު ހިނގަމުންދާ ކައުންސިލްތަކަކީ ޤާނޫނުއަސާސީއާއި، ޤާނޫނުގައިވާގޮތުގެމަތީން އިންތިޚާބުކޮށްފައިވާ ކައުންސިލްތަކަކަށްވާއިރު، ޤާނޫނީ ހުސްކަމެއް ކުރިމަތިނުވެ، ޤާނޫނުއަސާސީގެ 230 ވަނަ މާއްދާއިން ލާޒިމުކުރާގޮތުގެ މަތީން ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމެވެ. މި ބިލުގައިވާ ގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަކީ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ދަށުން ލާޒިމުކަމެއްކަމަށްވާއިރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް އަބަދުމެ ހިންގަމުން ގެންދަނީ ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުންކަން ކަށަވަރުކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމުކަމެއްކަމަށްވާތީ އެކަމަށް ހައްލެއް ގެނައުމަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް