Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިދޭސީންނާމެދު އިހުމާލުވުމުގެ މައްސަލަތައް

ބިދޭސީންގެ އަސާސީ ޙައްޤުތަކުން މަހުރޫމުކުރާނަމަ ވެރިފަރާތަށް ޤާނޫނީ ފިޔަވަޅު އެޅުމަށް އެޗްއާރްސީއެމުން ގޮވާލައިފި

22 އެޕްރީލު 2020 | ބުދަ 03:27

އެގޮތަށް އަމަލު ނުކުރާ ފަރާތްތައް ޒިންމާދާރު ކުރުވުމަށް ގޮވާލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 އެޕްރީލު 2020 | ބުދަ 03:27
ރާއްޖޭގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ބިދޭސީންތަކެއް

ރާއްޖޭގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ބިދޭސީންތަކެއް

ރާއްޖޭގައި މަސައްކަތް ކުރުމަށް ގެންނަ ބިދޭސީން އެ ފަރާތްތަކުގެ އަސާސީ ޙައްޤުތަކުން މަޙުރޫމުކުރާނަމަ ވެރިފަރާތާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ގޮވާލައިފިއެވެ.

އެޗްއާރްސީއެމްއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޙާލަތު އިތުރަށް ގޯސްވެފައިވާކަން ކޮމިޝަނަށް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން އެފަރާތްތަކަށް އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދީ، ކެއުންބުއިމުގެ ކަންކަން ހަމަޖައްސައިދިނުމާއި ބަލިވެއްޖެނަމަ ބޭސްކޮށް ދިނުންފަދަ އަސާސީ ޟަރޫރަތްތައް ބިދޭސީން ގެންނަ ފަރާތްތަކުން ފުރިހަމަކޮށްދޭންޖެހޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

އަދި އެގޮތަށް އަމަލު ނުކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅައި، އެ ފަރާތްތައް ޒިންމާދާރު ކުރުވުމަށް އެ ކޮމިޝަނުން ވަނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ. އެގޮތުން ތަފާތު ސަބަބުތަކާހުރެ، ޞައްޙަ ލިޔެކިޔުން ނެތި ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށްވެސް މިދަނޑިވަޅުގައި ފޯރުކޮށްދޭންޖެހޭ އިންސާނީ އަދި އަސާސީ ޙައްޤުތައް ކަށަވަރުކުރުމަށްވެސް ކޮމިޝަނުން ގޮވާލާފައިވެއެވެ.

އޭގެ އިތުރުން، ކޮވިޑް-19 އަކީ ވަކި ޤައުމަކަށް ނުވަތަ ވަކި ނަސްލަކަށް ނިސްބަތްވުމުން ޖެހޭ ބައްޔެއް ނޫންކަން ފާހަގަކުރައްވައި ބަޔާނުގައި އިތުރަށް ބުނީ، ކޮވިޑް-19އާ ގުޅޭ ޚަބަރާއި މަޢުލޫމާތު ރައްޔިތުންނާ ހަމަޔަށް ގެނެސް ދިނުމުގައި އިންސާނީ ޤަދަރާއި އިޙްތިރާމް ހިފެހެއްޓެވުމަށް ނޫސްވެރިންނަށްވެސް އިލްތިމާސްކުރާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ވަރަށް ގިނަ ބިދޭސީން ޙާލުގައި ޖެހިފައިވާކަމަށް އެޗްއާރްސީއެމްއިންވެސް ބުނެފައިވާއިރު، ޙާލުގައި ދިރިއުޅެމުންދާ އެފަދަ ފަރާތްތަކުގެ ފޮޓޯތައް މީސްމީޑިއާގައިވެސް ވައިރަލްވެފައިވެއެވެ.

އެންމެ ހިނގާ

1

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

2

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

3

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

4

އީރާން ހަނގުރާމަ ނިމުނުކަން އިޢުލާނުކުރަން ޓްރަމްޕް ވިސްނަވަނީ

5

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

އިތުރަށް ކިޔާލަން

18 މާރިޗު 2017

ބިދޭސީއަކަށްޓަކައި ގާނޫނުއަސާސީ ބަދަލު ކުރުމަކީ އެންމެ ބޮޑު ޚިޔާނާތް: މައުމޫނު

18 މާރިޗު 2017
ބިދޭސީއަކަށްޓަކައި ގާނޫނުއަސާސީ ބަދަލު ކުރުމަކީ އެންމެ ބޮޑު ޚިޔާނާތް: މައުމޫނު
26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
25 ފެބުރުއަރީ 2017

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
14 ފެބުރުއަރީ 2017

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017
ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް