Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮވިޑް-19އާ ގުޅިގެން އިލްމުވެރިންކުރާ އިލްތިމާސް

އިލްމުވެރިން ކަރުނައާއެކު: "ރޯދަ މަހު ކެތްތެރިކަން އިސްކުރޭ"

21 އެޕްރީލު 2020 | އަންގާރަ 16:51

އަޅުކަން ކުރުން ގިނަ ކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 21 އެޕްރީލު 2020 | އަންގާރަ 16:51
ކޮވިޑް-19 އާއި ގުޅިގެން ޖަމާއަތުގައި ނަމާދުކުރުން ވަނީ މަނާކުރެވިފައި

ކޮވިޑް-19 އާއި ގުޅިގެން ޖަމާއަތުގައި ނަމާދުކުރުން ވަނީ މަނާކުރެވިފައި

ރަހުމަތައިގެން އަހަރެމެންނާ ބައްދަލުކުރާ ބަރަކާތްތެރި ރޯދަ މަސް މިއޮށް ލައިގަތީ އެވެ. އެއީ މުޅި މުސްލިމް އުއްމަތް އެންމެ ލޯބިވާ، އެންމެ އިންތިޒާރުކުރާ މައްސަރެވެ. އެއީ އިޖްތިމާއީ ބައިބައިވުންތައް ގުޅުވައިދޭ މައްސަރެވެ. އެއީ ނިކަމަތިންގެ އިހުސާސްތައް އަހަރެމެންނަށް ކުރެވި، އަހަރެމެންގެ މުށްތައް ދީލަތުގެ ތަޅުދަނޑިއަކުން ހުޅުވައިދޭ މައްސަރެވެ. އެއީ ހެޔޮ ދަރުމަތަކާއި، ހެޔޮ އަމަލުތަކުން ފުރިގެންވާ މައްސަރުވެސްމެ އެވެ.

މި ރޯދަ މަސް އަހަރެމެންނާ ބައްދަލުކުރާއިރު، މުޅި ދުނިޔެ އާއި މިކުޑަކުޑަ ގައުމަށް ކުރިމަތިވެފައިވަނީ ކޮވިޑް-19 އޭ ކިޔުނު ތޫފާނެކެވެ. އެހެންވެ އާއްމު ރޯދަ މަސް މަހާ ބަލާއިރު މި އަހަރު ވަރަށް ތަފާތު ވާނެ އެވެ. އާއްމުކޮށް މި މައްސަރުގައި އަހަރެމެންނާ އެންމެ ގިނައިން ބައްދަލުވާ އެކުވެރިންނަކީ ދީނީ އިލްމުވެރިންނަށްވީނަމަވެސް މި ފަހަރު، އެ ބޭފުޅުންގެ ދާއިރާ އިން ކުރެވޭނެ ކަންކަން މިވަނީ މަދުވެފަ އެވެ.

ލޮކްޑައުންގައި އޮތުމުން ބޮޑު ޖަމާއަތުގައި ނަމާދުކުރުމާއި ތަރާވީހު ނަމާދާއި ދަމުނަމާދު ކުރުމެއް ނޯންނާނެ އެވެ. ރޯދަ ވީއްލަން ބާއްވާ އެއްވުންތަކެއް ވެސް ނުބޭއްވޭނެ އެވެ. މިސްކިތުން ރޯދަ ވީއްލުމުގެ ފުރުސަތެއް ވެސް ނެތެވެ.

ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައިވާތީވެ ދީނީ ވައުޒުތައް ދިނުން ވެސް މިވަނީ ހުއްޓިފަ އެވެ. އަދި ޓީވީ، ރޭޑިއޯ ޕްރޮގްރާމްތައް ތައްޔާރުކުރަންވެސް މިވަނީ ހުރަސްއެޅިފަ އެވެ. އެ އިލްމުވެރިންނަށް ވެސް ރޯދަމަހުގެ މާތްކަމާއި އެމަހު ސަވާބާއި ދަރުމަ ހޯދާނެ ގޮތުގެ ވާހަކަތަކުގެ ބަދަލުގައި ދައްކަން ޖެހިފައިވަނީ މިކަމުން ސަލާމަތްވުމަށް ކުރަންޖެހޭ ކަންކަމުގެ ވާހަކަ އެވެ.

މި ހާލަތާ ބެހޭގޮތުން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުގައި އަލްއުސްތާޒު ނަސްރުﷲ އަލީ ވެސް ވާހަކަދެއްކެވުމަށް އުދަނގޫވެ އަޑުކުރެހިގެންދިޔައެވެ. އިރުކޮޅަކަށް ވާހަކަނުދައްކަވާ ވެސް ހުންނެވިއެވެ. އޭނާގެ އެ ޖަޒުބާތުން، ފާޅުވެގެން ދިޔައީ މި ރޯދަމަހާ ކުރިމަތިލާއިރު ކޮންމެ މުސްލިމެއްގެ ވެސް އިހުސާސްތެކެވެ.

އެހެންވެ މިއީ މުސްލިމުން ކުރިއަށް ބޮޑަށް ހިތްވަރުގަދަކުރަންވީ ވަގުތެވެ. އެގޮތުން ޝެއިޚް ޑރ. މުހައްމަދު އިޔާޒު، ޝައިޚް އަނިލް، ޝެއިޚް އާދަމް ޝަމީމް ފަދަ ދީނީ އިލްމުވެރިން ގެންދަވަނީ ދިވެހި ރައްޔިތުންނަށް ހިތްވަރު ދެއްވާ މިހާލުން އަރައިގަތުމަށް ވީހާ ވެސް ބޮޑަށް އަޅުކަން ކުރުމަށް ގޮވާލައްމުންނެވެ. ދުއާކުރުން ގިނަކޮށް ވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިލްތިމާސްކުރައްވަމުންނެވެ. އަދި ރަމަޟާން މަހު ޖަމާއަތުގައި ނަމާދު ނުކުރެވުނު ކަމުގައި ވިޔަސް މާޔޫސްނުވުމަށާއި، ރަމަޟާންމަހު އަޅުކަން ކުރާނެ ގޮތްތައް ސާފުކޮށްދެއްވަމުންނެވެ.

މިވަބާ ކޮންޓްރޯލް ކުރުމަށްޓަކައި މީހުން އެއްވެ އުޅުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ރަމަޟާން މަހު މުސްލިމުން އެކަކު އަނެކަކާ ބައްދަލުވެ ބާއްވާ އާއިލީ އަދި ރަހުމަތްތެރިންގެ ބައްދަލުވުންތަކާއި އިޖުތިމާއީ ބޮޑެތި ހަރަކާތްތަކަށް މިއަހަރު ނުބޭއްވުނު ކަމުގައި ވިޔަސް މާޔޫސްނުވުމަށް އިލްމުވެރިން އެދެ އެވެ.

އެގޮތުގައި ތިއްބަވާއިރު ސަރުކާރުން ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ޝެއިޚް އަބްދުﷲ ޝައުދާން ގޮވާލެއްވި އެވެ. ރާއްޖެއަށް މިވައިރަސް ފެތުރުގެންދިއަގޮތަށް އަލިއަޅުއްވާލައްވާ ޝެއިޚް ވިދާޅުވީ ބޭރަށް ނުދިއުމަށް ގޭގައި މަޑުކުރުމަށް ސަރުކާރުން ތަކުރާރުކޮށް އެންގި ނަމަވެސް ބައެއް މީހުން ބޯނުލަބާ ބޭރުތެރެއަށް ގޮސް އުޅުނު ކަމަށެވެ.

އެހެންވެ އަހަރުމެން އަމިއްލަ އަތުން ކުރި ކަމެއްގެ ސަބަބުން މުސީބާތް ޖެހިފައިވާ ކަމަށް ވިދާޅުވެ ޝެއިޚް ސައުދާން ވަނީ ދެން ވެސް ސަރުކާރުގެ އެންގުންތަކަށް ތަބާވުމަށް ގޮވާލައްވައިފަ އެވެ.

އިސްލާމުންގެ އެންމެ މާތް ބިންކަމުގައިވާ ހަރަމްފުޅު ހިމެނޭ ގޮތަށް އިސްލާމީ ގިނަ ގައުމުތަކުގައި މިހާރު މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދު ކުރުން މެދުކަނޑާލާފައިވާތީ އެކަމާ ގުޅޭގޮތުން ބްރިޓިޝް މުސްލިމް ކައުންސިލްގެ ޗެއާ ގާރީ އާސިމް ވިދާޅުވީ މިއީ ހުރިހާ މުސްލިމުންނަށް ވެސް ކުރިމަތިވާނެ ބޮޑު ހިތްހަމަނުޖެހުމެއް ކަމަށެވެ. ނަމަވެސް ހިތްވަރު ހިތްވަރު އެލުވާނުލާ ދުއާކުރުން ގިނަ ކުރުމަށް ގޮވާލެއްވި އެވެ.

އާއިލާތައް އެކުއެކީގައި ރޯދަ ނުވީއްލުމާއި، ތަރާވީސް އަދި ދަމުނަމާދު ޖަމާއަތުގައި ކުރުން ހުއްޓާލުމަށް މަޖުބޫރުވެފައިވާތީ ހިތާމަފާޅުކޮށް ޖަރުމަނުގެ ސެންޓަރަލް ކައުންސިލްގެ މުސްލިމްގެ ޗެއަރމަން އައިމަން މަޒޭކް ވިދާޅުވީ މިއަހަރު މުސްލިމުން މިސްކިތެއްގެ ގޮތުގައި ބަލަންޖެހޭނީ ދިރިއުޅެމުންދާ ގެ ކަމަށެވެ. އަދި އާއިލާއެކު ދިރިއުޅެމުންދާނަމަ، އައިލީ މެމްބަރުންނާއެކު ނަމާދުކޮށް ދުއާ ކުރުން ގިނަ ކުރުމަށް އޭނާ އެދިފައިވެ އެވެ.

ރޯދަ މަހަކީ ކެތްތެރިކަމުގެ މައްސަރެވެ. ދުވާލު ވަގުތު ހައިހޫނުކަމުގައި ތިބޭ ތިބުމުގައި އިމްތިހާނުކުރެވެނީ އަހަރެމެންގެ ކެތްތެރިކަމެވެ. މި ރޯދަ މަހު އަހަރެމެންނަށް މި ކުރިމަތިވަނީ އިތުރު އިމްތިހާނެކެވެ. އެއީ ދައްޗާއި ތުރާލާ އެކު ވެސް، މާޔޫސްނުވެ ރޯދަ ހިފައި ﷲ އަށް އަޅުކަމުގައި ދެމިތިބުމުގެ އިމްތިހާނެވެ.

ރޯދަ މަހުގެ އާއްމު އުފާތައް ގުރުބާންކޮށްލަން ޖެހުނު ނަމަވެސް އަހަރެމެންނަށް މާޔޫސްވެގެންނުވާނެ އެވެ. ކުރަންވީކަމަކީ އިލްމުވެރިން އެ ވިދާޅުވާ ފަދައިން، އަޅުކަން ގިނަކޮށް، ދުއާ ކުރުން އިތުރުކޮށް، އަދި ސަރުކާރުން އަންގާ އެންގުންތަކަށް ތަބާވުމެވެ. އޭރުން އިސާހިތަކު ފިތުރު އީދުގެ އުފަލާ އެކު، މިކަމުން އަރައިގަނެވުމުގެ އުފާވެރިކަން ވެސް އަހަރެމެންނަށް ލިބޭނެ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2017

ފާރިސްއާއި މަހުލޫފް: ސިޔާސީ މައިދާނުގައި އަލިގަދަ ދެ ތަރިން

31 ޑިސެމްބަރު 2017
ފާރިސްއާއި މަހުލޫފް: ސިޔާސީ މައިދާނުގައި އަލިގަދަ ދެ ތަރިން
10 ސެޕްޓެމްބަރު 2017

ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

10 ސެޕްޓެމްބަރު 2017
ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ
05 ސެޕްޓެމްބަރު 2017

މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

05 ސެޕްޓެމްބަރު 2017
މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!
25 ޖޫން 2017

ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

25 ޖޫން 2017
ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!
05 ޖޫން 2017

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

05 ޖޫން 2017
ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ
30 މެއި 2017

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

30 މެއި 2017
ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި
26 މެއި 2017

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!
26 މެއި 2017

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!
25 މެއި 2017

ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން

25 މެއި 2017
ކަރާގެ އަގަށް ރަމަޟާން މަހު މާބޮޑު ބަދަލުތަކެއް ނާންނާނެ: ވިޔަފާރިވެރިން
29 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ދީލަތި 10 މަހުޖަނުން

29 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ދީލަތި 10 މަހުޖަނުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް