ރާއްޖޭގައި ތިބި ފަތުރުވެރިން ގައުމަށް ގެންދިޔުމަށް ގަތަރު އެއަރވޭސްގެ ފްލައިޓް އަންގާރަ ދުވަހު ފުރާނެ!
20 އެޕްރީލު 2020 | ހޯމަ 10:26ފުރުހަމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 15:00 ގައި


ރާއްޖޭގައި ތިބި ބޭރުގެ ގައުމުތަކަށް ނިސްބަތްވާ މީހުން ފުރުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދޭ
ރާއްޖޭގައި މިވަގުތު ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އަދި އެހެނިހެން ފަސިންޖަރުން އެމީހުންގެ ގައުމަށް ގެންދިޔުމަށް ގަތަރު އެއަރވޭސްގެ ފްލައިޓް އަންގާރަ ދުވަހުގެ މެންދުރުފަހު ފަހުން ފުރުމަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިމަހުގެ 21ގައި ރާއްޖޭގައި މިވަގުތު ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އަދި އެހެނިހެން ފަސިންޖަރުން އެމީހުންގެ ޤައުމަށް ގެންދިޔުމަށް ޤަތަރު އެއަރވޭސްގެ ފްލައިޓެއް އޭޕްރިލް 21 ވަނަ ދުވަހުގެ މެންދުރުފަހު 15:00 ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިފްލައިޓުން ފުރުމަށް ޓިކެޓް ނަގާފައިވާ ފަސިންޖަރުން އެއަރޕޯޓަށް ދިއުމަށް މިނިސްޓްރީން އަންގާފައިވާ ގޮތަށް އަމަލުކުރުމަށް އެދޭ ކަމަށެވެ. އަދި ފަސިންޖަރުންގެ ފުރިހަމަ މައުލޫމާތު ހޯމަދުވަހުގެ ރޭ 23:59 އަށް މިނިސްޓްރީއަށް ފޮނުވުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިސްޓް ފެސިލިޓީތަކުގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އަދި އެހެނިހެން ފަސިންޖަރުން ފޮރިން މިނިސްޓްރީއާއި ޓޫރިސްޓް ޕޮލިސް ގުޅިގެން އެއަރޕޯޓަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެއްސުމަށް އެދޭ ކަމަށެވެ.
މިހާލަތުގައި، ކަމާގުޅޭ އެންމެހައި އިދާރާތަކުން އަންގާ އެންގުންތަކާއި އެއްގޮތަށް އަމަލުކުުރުމަށް މިނިސްޓްރީން ވަނީ ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސްކުރަމެވެ.





