Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒާތީ މައުލޫމާތު ހާމަނުކުރުމަށް އިލްތިމާސްކުރުން

ކްލަސްޓަރއެއްގެ ފުރަތަމަ ފެންނަ ކޭސްއަކީ ކޭސްގެ ފެށުމެއް ނޫން: ޑރ. ނަޒްލާ

ޑރ. ނަޒްލާ ވިދާޅުވީ އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ ވަރަށް ބޮޑު ކުށެއް ކަމަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 19 އެޕްރީލު 2020 | އާދީއްތަ 17:48
ޑރ. ނަޒްލާ ރަފީގް

ޑރ. ނަޒްލާ ރަފީގް

އެއްވެސް ކްލަސްޓަރއެއްގެ ފުރަތަމަ ފެންނަ ކޭސްއަކީ ކޮންމެހެން ކޭސްގެ ފެށުމެއް ނޫން ކަމަށާއި އެއީ ފުރަތަމަ ދެނެގަނެވޭ ކޭސް ކަމަށް ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ އެއްވެސް ހާލެއްގައި ވަކި މީހަކީ ބަލި ޖެއްސި މީހާކަމަށް ނުވަތަ، ބަލި ގެނައި މީހާހެން ހީވާ ގޮތަށް އެއްވެސް ވާހަކައެއް ދެއްކުމަކީ ރަނގަޅުކަމެއް ނޫންކަމަށެވެ.

Advertisement - newsAdvertisement

އެންމެ ފުރަތަމަ ފާހަގަކުރެވޭ ފަރާތަކީ އަލާމާތްތައް ހުރެގެން އެންމެ ފުރަތަމަ ޑޮކްޓަރަށް ދެއްކި މީހާކަމަށާއި އެންމެ އަވަހަށް ދެނެގަނެވޭނީ ރަނގަޅަށް އަމަލުކުރި ފަރާތް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އަދިވެސް އިންޑެކްސް ކޭސް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ހޯދުނުހާ އަވަހަކަށް އެމައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ޑރ ނަޒްލާ ވިދާޅުވީ، އެބޭފުޅުންނަށް ވެސް ބަލި މީހާގެ މައުލޫމާތު ހާމަކުރެވެނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ގަވާއިދެއް ހަދައިގެން ކަމަށެވެ. ބަލި މީހުންގެ މައުލޫމާތު ގާނޫނުގެ ދަށުން ހާމަކުރެއްވުމުގެ ބާރު ލިބިވަޑައިގަންނަވަނީ ހަމައެކަނި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ.

ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގައި ވާގޮތުން ޞިއްޙީ ޚިދުމަތް ލިބިގަންނަ ފަރާތުގެ ޞިއްޙީ ޙާލަތާއި، އޭނާއަށް ދީފައިވާ ނުވަތަ ދެވޭނެ ފަރުވާ އާއި، އެނޫންވެސް އޭނާގެ ޞިއްޙީ ޙާލަތާއި އޭނާ ލިބިގަތް ޚިދުމަތާ ގުޅުންހުރި އެންމެހައި މަޢުލޫމާތަކީ، ސިއްރު އަދި އިމްތިޔާޒު ލިބިފައިވާ މަޢުލޫމާތެވެ.

އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ ދިހަ ހާސް ރުފިޔާ އާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ. އަދި މިކުށް ތަކުރާރު ކޮށްފިނަމަ ޖޫރިމަނާ ކުރުމުގެ އިތުރުން، އެމީހަކު އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަމަށް ވެސް ގާނޫނުގައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު

ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު

19 މާރިޗު 2017
އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް

އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް

14 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރުން މުޅި ރާއްޖެ ވިއްކާލާފައި ފިއްލަވަފާނެ އިޝާރާތްތަކެއް ދަނީ ފެންނަމުން: ޑރ. ޑީޑީ

ރައީސް ޔާމީންގެ ސަރުކާރުން މުޅި ރާއްޖެ ވިއްކާލާފައި ފިއްލަވަފާނެ އިޝާރާތްތަކެއް ދަނީ ފެންނަމުން: ޑރ. ޑީޑީ

13 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު