Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޮޗެޓީނޯގެ މުސާރަ ކުޑަކުރަން އެދުން

ޕޮޗެޓީނޯ އަށް ދޭން ޖެހޭ މުސާރަ ކުޑަކުރަން އެދިއްޖެ

19 އެޕްރީލު 2020 | އާދީއްތަ 14:22

މި ސީޒަނަށްވާ 8.5 މިލިއަން ޕައުންޑް ޕޮޗެޓިނޯއަށް ޓޮޓެންހަމުން ދޭން ޖެހޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 19 އެޕްރީލު 2020 | އާދީއްތަ 14:22
ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

މިދިޔަ އަހަރު ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗުކަމުން ވަކިކުރި މައުރީސިއޯ ޕޮޗެޓީނޯ އަށް ދޭން ޖެހޭ މުސާރަ ކުޑަކުރަން އެ ކްލަބުން އެދިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ސަބަބުން މާލީ ގޮތުން ޓޮޓެންހަމަށް ވަނީ ވަރަށް ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ފަސް އަހަރަށްފަހު ޓޮޓެންހަމްގެ ކޯޗުކަމުން ޕޮޗެޓީނޯ ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ޓޮޓެންހަމުން އޭނާ ވަކިކުރީ އެހެން ޓީމަކާ އޭނާ ހަވާލުވަންދެން އޭނާގެ މުސާރަ އަށް ވާ ވަކި އަދަދެއް ޓޮޓެންހަމުން ދޭ ގޮތަށް އެއްބަސްވުމަށްފަހު އެވެ. އެގޮތުން ޓޮޓެންހަމުން ޕޮޗެޓީނޯ އަށް މި ސީޒަނަށްވާ 8.5 މިލިއަން ޕައުންޑް ދޭންޖެހޭގޮތަށް ކުރިން އޮތީ އެއްބަސްވެފައެވެ.

އެކަމަކު ކޮވިޑް-19 އާ ގުޅިގެން ޓޮޓެންހަމަށް ލިބޭ މާލީ ގޮންޖެހުންތަކުގެ ސަބަބުން ޕޮޗެޓީނއޯ އަށް ދައްކަންޖެހޭ ފައިސާގެ ވަކި އަދަދެއް މަދުކުރަން އެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޕޮޗެޓީނޯގެ އެސިސްޓަންޓުންގެ ގޮތުގައި މަސައްކަތްކުރި ކޯޗިން ސްޓާފުންނަށް ދޭން ޖެހޭ މުސާރައިގެ ބައެއް ވެސް މަދުކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ޓޮޓެންހަމަށް މާލީ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، އެ ޓީމުން އަލަށް ތަރައްގީ ކުރި ފުޓްބޯޅަ ދަނޑުގެ މަސައްކަތަށް ނަގާފައިވާ އެއް ބިލިއަން ޕައުންޑުގެ ލޯނު އަދި ނުނިމެއެވެ. މި ލޯނުގައި އަދި ބާކީ ނުދައްކާ 637 މިލިއަން ޕައުންޑު އެބަހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެހެންކަމުން މި ލޯނުގެ ބާކީބައި ދެއްކުމަށް، އެޓީމުގެ ފޯވާޑް ހެރީ ކޭން 200 މިލިއަން ޔޫރޯ އަށް ވިއްކާލަން ޓޮޓެންހަމުން އޮތީ ތައްޔާރަށް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މީގެކުރިން ޓޮޓެންހަމުން ވަނީ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް، އެ ކްލަބުގެ 550 މުވައްޒަފުންގެ މުސާރައިން 20 އިންސައްތަ އުނިކުރަން ނިންމާފައެވެ. އަދި މުސާރަ ކުޑަކުރަން އެއްބަސްނުވާ މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ. އެކަމަކު ޓޮޓެންހަމްގެ މި ނިންމުމަށް އެޓީމުގެ ސަޕޯޓަރުން ފާޑުކިޔުމާ ގުޅިގެން އެ ކްލަބުން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

4

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

5

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

އިތުރަށް ކިޔާލަން

08 މާރިޗު 2017

މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި

08 މާރިޗު 2017
މާލޭ ލީގު ޝެޑިއުލްއާ މެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ބައެއް ކޯޗުން ފާޑުކިޔައިފި
05 މާރިޗު 2017

ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ

05 މާރިޗު 2017
ވެލެންސިޔާ އަތުން އެއް ޕޮއިންޓް ލިބުމުން ހިތްހަމަޖެހޭ: ސޮބާ
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
01 މާރިޗު 2017

މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ

01 މާރިޗު 2017
މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ
21 ފެބުރުއަރީ 2017

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ
20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
11 ފެބުރުއަރީ 2017

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް