Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
105 މީހަކަށް އަދަބު ލުއިކުރުން

ޖަލުތަކުގައި ޙުކުމް ތަންފީޒުކުރަމުންދާ 105 މީހަކަށް ރައީސް އަދަބު ލުއިކޮށްދެއްވައިފި

105 މީހަކަށް އަދަބު ލުއިކޮށްދެއްވީ މާޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 18 އެޕްރީލު 2020 | ހޮނިހިރު 15:24
މާފުށި ޖަލު

މާފުށި ޖަލު

ޖަލުތަކުގައި ޙުކުމް ތަންފީޒުކުރަމުންދާ 105 މީހަކަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަދަބު ލުއިކޮށްދެއްވައިފިއެވެ.

ހޯމް މިނިސްޓްރީން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ޖަލުތަކުގައި ޙުކުމް ތަންފީޒުކުރަމުންދާ 105 މީހަކަށް ރައިސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށްދެއްވުމަށް ނިންމެވީ ކޮވިޑް-19ގެ ބިރު ދިވެހިރާއްޖެއަށް އިންތިހާޔަށް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ޖަލުތަކުގައި ބަންދުކޮށްފައި ތިބި ގައިދީންނާއި ބަންދުމީހުންނާއި ދިވެހިރާއްޖޭގެ ޖަލުތައް ބެލެހެއްޓުމާއި ގައިދީންނާއި ބަންދުމީހުންނާ ގުޅުންހުރި ކަންކަމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސިއްޙީ ރައްކާތެރިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން، 105 މީހަކަށް އަދަބު ލުއިކޮށްދެއްވުމުގައި ރިޢާޔަތްކުރައްވާފައިވަނީ މާޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގައި ބަޔާންވެގެންވާހަމަތަކަށާއި، ޙުކުމް ތަންފީޒުކުރަމުންދާ މީހުން ރިހިބިލިޓޭޓްކޮށް އަލުން އަނބުރާ މުޖުތަމަޢަށް ނެރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވެ އެ ޕްރޮގްރާމްތަކުން ނެރެފައިވާ ނަތީޖާއަށްކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ. އަދި ސިއްޙީ ކުއްލި ނުރައްކަލުގެ މިހާލަތުގައި، އަދަބު ލުއިކޮށްދެވުނު މީހުން ދިރިއުޅެން ހުރިތަންތަނުގެ ޙާލަތަށާއި، އެމީހުންގެފަރާތުން މުޖުތަމަޢަށް ނުރައްކާ އޮތް މިންވަރަށާއި އަދި އެ ފަރާތްތަކުން ކޮށްފައިވާ ކުށުގެ ބާވަތަށާއި ވަށައިގެންވާ އެހެންކަންކަމަށް ވެސް ރިއާޔަތް ކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

ހޯމް މިނިސްޓްރީން ބުނީ ޤައިދީންނާއި ބަންދުމީހުން ހިމެނޭހެން، ޖަލުތަކާ ގުޅުންހުރި އެންމެހާ ފަރާތްތަކުގެ ސިއްޙީރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޖަލުތަކުގެ އާބާދީ މަދުކޮށް ތޮއްޖެހުން ކުޑަކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައިކަމާ ގުޅުންހުރި ފަންނީ މާހިރުން ލަފާދީފައިވާކަމަށެވެ.

ސަރުކާރުގެ މި ފިޔަވަޅަކީ އަނިޔާކުރުމާއި ދަށު ދަރަޖައިގެލާއިންސާނީ ޢަމަލުތައް ހުއްޓުވުމާ ގުޅޭ އދ. ގެ ސަބްކޮމިޓީ (SPT) އިން، އަނިޔާކުރުމާއި ދަށުދަރަޖައިގެ ލާއިންސާނީޢަމަލުތައް ހުއްޓުވުމާ ގުޅޭ ބައިނަލްއަޤުވާމީ މުޢާހަދާގައި ބައިވެރިވެފައިވާ ގައުމުތަކަށް ކޮވިޑް-19 ގެ ޙާލަތާ ގުޅޭގޮތުންދީފައިވާ ލަފަޔާއި، އިންޓަނޭޝަނަލް ކޮމިޓީ އޮފް ދި ރެޑް ކްރޮސް (ICRC) އިން ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފްހޯމްއެފެއާޒަށް ކޮވިޑް-19 ގެ ޙާލަތާ ގުޅޭގޮތުން ދީފައިވާ އިރުޝާދުގެ އިތުރުން، މަސްތުވާތަކެއްޗާއި ރާވައިގެން ހިންގާ ބޮޑެތިކުށްތަކާބެހޭ އދގެ އޮފީސް (UNODC) އިން ނެރެފައިވާ ގައިޑްލައިނަށް ރިއާޔަތްކޮށްގެން އެޅި ފިޔަވަޅެއް ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

ހޯމް މިނިސްޓްރީން ވަނީ މި ދަނޑިވަޅުގައި ކަމާ ގުޅުންހުރި ރަސްމީ އިދާރާތަކުގެ އިރުޝާދަށް ބޯލެނބުމަށާއި އެންމެންގެ ސަލާމަތަށްޓަކައި ސިއްޙީ މާހިރުންގެ އިރުޝާދާއެކު ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކަށް ފުރިހަމަޔަށް ތަބަޢަވުމަށް އިލްތިމާސްކޮށްފައެވެ.

ހޯމް މިނިސްޓްރީގެ ނިންމުމާއި ގުޅިގެން ކަރެކްޝަނަލް ސަރވިސް އިން ބުނީ 105 ޤައިދީން، އިއްޔެގެ ނިޔަލަށް މިނިވަންވެފައި ވާތީ އެ ފަރާތްތަށް ގެތަކަށް ގެންގޮސްދީފައިވާކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސަކަށް ހުންނަ މީހަކަށް އުފުލޭވަރުގެ ކަންކަން ހުށަހެޅުމަށް ރައިސް ނަޝީދަށް، ރައިސް ޔާމީނު ގޮވާލައްވައިފި

ރައީސަކަށް ހުންނަ މީހަކަށް އުފުލޭވަރުގެ ކަންކަން ހުށަހެޅުމަށް ރައިސް ނަޝީދަށް، ރައިސް ޔާމީނު ގޮވާލައްވައިފި

05 މެއި 2017
ވަކިމީހަކަށް ސިޔާސީ ގޮތުން ދައްޗެއް ނުކުރަން: އިކޮނޮމިކް ކައުންސިލް

ވަކިމީހަކަށް ސިޔާސީ ގޮތުން ދައްޗެއް ނުކުރަން: އިކޮނޮމިކް ކައުންސިލް

05 އެޕްރީލު 2017
ރަޝިޔާގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތު ރަޝިޔާ މީހަކަށް ކުރެވިއްޖެ

ރަޝިޔާގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތު ރަޝިޔާ މީހަކަށް ކުރެވިއްޖެ

04 އެޕްރީލު 2017
މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

31 މާރިޗު 2017
އިތުރު 14 މީހަކަށް އިންފްލުއެންޒާ ޖެހިއްޖެ

އިތުރު 14 މީހަކަށް އިންފްލުއެންޒާ ޖެހިއްޖެ

22 މާރިޗު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު