Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިފައިންގެ މަސައްކަތް

ސިފައިންގެ މަސައްކަތަށް ޑިފެންސް މިނިސްޓަރުގެ ޝުކުރު

18 އެޕްރީލު 2020 | ހޮނިހިރު 04:25

ކޮންމެ ކަމެއްގައި ވެސް ސިފައިން އެންމެ އިސް ސަފުގައި ހަރަކާތްތެރިވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 އެޕްރީލު 2020 | ހޮނިހިރު 04:25
ސިފައިން އާންމުންނަށް ތަކެތި ޑެލިވަރީ ކުރުމަށް ހަރަކާތްތެރިވަނީ

ސިފައިން އާންމުންނަށް ތަކެތި ޑެލިވަރީ ކުރުމަށް ހަރަކާތްތެރިވަނީ

ކޮވިޑް-19 މި ހާލަތުގައި ސިފައިން ކުރަމުންގެންދާ ބުރަ މަސައްކަތް ފާހަގަކުރައްވާ އެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ޝުކުރު އަދާކުރައްވައިފިއެވެ.

ރާއްޖެޓީވީ އިން ކޮވިޑް-19 އާ ގުޅޭ ގޮތުން ކުރިއަށް ގެންދާ ހާއްސަ ލައިވް ކަވަރޭޖަށް ދެއްވި ފޯން އިންޓަވިއުއެއްގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ ފެސިލިޓީތަކުގައި ވެސް ސިފައިން މަސައްކަތް ކުރަމުންދާ ކަމަށާއި ކޮވިޑް ވިލެޖް ނިންމުމަށްޓަކައި ވެސް 24 ގަޑިއިރު ކަހަލަ ގޮތަކަށް އަވަދިނެތި ސިފައިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ޑިފެންސް މިނިސްޓަރުގެ މަޤާމުގައި މިއަދު ހުންނެވި ނަމަވެސް ދިވެހި ރައްޔިތެއްގެ ހަސިއްޔަތު ސިފައިން ކުރަމުން ގެންދާ މަސައްކަތްތަކަށް ޝުކުރުވެރި ވެވަޑައިގަންނަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ކޮންމެ ހާލަތެއް ނުވަތަ ކާރިސާއެއް ކުރިމަތިވިޔަސް ސިފައިން އަބަދުވެސް އޮންނަނީ ތައްޔާރަކޮށް ކަމަށާއި ކޮންމެ ކަމެއްގައި ވެސް ސިފައިން އެންމެ އިސް ސަފުގައި ހަރަކާތްތެރިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިހާރު ވެސް ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި އެސްޓީއޯގެ ޑެލިވަރީ ހިދުމަތުގައި އަދި ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށްޓަކައި ސިފައިން ހަރަކާތްތެރިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ސިފައިންގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ މާރިޔާ ވާހަކަފުޅު ދައްކަވާފައިވާއިރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ގިނަ އަދަދެއްގެ އާންމުން ރައްޔިތުން ވެސް ދަނީ ސިފައިން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް، އެކަމަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަމުންނެވެ.

ސިފައިންގެ ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތައް އަޅާފައިވާކަން ފާހަގަކުރައްވާ ޑިފެންސް މިނިސްޓަރު ވިދާޅުވީ ސިފައިންގެ ތެރޭގައި އަދި ފްރަންޓް ލައިންގައި ސިފައިން ހަރަކާތްތެރިވަމުންދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަނޑައަޅާ އުސޫލުތައް ޤާއިމުކޮށްފައިވާ ކަމަށެވެ. އަދި އެ އުސޫލުގެ ދަށުން ކަންތައްތައް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ހާލަތުގައި ފުރަންޓް ލައިންގައި މަސައްކަތް ކުރާ ސިފައިން އުޅޭނީ އާއިލާއާ ވަކިންކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ އެ ސިފައިން އާއިލާ ކައިރިއަށްދަނީ ކަރަންޓީންގެ މުއްދަތު ހަމަކުރުމަށްފަހު ކަމަށެވެ.

އާއިލާއާ ދުރުގައި ގިނަ ސިފައިންތަކެއް ބޮޑު ގުރުބާނީއެއްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކަމަނާ ވަނީ ޖުމްލަ ގޮތެއްގައި ހުރިހާ ސިފައިންގެ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
01 މާރިޗު 2017

ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި

01 މާރިޗު 2017
 ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް