Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެއާއި އދ ގެ ގުޅުން

ރައީސް ސޯލިހު އދ. ގެ ސެކްރެޓަރީ ޖެނެރަލްއަށް ގުޅުއްވައި ކޮވިޑް-19 އާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި

ޖަޒީޒާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 އެޕްރީލު 2020 | ބުރާސްފަތި 22:52
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއަށް ފޯނުން ގުޅުއްވައި ކޯވިޑް-19 އާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ މުލިއާގޭގައި ކުރެއްވެވި މި ފޯންކޯލުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މި ނުރައްކާތެރި ބަލިމަޑުކަމާއި ގުޅިގެން ޤައުމީ ފެންވަރުގައި ރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތަކާއި ޢަމަލުކުރަމުން ގެންދާގޮތުގެ މަޢުލޫމާތު ޙިއްޞާކުރައްވައި، މިފަދަ ދަނޑިވަޅެއްގައި އ.ދ. އިން ރާއްޖެއާއި ރާއްޖެ ފަދަ ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީޒާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ބެހޭގޮތުންނާއި އަދި އެފަދަ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އޭގެ އިތުރުން، ރައީސް ސޯލިޙު ވަނީ މާރިޗު 7 ވަނަ ދުވަހު ކޮވިޑް-19 ގެ ފުރަތަމަ ޕޮޒިޓިވް ކޭސް ރާއްޖޭގައި ރިޕޯޓްކުރެވުނު ހިސާބުން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ މަޢުލޫމާތު އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްއާ ޙިއްޞާކުރައްވާފައެވެ. އަދި މާލެ ސަރަޙައްދުން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސް ފެނިފައިވާކަމަށް ވިދާޅުވެ، ސަރުކާރުގެ އެންމެ އިސް އަމާޒަކީ މި ބަލި އިތުރަށް ފެތުރުނަ ނުދީ ހުއްޓުވުންކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ސޯލިޙު ވަނީ ކުދި އަދި މެދު ފަންތީގެ އިޤްތިޞާދުތައް ހިމެނޭ ޤައުމުތަކަށް އެހީތެރިވުމަށް ޤާއިމުކުރި ”ރެސްޕޮންސް އެންޑް ރިކަވަރީ ފަންޑް“ މެދުވެރިކޮށް އ.ދ. ގެ ފަރާތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނާޒުކު އިޤްތިޞާދުތައް ހިމެނޭ ޤައުމުތަކުން ނަގާފައިވާ ދަރަނި އަދާކުރުމަށް ލުއި ގޮތްތައް ހޯއްދަވައިދެއްވުމަށް އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްގެ އިސްނެންގެވުމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ މަރުޙަބާ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު