Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބޭނުން ޖެހިފައިވާ ފަރާތްތަކަށް ޗެލްސީން އެހީވުން

އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ޗެލްސީން 78،000 މީލް ޕެކް ފޯރުކޮށްދެނީ

ކުރިޔަށް އޮތް ހަ ހަފްތާގައިވެސް ބޭނުން ޖެހިފައިވާ ފަރާތްތަކަށް މީލް ޕެކް ފޯރުކޮށްދެމުންދާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 އެޕްރީލު 2020 | ބުރާސްފަތި 16:16
ޗެލްސީގެ ސްޓެމްފޯޑް ބްރިޖް ސްޓޭޑިއަމް

ޗެލްސީގެ ސްޓެމްފޯޑް ބްރިޖް ސްޓޭޑިއަމް

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ޗެލްސީން 78،000 މީލް ޕެކް ފޯރުކޮށްދެން ނިންމައިފި އެވެ.

ޗެލްސީގެ ޗެއާމަން ބްރޫސް ބަކް ވިދާޅުވީ ޗެލްސީ އަކީ އަބަދުވެސް މުޖުތަމައަށް ބޭނުންވާ ކަންކަމުގައި އެހީތެރިވަމުން އަންނަ ކްލަބެއް ކަމަށާއި، ދުނިޔެއަށް މިހާރު ދިމާވެފައިވާ ދަތި ހާލުން އަރައިގަތުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަމަށެވެ. އެހެންކަމުން އިނގިރޭސިވިލާތުގައި ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ ނެޝަނަލް ހެލްތު ސާވިސަސްގެ މުވައްޒަފުންނާއި، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް މަސައްކަތް ކުރަމުން އަންނަ ޗެރީޓިތަކަށް އެހީވުމުގެ ގޮތުން 78،000 މީލް ޕެކް ހަދިޔާކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ބްރޫސް އިތުރަށް ވިދާޅުވީ ޗެލްސީން ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ ހާލަތްތަކުގައި އެހީވަމުން އަންނާނެ ކަމަށާއި، މި ދަނޑިވަޅުގައި ޗެލްސީގެ އޯނަރު ރޯމަން އަބްރަމޮވިޗް އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ނެޝަނަލް ހެލްތު ސާވިސަސްއަށް ބޭނުންވާ އެހީ ފޯރިކޮށްދިނުން ކަމަށެވެ.

ބްރޫސް މިހެން ވިދާޅުވިއިރު، ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގެ އެއް ހޮޓާވެސް ވަނީ ނެޝަނަލް ހެލްތު ސާވިސަސްގެ ބޭނުމަށް ދޫކޮށްފައި ކަމަށެވެ. އަދި ކުރިޔަށް އޮތް ހަ ހަފްތާގައިވެސް ބޭނުން ޖެހިފައިވާ ފަރާތްތަކަށް މީލް ޕެކް ފޯރުކޮށްދެމުންދާނެ ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފައިވާއިރު، ޕްރިމިއާ ލީގުގެ ކްލަބްތަކުން މީގެ ކުރިން ވަނީ ނެޝަނަލް ހެލްތް ސާވިސަސް އަށް 20 މިލިއަން ޔޫރޯ ހަދިޔާ ކުރަން ނިންމާފައެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި

16 ފެބުރުއަރީ 2017
ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި
16 ފެބުރުއަރީ 2017

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު