Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސިންގަޕޯރުގައި ވައިރަސްފެތުރެން ފެށުން

ސިންގަޕޯރުގައި ކޮވިޑް-19 ފެތުރެން ދިމާވި ސަބަބަކީ އެގައުމަށް ހިޖުރަކޮށްފައިވާ މަސައްކަތްތެރިންނަށް ސަމާލުކަންނުދެވުން

ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 1625 މީހުންނަކީ އެގައުމަށް ހިޖުރަކޮށްފައިވާ މަސައްކަތްތެރިން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 16 އެޕްރީލު 2020 | ބުރާސްފަތި 17:56
ސިންގަޕޯރުގައި މަސައްކަތްކުރާ ބަންގްލަދޭޝް އަދި ޗައިނާގެ މަސައްކަތްތެރިން

ސިންގަޕޯރުގައި މަސައްކަތްކުރާ ބަންގްލަދޭޝް އަދި ޗައިނާގެ މަސައްކަތްތެރިން

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ބައެއް ގައުމުތަކުން ކޮންޓްރޯލްކުރުމަށް ކުރަމުންދާ މަސައްކަތްތަކަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިގެންގޮސްފައިވާ އަދި ތައުރީފް ހައްގު މަސައްކަތްތަކެވެ. އެފަދަ އެއް ގައުމަކީ ސިންގަޕޯރެވެ. ޗައިނާގައި ވައިރަސް ފެތުރެން ފެށުމާއެކު އެންމެ ފުރަތަމަ ވައިރަސް ޗައިނާއިން ބޭރުން ފެނުނު ގައުމުތަކުގެ ތެރޭގައި ސިންގަޕޯރު ހިމެނުނުނަމަވެސް އެގައުމުން ވައިރަސް ފެތުރުނަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިންވެސް ތައުރީފް ކޮށްފައިވާ ފިޔަވަޅުތަކެކެވެ.

އެހެންނަމަވެސް ސިންގަޕޯރުން ވައިރަސް ފެތުރުނަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކަކީ އެގައުމުގެ ރައްޔިތުންގެ ތެރޭގައި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެކެވެ. އެގައުމުގައި ކޮންޓެކްޓް ޓްރޭސިންގ ހެދޭގޮތްތަކާއި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކާއެކުވެސް ސިންގަޕޯރުގައި މިފަހަކުން އަންނަނީ ވައިރަސް ޖެހިގެން ގިނަ އަދަދެއްގެ ބަޔަކު ރިޕޯޓް ކުރަމުންނެވެ. އެހެންކަމުން ސިންގަޕޯރުގައި ކުއްލިއަކަށް ވައިރަސް ޖެހޭ މީހުން އިތުރުވެގެން އުޅޭ ސަބަބާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

އޭޕްރީލް މަހުގެ 14 ވަނަ ދުވަހާ ހަމައަށް އާއިރު ސިންގަޕޯރްގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 3،252 އަށް އަރާފަ އެވެ. އޭގެތެރެއިން 1625 މީހުންނަކީ އެގައުމަށް ހިޖުރަކޮށްފައިވާ މަސައްކަތްތެރިންނެވެ. އެގައުމުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން ހާމަކުރާގޮތުގައި ސިންގަޕޯރަށް ހިޖުރަކޮށްފައިވާ މަސައްކަތްތެރިންނަށް ސަމާލުކަންދޭންޖެހޭ ވަރަށް ސަމާލުކަން ނުދިނުމަކީ ވައިރަސް އެމީހުންގެ ތެރޭގައި ފެތުރެން ދިމާވި ސަބަބެވެ.

5.7 މިލިއަން މީހުން ދިރިއުޅެމުން އަންނަ ސިންގަޕޯރްގެ އެކިއެކި ގްރޫޕްތަކާއި މެޑިކަލް އެކްސްޕާޓުން ގެންދިޔައީ އެގައުމަށް ހިޖުރަކޮށްފައިވާ މަސައްކަތްތެރިންގެ ތިންލައްކައަށް ވުރެ ބޮޑު އާބާދީއަށް މިވައިރަސް ފެތުރިގެން ހިނގައިދާނެކަމަށް ބުނަމުންނެވެ. ނަމަވެސް ސިންގަޕޯރްގެ ކަމާބެހޭ ފަރާތްތަކުން މިކަމަށް އެހާބޮޑަށް ސަމާލުކަން ނުދިނުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އެގައުމުގައި ދިރިއުޅެމުންދާ މަސައްކަތްތެރިންގެ ތެރެއަށް ވައިރަސް ފެތުރެމެވެ.

އެކަމަށް ހެކިދޭ ކަންތައްތަކަކީ އެންމެ ފުރަތަމަ ވައިރަސް ކޮންޓްރޯލްކުރުމުގެ ގޮތުން ސިންގަޕޯރުގެ ސަރުކާރުން މާސްކު ބެހިއިރު ގައުމަށް ހިޖުރަކޮށްފައިވާ މަސައްކަތްތެރިން އެކަމުން އިސްތިސްނާކުރުމެވެ. މީގެއިތުރުން މީގެފަހުން އަމަލުކުރުމަށް އެކަށައަޅާފައިވާ އުސޫލުތަކަކީ އެތައް ހާސް ބަޔަކު އެއްތާކު ތިބެންޖެހޭގޮތަށް މަޖުބޫރުވާގޮތަށް ހަދާފައިވާ އުސޫލުތަކަށް ވުމުން އެމީހުންގެ ތެރެއަށް ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑުވެގެންދިޔަ ކަމަށް މިކަން ދިރާސާކުރާ މީހުން ބުނެއެވެ.

ސިންގަޕޯރުގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރާގޮތުގައި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ. އެގޮތުން މީހުންގެ ސާފުތާހިރުކަމަށާއި ، މީހުން ބައްދަލުވެ އުޅުމަށާއި ވައިރަސް ޖެހިފައިވާ މީހުން ދެނެގަތުމުގެ މަސައްކަތްތައް ވަނީ ކުރެވިފަ އެވެ. އަދި އެތައް ހާސް ބަޔަކު ކަރަންޓީނުކުރީ އެމީހުންގެ ތެރެއަަށް ވައިރަސް ފެތުރުނަ ނުދިނުމަށްކަމަށްވެސް ސިންގަޕޯރުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ރޮއިޓަރސް އިން ބުނާގޮތުން ސިންގަޕޯރުގެ ހެލްތު އެންޑް މެންޕަވަރ މިނިސްޓްރީން މިކަންކަމާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބުދީފައެއް ނުވެއެވެ. ނަމަވެސް ކުރިން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން ވާހަކަދެއްކި ކަމަށް ރޮއިޓަރސް އިން ބުނެއެވެ.

ސިންގަޕޯރު ސަރުކާރުން ވަނީ އެގައުމުން ބޭރުން ގައުމަށް އެތެރެވާ ހުރިހާ އެންމެން ކަރަންޓީނުކުރުމަށް ނިންމާފަ އެވެ. ނަމަވެސް އެގައުމުގެ ރައްޔިތުން އަގުބޮޑެތި ހޮޓާތަކުގައި ވަކި ވަކި ރޫމްތަކުގައި ބައިތިއްބާފައިވާއިރު ގައުމަށް އައި އެހެން ގައުމުތަކުގެ މަސައްކަތްތެރިން ބައިތިއްބީ ގިނަ މީހުން އެއް ރޫމެއްގަ އެވެ. އަދި އެރޫމްތަކުގައި ހުރި ފާހާނަތައް ރަނގަޅަށް މަސައްކަތްނުކުރާއިރު ރޫމްތަކުގައި ހުރި ޑަސްބިންތައް ވަނީ ފުރިފަ އެވެ.

އެގައުމުގެ މޭންޕަވަރ މިނިސްޓްރީން ބުނެފައިވަނީ ކަރަންޓީނު ފެސިލިޓީތައް ސާފުތާހިރުކޮށް ބެހެއްޓުމަށާއި ކާބޯތަކެތި ފޯރުކޮށްދިނުމަށް ފުރަތަމަ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވި އެވެ. ނަމަވެސް ފަހުން ހާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރަމުން ގޮސްފައިވާނެކަމަށް މެންޕަވަރ މިނިސްޓްރީން ބުނެއެވެ.

ސިންގަޕޯރުގެ ޕްރައިމް މިނިސްޓަރ ލީ ޝިއެން ލޫންގ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ގައުމާ މުޚާތަބުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ ސިންގަޕޯރުން އެގައުމުގައި އުޅޭ މަސައްކަތްތެރިންގެ އަގު ވަޒަންކުރާ ކަމަށާއި ކަރަންޓީނުގައި އެމީހުން ތިބޭއިރުވެސް އެމީހުންނަށް މުސާރަ ދެމުން ގެންދާނެކަަމަށެވެ.

ސިންގަޕޯރުގައި މަސައްކަތްކުރާ މީހުންނަށް ވައިރަސް ފެތުރިގެން ހިނގައިދާނެތީ އެކަމުގެ ބިރު ސިއްހީ އެކްސްޕާޓުން ވަނީ ކުރިންވެސް ފާޅުކޮށްފަ އެވެ. މީގެކުރިން ސިންގަޕޯރުގައި ފެތުރިފައިވާ މެލޭރިޔާ، ޑެންގީ، ޒިކާ އަދި ޓީބީ ފަދަ ބަލިތައްވެސް މަސައްކަތްތެެރިންގެ ތެރޭގައި ފެތުރިފައިވާ މިންވަރު އިތުރުކަމަށް ވަނީ ދިރާސާތަކުން ދައްކާފަ އެވެ. އެއީ އެމީހުންގެ ދިރިއުޅުމުގެ ހާލަތާއި މަސައްކަތްކުރާ ތަންތަނުގެ ހާލަތުގެ ސަބަބުންކަމަށް އެ ދިރާސާތަކުން ވަނީ އެނގިފަ އެވެ

އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ސީނިއަރ ސްޕެޝަލިސްޓެއް ހާމަކުރާ ގޮތުގައި ކޮވިޑް-19 އެންމެ ފަސޭހައިން ފެތުރޭ މީހުންގެ ތެރޭގައި އެކިގައުމުތަކަށް ހިޖުރަކޮށްފައިވާ މަސައްކަތްތެރިން ހިމެނެ އެވެ. ސިންގަޕޯރުގައި މިފަދަ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން އިޖުތިމާޢީ ގައިދުރުކަން ގެންގުޅެވެން ނެތްކަމަށް ރިޕޯޓްތައް ބުނެއެވެ.

މަސްޖިދު ހަގް ކިޔާ 25 އަހަރުގެ ބަންގްލަދޭޝްގެ މަސައްކަތްތެރިއަކު ބުނިގޮތުގައި ކަރަންޓީނުގައި އޭނާއާއެކު 700 މީހުންތިބިއިރު މިއެންމެން ވަނީ ވައިރަސް އަށް ޕޮޒިޓިވްވެފަ އެވެ. އެހެންކަމުން އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ނާޅައިފިނަމަ އަދިވެސް ސިންގަޕޯރުގައި ވައިރަސް ފެތުރިގެންދިޔުމުގެ ފުރުސަތު އެބައޮތްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދިނުން: ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕަށް ދިމާވި އެންމެ އަނދިރި ވަގުތު

ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދިނުން: ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕަށް ދިމާވި އެންމެ އަނދިރި ވަގުތު

24 ފެބުރުއަރީ 2022
ބަލިވާން މެދުވެރިވި ސަބަބަކީ ކޮބާ؟

ބަލިވާން މެދުވެރިވި ސަބަބަކީ ކޮބާ؟

14 އޮކްޓޯބަރު 2021
ދުވަހަކަށް ޖުލައި 26 ވުމުގެ ސަބަބަކީ ކޮބާ؟

ދުވަހަކަށް ޖުލައި 26 ވުމުގެ ސަބަބަކީ ކޮބާ؟

25 ޖުލައި 2021
ކޮވިޑް19ގެ އުނދަގޫ ހާލަތުގައިވެސް، ވިޔަފާރިތައް ދަމަހައްޓައި ކުރިއަށް ގެންދިއުމަށް ގެންނަންޖެހޭ މުހިއްމު ބަދަލެއް

ކޮވިޑް19ގެ އުނދަގޫ ހާލަތުގައިވެސް، ވިޔަފާރިތައް ދަމަހައްޓައި ކުރިއަށް ގެންދިއުމަށް ގެންނަންޖެހޭ މުހިއްމު ބަދަލެއް

29 އޮކްޓޯބަރު 2020
މައިކްރޯ-ޕްލާސްޓިކް އެންމެ ގިނަ ޤައުމަކަށް ރާއްޖެ - އެއް ސަބަބަކީ ރައްކާތެެރިކަމާއެކު ކުނި ނައްތާ ނުލެވުން!

މައިކްރޯ-ޕްލާސްޓިކް އެންމެ ގިނަ ޤައުމަކަށް ރާއްޖެ - އެއް ސަބަބަކީ ރައްކާތެެރިކަމާއެކު ކުނި ނައްތާ ނުލެވުން!

06 އޯގަސްޓު 2020

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު