Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް ޔާމީނާއެކު ޕީޕީއެމަށް ދިމާވި ނާކާމިޔާބު!

ރައީސް މައުމޫނަށް ފަހު ޕީޕީއެމަށް އިންތިހާބެއް ކާމިޔާބެއް ނުކުރެވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2018 | ހޮނިހިރު 10:17
ޕީޕީއެމްގެ ކޮންގްރެސްގެ ތެރެއިން

ޕީޕީއެމްގެ ކޮންގްރެސްގެ ތެރެއިން

ޕީޕީއެމްގެ ހިންގުން އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް އަތްޕުޅުން ޕީޕީއެމް ޖަހައިގަނެ، ޕާޓީގެ ހިންގުން ޕާޓީގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މުށުތެރެއަށް ގެންނަވައި، މިވޭތުވެދިޔަ ދުވަސްތަކުގައި ސަކަރާތްކެއް ވަނީ ޖަހާފަ އެވެ. ސިޔާސީ ގޮތުން ބޮޑު ކާމިޔާބެއް ލިބިފައިނުވާއިރު، ޕާޓީގެ މިހާރުގެ ލީޑަރޝިޕާމެދު އެޓީގެ ކައުންސިލް މެމްބަރުންގެ އިތުރުން އެޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީގެ ބައެއް މެމްބަރުންވެސް ގެންދަވަނީ ފާޑު ވިދާޅުވަމުން ނެވެ.

އެނގޭ އެއްޗަކީ ޕީޕީއެމް އުފެދިގެން އައީ ވަރަށް ކާމިޔާބު ޕާޓީއެއްގެ ގޮތުގައި ކަމެވެ. އެގޮތުން އެޕާޓީ ވުޖޫދުވިފަހުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް ކާމިޔާބު ކުރެއްވި ކަމެވެ. އޭރު ޕާޓީގެ ރައީސަކީ ރައީސް މައުމޫން އެވެ. ޕާޓީގެ ލީޑަރޝިޕްގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަދި ކުޑަ ދުވަސްކޮޅަކަށް ނާއިބު ރައީސްކަންކުރެއްވި އަހުމަދު އަދީބުގެ ދައުރުވެސް ވަކި ކުޑައެއް ނޫނެވެ. މުސްތަޝާރު ރައީސް ޔާމީންގެ ދައުރު އެހާބޮޑަކަށް ފެންނަމުންނެއް ނުދެއެވެ. އެމަނިކުފާނަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް ކެމްޕެއިންގައި އުޅުއްވާތަން ފެނުނީ ރައީސް މައުމޫން އާއި ރަނިންގމޭޓް ޑރ، މުހައްމަދު ޖަމީލު އަހުމަދު އެވެ. އެހެންވީމައި ޕީޕީއެމްގެ ކާމިޔާބާއި ގުޅިފަވައިނީ ރައީސް މައުމޫނާ އެވެ.

ނަމަވެސް ޕީޕީއެމްގެ މިއަދުގެ ހާލަތު ވަރަށް ތަފާތެވެ. ވަރަށް ނިކަމެތި ވެއްޖެ އެވެ. ގޮތް ހުސްވެއްޖެ އެވެ.

ރައީސް މައުމޫންގެ އަތްޕުޅުން ޕީޕީއެމްގެ ބާރުތައް ނަގައި އަދި ނުވިތާކަށް ޕާޓީންވެސް ވަކިކުރައްވައި، ރައީސް ޔާމީންގެ މުށުތެރެއަށް ޕާޓީގެ ބާރުތައް ޖަމާކުރައްވައިގެން ހުންނެވިއިރު، ޕާޓީދަނީ ދުވަހަކަށްވުރެ ދުވަހެއް ނިކަމެތި ވަމުންނެވެ. ސިޔާސީ ޕާޓީތަކުން އެންމެ އިސްކަމެއް ދީގެންކުރާ އެއްކަމަކީ ބާއްވާ އާއްމު އިންތިހާބުތަކުގައި ވާދަކުރުމާއި ކާމިޔާބު ކުރުމެވެ. ސިޔާސީ ޕާޓީއެއްގެ ކާމިޔާބުކަން މިނެކިރާ އެއްޗަކީވެސް އިންތިހާބުތަކުގައި ވާދަކޮށް ކާމިޔާބު ކުރެވޭ ގޮނޑިތަކުގެ އަދަދެވެ.

ޕީޕީއެމްގެ ބާރުތައް ރައީސް މައުމޫންގެ އަތްޕުޅުން ނެންގެވުމަށްފަހު، ޕީޕީއެމުން ވާދަކުރި އިންތިހާބުތަކުން ވަނީ ބޮޑު ނާކާމިޔާބުތަކާ ކުރިމަތިލާންޖެހިފަ އެވެ. އެގޮތުން ރައީސް މައުމޫން ދުރުކޮށް، ވާދަކުރި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ވަނީ ބޮޑުތަނުން ފެއިލް ވެފަ އެވެ. މާލޭސިޓީއާއި އާއްޑޫ ސިޓީ ކައުންސިލުން އެންމެ ގޮނޑިއެއްވެސް ލިބިފައެއް ނުވެއެވެ. ފުވައްމުލަކު ސިޓީން ލިބިފައިވަނީ އެންމެ ގޮނޑި އެވެ. އަދި ރަށު ކައުންސިލްތަކައި އަތޮޅު ކައުންސިލްތަކުން ސަރުކާރު ހިންގާ ޕާޓީގެ ގޮތުގައި އޮވެ، ބޮޑުތަނުން ވަނީ ފެއިލް ވެފަ އެވެ. ސަރުކާރާއި ޕީޕީއެމް ފެއިލްވެފައިވާ މިންވަރު ހާމަކޮށްދޭ އެއް އިންތިހާބަކީ، ވޯޓު ލުމުގެ ހައްގުލިބިފައިވާ 300 އެއްހާ މީހުން ދިރިއުޅޭ ބ. ކަމަދޫގައި އޮތް ބައި-އިލެކްޝަނެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ލިބުނު ނާކާމިޔާބީ އެވެ. މުޅި ސަރުކާރުން އެރަށަށް ގޮސް ކެމްޕެއިންކޮށް، އެމްޑީޕީގެ ކެންޑިޑޭޓް ފަހަތަށް ނުޖެއްސުނެވެ.

ދެން މިފެނުނީ ރިޔާސީ އިންތިހާބެވެ. ރީތި ވެއްޖެ، ދެއްތޯ އެވެ. އަޑަށް ބާރުލާފައި ރައީސް މައުމޫން ނެތަސް ތިމަންނާމެން އިންތިހާބުތައް ކާމިޔާބު ކުރާނަމޭ، ރައީސް ޔާމީނަކީ ފިސާރި ލީޑަރެކޭ، ނިހާނުމެން ވިދާޅުވަމުން ގެންދަވާއިރު، ރިޔާސީ އިންތިހާބުވެސް އެދިޔައީ "ޗޮކުން" ނެވެ. އަދުރޭ އެވެ، ތިބޭފުޅުންގެ ލީޑަރާއެކު އިންތިހާބެއް ކާމިޔާބު ކުރަން ބޭނުންނަމަ ފުރަތަމަ "ވެލާ"ގެ އުސޫލު ދުކޮށްލަން ޖެހެއެވެ. ވެލާ ބިސްއަޅަން އަރަނީ ދެފަސް ބެދޭ ހިސާބަށެވެ. ބިސް އެޅުމަށްފަހު ރަށުން ފައިބައިގެން އެސޮރު ދަނެ އެވެ. ރައީސް ޔާމީން މި ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރަށަކަށް ވަޑައިގެން ކެމްޕެއިނެއް ކުރެއްވިތޯ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ބައެއް ރަށްތަކަށް ވަޑައިގެންނެވި ނަމަވެސް ވަޑައިގެންނެވީ ދެފަސް ބެދޭ ހިސާބަށް އެކަންޏެވެ. ރައްޔިތުން އުޅޭ ހާލެއް ބައްލަވާ ނުލައްވާ، ގޭގެއަށް ވަދެލައި، ރައްޔިތުންނާ ބައްދަލުކޮށްލައި، ހާލު އަހުވާލު ބަލާލުމެއްނެތި، "ރިބަންފަށް" ކަނޑާލައިފައި، އިދިކޮޅު ލީޑަރުންނަށް "ސިއްގާއެއްގެ ރުޅިގަނޑު ދައްކައި، ހަބޭހަށް ބަވާލާފައި" ރަށުން ފައިބާވަޑައިގެންނެވިއިރު، ވޯޓެއް ދެށޭ ބުންނަވެސް ލަދުގަންނަން ޖެހެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރުމުގައި އިދިކޮޅު ފަރާތްތަކަށް ދައުލަތުގެ މުއްސަސާތަކުން ޖެއްސުން ކުރަމުންދިޔައިރު، ސަރުކަރު ހިންގާ ޕީޕީއެމުން ދިޔައީ ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުން ކުރަމުން ނެވެ. ނުވިތާކަށް މަޖުބޫރު ކުރުވައިގެން މީހުން ލައްވާ މަސައްކަތް ކުރުވުމާއި ޖަލްސާތަކަށް މީހުން ގެއްދިއުން އެއީ އާވާހަކަތަކެއް ނޫންނެވެ. މުޅިދައުލަތް މުށުތެރެއަށް ލައްވައިގެން ބޭއްވި ރިޔާސީ އިންތިހާބު ބޮޑުތަފާތަކުން ބަލި ވުމަކީ ރައީސް ޔާމީންގެ ލީޑަރޝިޕް ނެތްކަން ދޭހަވާ ކަމެވެ. މީގެކުރީގައި ހިންގާފައިވާ ކަންކަމަށް ބަލާލިޔަސް އެމަންޒަރު ފެނެ އެވެ. އެންމެ ދުވަސްވީ އެކުވެރިންނަށް ލަނޑު ލިބިފައިވާއިރު، ފަހުގެ ރަހުމަތްވެރިންވެސް ލަނޑުލިބި، ބައެއް މީހުން އެވަނީ ޖަލުގަ އެވެ. މިހާރު ރައީސް ޔާމީންގެ އަރިހުގައި ތިއްބެވީ އަދުރޭއާއި ނިހާނާއި ޒަމީރު އެވެ. ޒަމީރަކީ ވެސް އެއް އިރެއްގައި ދުރުކޮށްފައި ބެހެއްޓެވި ބޭފުޅެކެވެ. ޒަމީރު ޕީޕީއެމަށް ގެންނެވީވެސް ރައީސް މައުމޫން ކަމަށް ވެއެވެ.

ރައްޔިތުން ބަލަން މިތިބީ ދެން ޕީޕީއެމަށް ވާނެ ގޮތަކާމެދުގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު