Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މިނިވަން ދުވަސް

ދުވަހަކަށް ޖުލައި 26 ވުމުގެ ސަބަބަކީ ކޮބާ؟

އިނގިރޭސީންގެ ހިމާޔަތް އިޚުތިޔާރުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ 1887 ގައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 25 ޖުލައި 2021 | އާދީއްތަ 08:02
ދިވެހިރާއްޖެއާއި އިނގިރޭސި ސަރުކާރާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން

ދިވެހިރާއްޖެއާއި އިނގިރޭސި ސަރުކާރާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން

ޑިސެމްބަރު 16, 1887 ގައި ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. އެއީ ރާއްޖޭގެ މިނިވަންކަން ގެއްލި އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިޔަ އެއްބަސްވުމެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ ރަދުން ސުލްޠާން މުހައްމަދު މުއީނުއްދީން ދެވަނައެވެ. އިނގިރޭސިންގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރު ސަރ އޭ އެޗް ގޯޑަންއެވެ.

އެއްބަސްވުމުގައި ވާގޮތުން ރާއްޖޭގެ ޚާރިޖީ ކަންކަން ހިނގާނީ އިނގިރޭސި ދައުލަތް މެދުވެރިކޮށްގެންނެވެ. އަދި ރާއްޖޭގައި އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް ގާއިމްކުރުމުގެ ބާރުވެސް އެމީހުންނަށް ލިބެއެވެ. އެހެންނަމަވެސް ރާއްޖޭގެ ދާޚިލީ ކަންކަމާ ނުބެހޭނަމޭ އޮވެއެވެ. އެދުވަހަށްފަހު އެކި ސިފަސިފައިގައި ރާއްޖޭގެ މައްޗަށް އިނގިރޭސީން އައީ އަތްގަދަ ކުރަމުން ކަރަށް ފިތަމުންނެވެ.

ހިމާޔަތުގެ އެއްބަސްވުމާއި މިނިވަންކަމުގެ އެއްބަސްވުމާއި ދޭތެރޭގައި ފާއިތުވެގެންދިޔަ 77 އަހަރުގެ ތެރޭގައި ލައްކަ ގިނަ ކަންކަން ވަނީ ހިނގައިފައެވެ. އެދޭތެރޭގައި އިތުރު އެއްބަސްވުންތަކެއްގައި ސޮއިކޮށް އެއަށްވެސް އަމަލުކޮށްފައިވެއެވެ. މިގޮތުން 1953 ވަނަ އަހަރު ވެވުނު އެއްބަސްވުމާއި، 1956 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްވެސް ފާހަގަކޮށްލެވެއެވެ. އޭގެ ފަހުން 1960 ވަނަ އަހަރު ވެސް އައު އެއްބަސްވުމަކަށް ގޮސްފައިވެއެވެ. ކުރީގެ އެއްބަސްވުންތަކުގައި ދިވެހިން ހިތްހަމަ ނުޖެހޭ ކަންކަން ހުރެގެން އޭރު ބޮޑުވަޒީރުކަމުގައި ހުންނެވި އިބްރާހިމް ނާސިރު ވަނީ އެކަންކަން ބަދަލުކުރަން ބޭނުންކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.  

ރާއްޖެއާ އެހެން ގައުމުތަކާ ދެމެދު ޚާރިޖީ ގުޅުންތައް ބޭއްވުމުގެ މިނިވަންކަން ހޯދުމަށް ނާސިރު މަސައްކަތް ކުރައްވާފައިވެއެވެ. މިކަމަށް އެކި ފެންވަރުގެ ބައްދަލުވުންތައް ބާއްވަވައި، ރާއްޖޭގެ ހަގީގީ މިނިވަންކަން އަނބުރާ ހޯއްދަވައިދެއްވުމަށް ވެސް އެމަނިކުފާނު އެތައް މަސައްކަތެއް ކޮށްދެއްވިއެވެ. މި މަސައްކަތްތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ އިނގިރޭސިން ރާއްޖޭގެ މިނިވަންކަން އަނބުރާ ދިނުމަށް އެއްބަސްވުމެވެ. ދިވެހިރާއްޖެ މިނިވަންވުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ.

މި އެއްބަސްވުމާއެކު ރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ސިޔާދަތީ ދައުލަތެއް ކަމުގައި ވިއެވެ. ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްތަކުން ވެސް ބައިނަލްއަގުވާމީ ޖަމާއަތްތަކާ ސީދާ ގުޅުން ހިންގުމުގެ ބާރު ރާއްޖެއަށް ލިބުނެވެ. މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރީ 26 ޖުލައި 1965 ވަނަ ދުވަހުގެ ހެނދުނު ރާއްޖެ ގަޑިން 10:00 ގައި ކޮޅުނބުގައި ހުންނަ އިނގިރޭސި ދައުލަތު ހައިކޮމިޝަނުގައެވެ.

ރާއްޖޭގެ ފަރާތުން މިއެގްރީމެންޓްގައި ސޮއިކުރެއްވީ ބޮޑުވަޒީރު އިބްރާހީމް ނާސިރެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްރީލަންކާގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރ އެވެ. ކޮންމެ އަހަރެއްގެވެސް ޖުލައި 26 ވަނަ ދުވަސް ޚާއްސަ ދުވަހަކަށް ވާ ސަބަބަކީ މިއީއެވެ. އެތައް އަހަރަކަށްފަހު ރާއްޖެއަށް އިނގިރޭސިންގެ އަތްދަށުން ސަލާމަތް ވެވި، ފުރިހަމަ މިނިވަންކަން ލިބުމުގެ އަހުދުނާމާގައި ސޮއިކުރީ އެދުވަހު ކަމަށް ވުމުންނެވެ.

މިހިސާބުން އުފެދޭ ސުވާލަކީ މިދުވަހަކީ އިރުވަރު ބަލައިގެން ދުރާލާ ތައްޔާރުވެގެން އިޚުތިޔާރު ކުރެވުނު ދުވަހެއްތޯއެވެ. މީގެ ޖަވާބުގައި ތާރީޚީ އިލްމުވެރިން ވިދާޅުވަނީ ނޫނެކޭއެވެ. އެކަހަލަ ތައްޔާރުވުމެއް އިޚުތިޔާރު ކުރުމެއް އިރުވަރު ބެލުމެއް ނެތްކަމުގައެވެ. އެކިދުވަހު އެކިކަންކަން ފުރިހަމަ ވަމުން އައިސް އެގްރިމަންޓުގައި ސޮއިކުރެވޭވަރުވީ ދުވަހަކަށް ޖުލައި ސައްބީސްވީ އެވެ.

މިނިވަންކަން ހޯދުމުގެ މަޝްވަރާތައް މާކުރީގައިވެސް އައީ ކުރެވެމުންނެވެ. އެކަމަށްޓަކައި ރާއްޖެއިން ޓީމެއް އެކުލަވާލައި އެ ޓީމު އޮތީ ކޮޅުނބުގައި ގާއިމްވެގެންނެވެ. ދެފަރާތުގެ މަޝްވަރާތަކަށްފަހު މިނިވަންކަމުގެ ލިޔުންވެސް މާކުރީގައި އޮތީ ތައްޔާރުކޮށް ނިމިފައެވެ. ބާކީއޮތީ އޭގައި ސޮއި އަޅާލުން އެކަންޏެވެ. ރާއްޖޭގެ ތަޚުތުގައި އިންނެވީ ސުލްތާން މުހައްމަދު ފަރީދު އެއްވަނައެވެ. އެރަދުންނަށްވެސް ސޮއިކުރެއްވިދާނެއެވެ. ބޮޑުވަޒީރު އިބްރާހިމް ނާސިރަށްވެސް ރަދުންގެ އިޒުނަޔާއެކު އެރަދުންގެ ފަރާތްޕުޅުން ސޮއިކުރެއްވިދާނެއެވެ.

ކޮންމެއަކަސް ނާސިރު އާގުުބޯޓެއްގައި ކޮޅުނބަށް ވަޑައިގެންނެވީ ބޭސް ކުރެއްވުމަށާއި އެފަދަ އެނޫންވެސް ސަބަބުތަކަށްޓަކައި ކަމަށް ވިދާޅުވެފައެވެ. ނާސިރު އެކުރެއްވި ކަމެއް ކުރެއްވުމަށްފަހު އިނގިރޭސީންނަށްވެސް ސޮއިކުރާން ފަސޭހަ ދުވަހެއްގައި އިނގިރޭސި ހައިކޮމިޝަނަށް ވަޑައިގެން އެގްރިމެންޓްގައި ސޮއިކުރައްވައިފިއެވެ. ސޮއިކުރެއްވި ގަލަންކޮޅު ނާސިރު ދެއްވީ އޭރު ދިވެހި ސަފީރެއްގެ ގޮތުގައި މި އެގްރިމެންޓްގެ ޑްރާފްޓިންގެ މަސައްކަތްވެސް ކުރެއްވި އަބްދުއްސައްތާރު މޫސާދީދީއަށެވެ. ވަރަށް ތާރީޚީ ވަރަށް މުހިއްމު ކަމެއްގެ ދުވަހާއި ވަގުތު ހަމަޖެހިގެންދިޔައީ ވަރަށް ކެޝުއަލް ގޮތަކަށް ނާސިރުގެ ޝެޑިއުލް ތަންދިން ގޮތެއްގެ މަތިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

15 ޖޫން 2017
ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

10 ޖޫން 2017
ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

09 ޖޫން 2017
ޖަވާބްދާރީ ވުމުގެ ފުރުސަތު ދިނުމުގައި ރައީސް ޔާމީން ވަރެއް ނެތް

ޖަވާބްދާރީ ވުމުގެ ފުރުސަތު ދިނުމުގައި ރައީސް ޔާމީން ވަރެއް ނެތް

04 ޖޫން 2017
ފުލުހުންގެ ތަސައްވަރު ދުވަހެއް ދުވަހަކަށް ގޯހުން ގޯހަށް!

ފުލުހުންގެ ތަސައްވަރު ދުވަހެއް ދުވަހަކަށް ގޯހުން ގޯހަށް!

21 މެއި 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު