Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ރާއްޖެއިން ކޮވިޑް19 ފެނުނުތާ 100 ދުވަސް: ކުރެވުނީ ކާމިޔާބު މަސައްކަތެއް

ފުރަތަމަ ކޭސް ފެނުމުގެ ކުރިން ދިޔައީ ބައިނަލްއަގްވަމީ ޖަމިއްޔާތަކުގެ ލަފާ ގާތުން އަޑުއަހަމުން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް, ރާއްޖެ އެމްވީ | 15 ޖޫން 2020 | ހޯމަ 11:35
މާލެ ސަރަހައްދުގެ ހަރުކަށި ފުރަބަންދުގެ ދުވަސްވަރު މަގުމަތުން ނަގާފައިވާ މަންޒަރެއް

މާލެ ސަރަހައްދުގެ ހަރުކަށި ފުރަބަންދުގެ ދުވަސްވަރު މަގުމަތުން ނަގާފައިވާ މަންޒަރެއް

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ދުނިޔޭގެ އެކި ގައުމުތަކުގައި ނުރައްކާތެރި އާ ވައިރަހެއް ފެތުރި ގިނަ ބަޔަކު ބަލިޖެހިގެން މަރުވަމުންދާކަމުގެ ހަބަރު ބައިނަލްއަގްވާމީ މީޑިއާތަކުގެ ފަލަސުރުހީތަކެއް އެރިއެވެ. ހާސްކަމާއި ނުތަނަވަސްކަން ހުރިހާ ކަންކޮޅުތަކެއްގައި ފެނިގެން ދިޔައިރު، ގޮތްނޭނގޭ ވައިރަހަށް އެއްވެސް ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ބަލިޖެހޭ މީހުންގެ އަދަދު ލައްކައަކަށް އަރައިގެން ދިޔައެވެ. ގައުމުތަކުގެ އިގްތިސާދު ފުނޑުފުނޑުވެ، ކުންފުނިތައް ބަނގުރޫޓުވެ އެތައް ބަޔެއްގެ ވަޒީފާ ގެއްލުނެވެ.

އެއިރުއްސުރެން ރާއްޖެއިން އައީ މިކަމަށް ވެވެން އޮތް ތައްޔާރީއެއް ވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރާއްޖޭގެ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް މީހުން ޕޮޒިޓިވް ވެދާނެކަމުގެ ބިރާއިއެކު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ފެށިއެވެ. ބިރުވެރިކަމާއި ނުތަނަވަސްކަން ފެތުރިފައިވާ ދަނޑިވަޅުގައި ރައްޔިތުންނަށް ކުއްލި ސިހުމެއް ގެނުވީ މާރޗް މަހުގެ 7 ވަނަ ދުވަހު ރާއްޖެއިން ކޮވިޑް-19ށް ދެ މީހަކު ޕޮޒިޓިވްވި ހަބަރާއި އެކުގައެވެ. ކުރެއްދޫ ރިސޯޓުން ފެނުނު ކޭސްއާއި ގުޅިގެން ކުރިން އަޅާފައިވާ ހުރި ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، ބަދަލުވަމުންދިޔަ ހާލަތާ އެކަށީގެންވާ ވަރުގެ ފިޔަވަޅުތަކެއް އެޅިއެވެ.

ކޮވިޑް-19އަށް ރާއްޖެއިން 2 މީހަކު ޕޮޒިޓިވްވިކަން ސަރުކާރުން އިޢުލާނުކުރިތާ މާގިނައިރުތަކެއްނުވެ މުލީއާގޭގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައި ސަރުކާރުން އެންމެ ފުރަތަމަ ވެސް އަހަންމިއްޔަތުކަން ދެއްވީ ރައްޔިތުންނާ ހަމައަށް މި ޚަބަރު ގެނެސްދެއްވައި، ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދެއްވުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުން ކަންބޮޑުނުވެ، ސަރުކާރުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް އިލްތިމާސް ކުރެއްވިއެވެ. ފުރަތަމަ ދުވަހުއްސުރެން ރައީސް ގެންދެވީ ދެން އަޅުއްވަން ޖެހޭ ފިޔަވަޅުތަކާއި ބެހޭ ގޮތުން ގައުމީ ޓާސްކް ފޯހުގައި މަޝްވަރާކުރައްވަމުންނެވެ.

ނަމެވެސް އެ ދުވަހު އޮތް ހިތްހަމަޖެހުމަކީ މީހުން ދިރިއުޅޭ ރަށަކުން ކޭސް ނުފެނުމެވެ. ސަރުކާރުން އައީ އެންމެ ވޯރސްޓް ކޭސް ސިނޭރިއޯއަށް ތައްޔާރުވެ މާލެސިޓީން ބަލި ފެނިދާނެކަމަށް ބަލައި، ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރަމުންނެވެ. ރާއްޖެއިން ކޮވިޑް-19ގެ ކޭސްއެއް ފެނުނުތާ 39 ދުވަސް ފަހުން، އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެސިޓީން ކޭސްއެއް ފެނުނެވެ. ހާސްކަމާއި ކަންބޮޑުވުމާއި ނުތަނަވަސްކަން އިތުރުވެ އެ ދުވަހުގެ ފެނިގެން ދިޔަ މަންޒަރުތަކަކީ އެއްވެސް ބަޔަކު ހަނދާނުން ފިލައިގެން ދާނެ މަންޒަރުތަކެއް ނޫނެވެ.

މާލެ ސަރަޙައްދު ލޮކްޑައުން ކުރުމުގެ ކުރިން ފެނުނީ ފިހާރަތަކާއި ކަބޯތަކެތި ވިއްކާ ތަންތަން ތޮއްޖެހުނު މަންޒަރެވެ. މުޅި މާލެ ހަލަބޮލިވެގެން ދިޔަ މަންޒަރެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ މިހިތްދަތި ދަނޑިވަޅުގައި ރައްޔިތުންނަށް ހިއްވަރު ދެއްވަމުން ރައީސް ނުހަނު އަސަރާއި ބަލާޢަތްތެރިކަމާއެކު ރާއްޖޭގެ ހާލަތުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުންގޮސް ވަކި ހިސާބަކުން ފެނިގެންދިޔައީ ފެންކަޅިވެ، ވާހަކަފުޅު ކުރިއަށް ނުގެންދެވިގެން އުޅުނު މަންޒަރެވެ. އޭރު ދައްކަވަމުން ގެންދެވީ ރާއްޖެއަށް ކުރިމަތިވެފައިވާ ހިތްދަތި ދަނޑިވަޅުގެ ވާހަކައެވެ.

ދިވެހި ރައްޔިތުންގެ ކިބައިން ކެތްތެރިވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ދިވެހިންނަށް ކުރިމަތިވެދާނެ ދަތިތަކުގެ ވާހަކަ ރައީސް ދެއްކެވީ ފެންކަޅިވެ އިންނަވައިގެންނެވެ. މާލެއިން ފުރަތަމަ ކޭސް ފެނުމާއި މާލެ ސިޓީ 24 ގަޑިއިރަށް ލޮކްޑައުން ކުރިއެވެ. ސިއްހީ މާހިރުންނާއި، ގައުމީ ދިފާއި ބާރާއި ފުލުހުންނާއި ދަރުމަވެރިންނާއި މީޑިއާތަކާއި ކަމާގުޅުންހުރި ހުރިހާ އިދާރާތަކުން ތެދުވެ ރައްޔިތުންގެ ހައްގުގައި ބަލި ކޮންޓްރޯލްކުރުމަށް ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ވުމަށް ތެދުވިއެވެ. ކޭސްތަކުގެ އަދަދު އުތުރުވަމުން ދިޔައިރު، އުންމީދު ފަނޑުވަމުން އައި ތަނެއް ނުފެނެއެވެ. ފުރާނަ އަތް މައްޗަށް ލައި އިސް ސަފުގައި ހަރަކާތްތެރިވި މީހުން ދިޔައީ އެ މަސައްކަތް ކުރަމުންނެވެ.

ހާލަތާއި ގުޅިގެން، ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބަރޯސާވެފައި އޮންނަ ފަތުރުވެރިކަމުގެ ދާއިރާގެ ދޮރުތައް ބަންދުކޮށް، ޖަމާއަތުގައި ނަމާދު ކުރުމާއި ސްކޫލްތަކާއި ކޮލެޖްތަކާއި ދަތުރުފަތުރު ހުއްޓާލިއެވެ. އިގްތިސާދު ނާޒުކު ހާލަތައް ވެއްޓި، ވިޔަފާރި ބަނގުރޫޓްވެ އެތައް ބައެއްގެ ވަޒީފާ ގެއްލުނެވެ. އާމްދަނީ ހޯދޭނެ އެއްވެސް ގޮތެއް ނެތި މަގުމަތިވެ ހާލުގައި ޖެހުނު އެތައް ފަރާތެއް އެބަތިއްބެވެ. މިއީ ހައްތަހާވެސް ރައްޔިތުން ތަހައްމަލު ކުރަންޖެހުނު ކަންތައްތަކެވެ. އެ ވާހަކަތަކުގެ ތަފްސީލަށް އިތުރަށް ދިއުމުގެ ބަދަލުގައި މިއަދަކީ ރާއްޖެއިން ބަލި ފެނުނުތާ 100 ދުވަސް ވީ ދުވަހެވެ. އެއީ މާޒީގައި ތަހައްމަލު ކުރަންޖެހުނު ކަންތައްތަކެވެ.

100 ދުވަސް ވީއިރު، ބަލި ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއްވެ، އެއްބާރުލުމާއި އެކު ގިނަ ކާމިޔާބީ ތަކެއް ހޯދިއްޖެއެވެ. ފުރަބަންދުގެ ހާލަތު ދެމިއޮތް ނަމެވެސް ބޮޑެތި ލުއިތަކާއި އެކު ބޭރަށް ނުކުމުގެ ހުއްދަ ވަނީ ދީފަ އެވެ. މިއަދު ހިން ދެމިލައިގެން، ސާފު ޖައްވެއްގައި ނޭވައެއް ލާން ބޭރަށް ނުކުމެވުނީ، ހޯދި ކާމިޔާބީއާއި ރައްޔިތުންގެ މަސައްކަތުން ކަމާއިމެދު ޝައްކެއްނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

05 ޖޫން 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު