ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި އެކަމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައި: މާލެސިޓީ ކައުންސިލް
16 އެޕްރީލު 2020 | ބުރާސްފަތި 07:13ޕޮލިސް ސިޓުއޭޝަން ރޫމްގައި ރަޖިސްޓްރީ ކުރުމަށް އެދިފައިވޭ


މާލެ ލޮކްޑައުންކޮށްފައި
ޒަރޫރީ ބޭނުމަކަށް ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި އެކަމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް މާލެސިޓީ ކައުންސިލް ބުނެފިއެވެ.
މާލެސިޓީ ކައުންސިލުން ބުނީ ލޮކްޑައުން ކޮށްފައިވާ މިހާލަތުގައި ކޮންމެހެން ގަންނަން ބޭނުންވާ އެއްޗެއް ގަތުމަށް ބޭރަށް ނުކުތުމަށް ބޭނުންވާ ފަރާތްތަކުން 3034444 އަދި 1665 ހޮޓްލައިންއަށް ގުޅުމުގެ ބަދަލުގައި ޕޮލިސް ސިޓުއޭޝަން ރޫމްގައި ރަޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ.
މާލެސިޓީ ކައުންސިލުން މިއިންތިޒާމްތައް ހަމަޖައްސާފައިމިވަނީ، ގޭތަކަށް ޑެލިވަރީކޮށްދޭ ފިހަރާތަކާއި، ކެފޭތަކުން ނަންބަރުތަކަށް ނުގުޅޭ ކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށްށެވެ. ފިހާރަތަކުގެ ނަންބަރުތައް އެންގޭޖްވެފައިވާއިރު، ފޯނު ނަންބަރުތައް ނިންވާލާފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ.







