Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްވަންއެންވަން

އިތުރު ނުވަ މީހުންނަށް އެޗްވަންއެންވަން ޖެހިއްޖެ

19 މާރިޗު 2017 | އާދީއްތަ 16:04

ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 123 މީހުން ވަނީ ޕޮސިޓިވް ވެފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 19 މާރިޗު 2017 | އާދީއްތަ 16:04
އިންފްލުއެންޒާ އެޗްވަންއެންވަން

އިންފްލުއެންޒާ އެޗްވަންއެންވަން

މިހާރު ރާއްޖޭގައި ފެތުރެމުންދާ ރޯގާ އާއި ގުޅިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް އިތުރު ނުވަ މީހަކަށް އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިފައިވާ އިރު މި ރޯގާ ގައި އެގާރަ މީހަކު އެޑްމިޓްކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 375 މީހަކު ރޯގާއަށް ޓެސްޓް ކުރެވިފައިވާއިރު އެޗްވަންއެންވަން އަށް ޖުމްލަ 123 މީހުން ވަނީ ޕޮސިޓިވް ވެފަ އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުން މި ރޯގާ ފެތުރެމުންދާ އިރު ހޮނިހިރު ދުވަހު ވަނީ މާލެއިން އެކަނި 728 މީހުން ފްލޫ ކްލިނިކަށް ދައްކާފަ އެވެ. މީގެ ތެރޭގައި އައިޖީއެމްއެޗުގެ ފްލޫ ކްލިނިކަށް 375 މީހުން، އޭޑީކޭ އިން 250 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ. އަރިދަފުސް ރޯގާ އާއި އެހެން ވައިރަލް ހުން ޖެހިގެން، އަތޮޅުތަކުގެ ފްލޫ ކްލިނިކަށް 1179 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައިވެ އެވެ.

Advertisement - newsAdvertisement

މިހާތަނަށް ފްލޫ ކްލިނިކްތަކަށް އެންމެ ގިނައިން ދައްކާފައިވަނީ، ބުރާސްފަތި ދުވަހު އެވެ. އެދުވަހު އަތޮޅުތަކުގެ ފްލޫ ކްލިނިކުން 1551 މީހުން ޑޮކްޓަރަށް ދައްކާފަ އެވެ.

ހޮނިހިރު ދުވަހު އަތޮޅުތަކުން އެންމެ ގިނައިން ޑޮކްޓަރަށް ދައްކާފައިވަނީ، ރ އަތޮޅާއި ހދ އަތޮޅެ އެވެ. އެގޮތުން ލ އަތޮޅުގެ ފްލޫ ކްލިނިކަށް 126 މިހުން ޑޮކްޓަރަށް ދައްކާފައިވާ އިރު ތ އަތޮޅުގައި ޑޮކްޓަރަށް ދައްކާފައިވަނީ 111 މީހުންނެވެ. މީގެ އިތުރުން ނ އަތޮޅުގެ ފްލޫ ކްލިނިކް ތަކަށް 104 މީހުން ޑޮކްޓަރަށް ދައްކާފައިވާ އިރު ލ އަތޮޅުގެ ފްލޫ ކްލިނިކް ތަކަށް 103 މީހުން ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ.

މިހާރު ފެތުރެމުންދާ ރޯގާތަކާ ގުޅޭ ގޮތުން ޑޮކްޓަރުން ވިދާޅުވަނީ މި ބައްޔަށް ރައްކާތެރިވުމުގެ ގޮތުން އަމިއްލަ ސާފުތާހިރު ކަމަށް ސަމާލުވާން ޖެހޭ ކަމަށާއި ބަލިން ރައްކާތެރިވުމުގެ ގޮތުން ބަލީގެ އަލާމާތްތައް ފެންނަ ކަމުގައިވާ ނަމަ މީހުންގެ ތެރެއަށް ނުކުންނަ އިރު މާސްކް އެޅުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.

އެޗްޕީއޭ އިން ވަނީ މި ބައްޔަކީ ވެސް އާއްމުކޮށް މިއުޅޭ ފަދަ ފްލޫއަކަށް ވުމާ އެކު އެބައްޔަށް ފަރުވާ ހޯދުމުގައި ބޮޑުވަރު ނުވާ މީހުން ކޮންމެހެން ފްލޫ ކްލިނިކްތަކަށް ނުދިއުމަށް އެދިފަ އެވެ. އެގޮތުން ހާލު ދެރަނުވާ ހާލަތުގައި ފްލޫ ކްލިނަކަށް ދިއުމުން، ބަލި ޖެހިފައިވާ މީހުންގެ ފަރާތުން އިންފްލުއެންޒާ ޖެހުމަށް އޮތް ފުރުސަތު ބޮޑުވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ވަނީ އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިފައިވާ މީހުންގެ ތެރެއިން ގިނަ މީހުން ރަގަޅުވެފައިވާކަން ފާހަގަކޮށްފަ އެވެ.

ރާއްޖޭގައި ފެތުރެމުންދާ ރޯގާ އާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކަށް މި ބަލިޖެހެމުންދާ އިރު ބަލިން ރައްކާތެރި ވުމަށްޓަކައި މީހުން ގިނައިން އުޅޭ ސަރަހައްދުތަކަށް ނުދިއުމަށާއި، ހުން އައިސް ރޯގާ ޖެހިއްޖެ ނަމަ ގިނަގިނަ އިން ދިޔާ އެއްޗެހި ބުއި މަށާއި، ހުން ގަދަވާނަމަ ހަށިގަނޑުގައި ފެން ހޭކުމަށް ޑޮކްޓަރުން ލަފާ ދެއްވައެވެ.

ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާ އާއި ގުޅިގެން ދެ މީހުން ވަނީ މަރުވެފަ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް