Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމާލެއިން ދިވެއްސަކު ޕޮޒިޓިވްވުން

ތޮއްޖެހިގެން ތަކެތި ނުގަނޭ، އޮންލައިންކޮށްވެސް ގަނެވޭނެ: އަމްރު

15 އެޕްރީލު 2020 | ބުދަ 09:12

އެސްޓީއޯގެ ސުޕަމާރޓުތައް ތޮއްޖެހެން ފަށާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 އެޕްރީލު 2020 | ބުދަ 09:12
މާލެއިން ދިވެއްސަކު ޕޮޒިޓިވްވުމާއެކު، އެސްޓީއޯގެ ސުޕަމާރޓުތައް ތޮއްޖެހެން ފަށާފައިވޭ

މާލެއިން ދިވެއްސަކު ޕޮޒިޓިވްވުމާއެކު، އެސްޓީއޯގެ ސުޕަމާރޓުތައް ތޮއްޖެހެން ފަށާފައިވޭ

މިދަނޑިވަޅުގައި ތޮއްޖެހިގެން ތަކެތި ގަތުމަށް ނުދިއުމަށާއި، ޑެލިވަރީގެ ޚިދުމަތް ހޯދުމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު އެދިވަޑައިގެންފި އެވެ.

ބުދަ ދުވަހު މާލެއިން ދިވެއްސަކު ޕޮޒިޓިވްވުމާއެކު، އެސްޓީއޯގެ ސުޕަމާޓުތައް ތޮއްޖެހެން ފަށާފައިވާއިރު، ގިނަ ބަޔަކު ކިއޫގައި ޖެހިގެން މުދާ ގަންނަމުންދާ ވީޑިއޯތަކާއި ފޮޓޯތައް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެކަމާ ގުޅޭގޮތުން ބުދަ ދުވަހު އަމްރު ކުރެއްވި ޓްވީޓެއްގައި ވަނީ، މިފަދަ ދަނޑިވަޅެއްގައި ތޮއްޖެހިގެން ތަކެތި ގަންނަން ނުދިއުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި އެސްޓީއޯ ސުޕަރމާޓުން ގަންނަން ބޭނުންވާ މުދާ ބޭނުންވާ ފަރާތްތަކަށް ޑެލިވަރީގެ ޚިދުމަތް އެސްޓީއޯއިން ފޯރުކޮށްދޭނެކަމަށް އަމްރު ވިދާޅުވި އެވެ.

އަމްރު އެހެން ވިދާޅުވެފައިވާއިރު، އެސްޓީއޯއިން ވަނީ އޮންލައިންކޮށް ވިޔަފާރި ކުރުމަށް "އީ ސްޓޯރ" ގެ ޚިދުމަތް ބޭނުން ކުރުމަށް އެދިފަ އެވެ. އެގޮތުން އީ ސްޓޯރ ގެ ބޭނުންކޮށްގެން މުދާ ގަތުމުން، ގެއަށް ޑެލިވަރ ކޮށްދޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

ބުދަ ދުވަހު މާލެއިން ދިވެއްސަކު ޕޮޒިޓިވްވެފައިވާއިރު، މިކަން ކަށަވަރުވުމާއިއެކު ރެޕިޑް ރެސްޕޮންސް ޓީމުން ޙަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި، މި މަޢުލޫމާތު އެމީހާއަށް އެންގުމަށްފަހު ވަގުތީގޮތުން ޞަރަޙައްދު ބަންދުކޮށް އޭނާ ދިރިއުޅޭ ގެ ކަރަންޓީނުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެޗްޕީއޭއިން ބުނީ މިކަން ކަށަވަރުވެފައިވަނީ ރޯގާގެ އަލާމާތްތައް ފެނިގެން މިމަހު 14 ވަނަ ދުވަހު މާލެހިޔާ ކައިރީ ހުންނަ ފުލޫ ކްލިނިކަށް ދެއްކި ދިވެއްސެއް ކޮވިޑް-19 އަށް ޓެސްޓުކުރުމުން ކަމަށެވެ.

އޭގެ އިތުރުން، ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދެމުންދާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށާއި، މިގޮތުން ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމާއި، އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމަށް އިތުރަށް ސާމާލުވުމަށް އެޗްޕީއޭއިންވެސް ވަނީ އެދިފަ އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

11 ޖޫން 2023

ސިމްޑީން ގޭތެރޭގައި ބޭނުންކުރާ ތަކެތިން ބޮޑު ޑިސްކައުންޓެއް

11 ޖޫން 2023
ސިމްޑީން ގޭތެރޭގައި ބޭނުންކުރާ ތަކެތިން ބޮޑު ޑިސްކައުންޓެއް
29 މާރިޗު 2022

ކުރިއަށް އޮތް ރޯދަމަހާއި ގުޅިގެން ކާބޯތަކެތި ކްލިއަރ ކުރަނީ

29 މާރިޗު 2022
ކުރިއަށް އޮތް ރޯދަމަހާއި ގުޅިގެން ކާބޯތަކެތި ކްލިއަރ ކުރަނީ
24 ޖެނުއަރީ 2022

ބީއެމްއެލްއިން އިތުރު 9 ރަށެއްގެ ސެން ކްލާހަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި

24 ޖެނުއަރީ 2022
ބީއެމްއެލްއިން އިތުރު 9 ރަށެއްގެ ސެން ކްލާހަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި
30 މާރިޗު 2021

ރޯދަމަހާ ދިމާކޮށް ރެޑްވޭވުން ބައެއްތަކެތި އަނެއްކާވެސް އަގުހެޔޮކޮށްފި

30 މާރިޗު 2021
ރޯދަމަހާ ދިމާކޮށް ރެޑްވޭވުން ބައެއްތަކެތި އަނެއްކާވެސް އަގުހެޔޮކޮށްފި
21 މާރިޗު 2021

މޫލީ މެދުވެރިކޮށް ރޯދައަށް ބޭނުންވާ ތަކެތި ވިޔަފާރިކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރ ކޮށްލަދޭ!

21 މާރިޗު 2021
މޫލީ މެދުވެރިކޮށް ރޯދައަށް ބޭނުންވާ ތަކެތި ވިޔަފާރިކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރ ކޮށްލަދޭ!
25 ޖުލައި 2020

އައިފޯން އެސްއީ އުރީދޫ އިން ލޯންޗްކޮށްފި، މޫލީ މެދުވެރިކޮށް ގަނެވޭނެ

25 ޖުލައި 2020
އައިފޯން އެސްއީ އުރީދޫ އިން ލޯންޗްކޮށްފި، މޫލީ މެދުވެރިކޮށް ގަނެވޭނެ
09 ޖޫން 2020

އެއްފަހަރު ބޭނުންކޮށްފައި އެއްލާލަންޖެހޭ އަންގި ފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރަނގަޅަށް ނައްތާލުމަށް ދިރާގުން އިލްތިމާސްކޮށްފި

09 ޖޫން 2020
އެއްފަހަރު ބޭނުންކޮށްފައި އެއްލާލަންޖެހޭ އަންގި ފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރަނގަޅަށް ނައްތާލުމަށް ދިރާގުން އިލްތިމާސްކޮށްފި
14 ޖޫން 2018

މާރުކޭޓުގައި ވިއްކާ ތަކެތީގެ އަގު ރަމަޟާން މަހަށް ފަހު ދަށަށް ދާނެ: ތަކެތި ވިއްކާ ފަރާތްތައް

14 ޖޫން 2018
މާރުކޭޓުގައި ވިއްކާ ތަކެތީގެ އަގު ރަމަޟާން މަހަށް ފަހު ދަށަށް ދާނެ: ތަކެތި ވިއްކާ ފަރާތްތައް
09 ޖޫން 2018

ކަރާ ކިލޯ އެއްގެ އަގު 45ރ. އަށް، އިތުރަށް އުފުލޭނެ: ތަކެތި ވިއްކާ ފަރާތްތައް

09 ޖޫން 2018
ކަރާ ކިލޯ އެއްގެ އަގު 45ރ. އަށް، އިތުރަށް އުފުލޭނެ: ތަކެތި ވިއްކާ ފަރާތްތައް
20 މެއި 2017

ރޯދަ މަސް ފެށެން ހަފްތާއެއް، ބައެއް ތަކެތި ބާޒާރުން ލިބުން ދަތި

20 މެއި 2017
ރޯދަ މަސް ފެށެން ހަފްތާއެއް، ބައެއް ތަކެތި ބާޒާރުން ލިބުން ދަތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް