Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކަނޑުތަކުގެ ދުވަހާ ގުޅިގެން ދިރާގުން ދިން މެސެޖު

އެއްފަހަރު ބޭނުންކޮށްފައި އެއްލާލަންޖެހޭ އަންގި ފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރަނގަޅަށް ނައްތާލުމަށް ދިރާގުން އިލްތިމާސްކޮށްފި

ނިއު ނޯމަލްއަށް ދާއިރު މިފަދަ ތަކެތި ބޭނުން ކުރުން އިތުރުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 9 ޖޫން 2020 | އަންގާރަ 03:26
ދިރާގުން އަބަދުވެސް ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ސާފުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދޭ

ދިރާގުން އަބަދުވެސް ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ސާފުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދޭ

ޑިސްޕޯސަބަލް ގްލޯވްސް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލަންޖެހޭ އަންގި ފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރަނގަޅަށް ނައްތާލުމަށް ދިރާގުން އިލްތިމާސްކޮށްފިއެވެ.

ކަނޑުތަކުގެ ދުވަހާ ގުޅިގެން ދިރާގުން ދިން މެސެޖެއްގައި ބުނެފައިވަނީ "ނިއު ނޯމަލް" ނުވަތަ އައު އާންމު ހާލަތަށް ދިޔުމަށް ތައްޔާރު ވަމުންދާއިރު، ގައުމުތަކުން ފުރަބަންދު އުވާލާ، އޮފީސްތަކާއި ވިޔަފާރިތައް އަލުން ހުޅުވާ، ބޭރައް ނިކުމެ އުޅެން މަދު މަދުން ހުއްދަ ލިބެމުންދާ ކަމަށެވެ.

ބޭރަށް ނިކުމެ އުޅެވުނަސް މާސްކް އެޅުން ވަނީ ކޮންމެހެން ލާޒިމް ކޮށްފައިވާ ކަމެއްކަން ސިފަކޮށް ދިރާގުން ބުނީ ޑިސްޕޯސަބަލް ގްލޯވްސް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލަންޖެހޭ އަންގި ފަދަ ތަކެތި ބޭނުން ކުރުން ވަނީ ގިނަވެފައިވާ ކަމަށެވެ.

އެހެންކަމުން، މިފަދަ އެއްފަހަރު ބޭނުންކުރަން ޖެހޭ އަންގި، މާސްކް އަދި ޕްލާސްޓިކް ކޮތަޅު ފަދަ ތަކެތި ނައްތާލުމުގައި ވަރަށް މުހިންމު ސަމާލުކަމެއް ދޭން ޖެހޭ ކަމަށާއި، މިފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާނުލެވިއްޖެ ނަމަ، ވަށައިގެން ވާ ކަނޑުތަކާ ފަރުތަކަށް އޭގެ ސަބަބުން ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ ރާއްޖެއަކީ ކަނޑުތަކާއި އޭގައިވާ ދިރުންތަކަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ކަނޑުތައް ރަނގަޅަށް ބެލެހެއްޓުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށެވެ.

ކަނޑުތަކުގެ ދުވަސް ފާހަގަކުރަމުންދާއިރު، ރައްކާތެރިގޮތުގައި ޕީ.ޕީ.އީ ، މާސްކް އަދި އަންގި ފަދަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ނައްތާލުމަށް ޚާއްސަ ސަމާލު ކަމެއްދޭން ޖެހޭ ކަމަށާއި، މަގު މައްޗަށާއި މީހުން އުޅޭ ސަރަހައްދުތަކަށް މި ފަދަ ތަކެތި އުކާލުމުގެ ނޭދެވޭ އާދަތަކާ ދުރުވުމަށް ދިރާގުން ވަނީ އިލްތިމާސްކޮށްފައެވެ.

ދިރާގުން ބުނީ މިކަމުގެ ސަބަބުން ސީދާ ގޮތުން ކުރާ ސިއްހީ ނޭދެވޭ އަސަރުގެ އިތުރުން، މިތަކެތި ކަނޑުތަކަށް އެޅުމުން ލިބޭ ގެއްލުން ވެސް ބޮޑު ކަމަށާއި، އެއް ކާރިސާއިން އަރައި ނުގަނެވެނީސް އަނެއް ކާރިސާއަށް ދިޔަ ނުދިޔުމަކީ ހުރިހާ އެންމެން ވެސް އެކަމަށް ސަމާލުވާންޖެހޭ ކަމެއް ކަމަށް ދިރާގުން ބުނެއެވެ.

ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަކަށްވާއިރު ދިރާގުން ވަނީ ކަނޑުތަކުގެ ހިމާޔަތުގައި އަޑު އުފުލާފައެވެ. 2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ދިރާގާއި ޕާލޭ މޯލްޑްވިސް ގުޅިގެން ފެށި "ފޯ ދި އޯޝަންސް" ކެމްޕެއިންގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅާ އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށް ވަނީ ގޮވާލާފައިއެވެ.

މީގެ އިތުރުން، މި ކެމްޕެއިންގެ ދަށުން މުހިންމު ކަންތައްތަކެއް ދިރާގުން ވަނީ ކޮށްފައިއެވެ. އެގޮތުން، ދިރާގުން ވަނީ ރީ-ޔޫސަބަލް ކޮތަޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށާއި ސްކޫލްތަކަށް ހަދިޔާކޮށްފައިއެވެ. އަދި ހަމައެއާއެކު، ގޮނޑުދޮށާއި ފަރުތައް ސާފުކުރާ ޕްރޮގުރާމްތަކުގައި ދިރާގާއި ދިރާގުގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެއެވެ. 2020 ވަނަ އަހަރު ދިރާގު ކަލަންޑަރުގެ ކޮންމެ މަހެއް ޚާއްސަ ކޮށްފައިވަނީ ވެސް ކަނޑުތަކަށް ކުނި ނޭޅުމަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ.

މީގެ އިތުރުން، ދިރާގުގެ ހުރިހާ އޮފީހެއްގައި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކް ފެންފުޅި ގެންގުޅުން މަނާކުރުމަށް ފިޔަވަޅުއަޅާ މިކަމާ ގުޅިގެން އާންމުންގެ މެދުގައި ޕްލާސްޓިކާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިނެއް ފެށި ފުރަތަމަ ދިވެހި ކުންފުންޔަކީވެސް ދިރާގެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުއެޑިޝަން ހޯލްސޭލް: ބޮޑީ ސްޕްރޭ، މިނީ ޕަރފިއުމް އަދި ރޫމް ސްޕްރޭ ފަދަ ކޮލިޓީ އެތައް ޕްރޮަޑަކްޓްތަކެއް!

ނިއުއެޑިޝަން ހޯލްސޭލް: ބޮޑީ ސްޕްރޭ، މިނީ ޕަރފިއުމް އަދި ރޫމް ސްޕްރޭ ފަދަ ކޮލިޓީ އެތައް ޕްރޮަޑަކްޓްތަކެއް!

22 ޖުލައި 2025
އެސްޓްރަބޮން އެކްސްޕޯ ވަރަށް ކާމިޔާބު: އެސްޓްރަބޮން ހޯމް އަދި އެސްޓްރަބޮން ވެބްސައިޓް ފަދަ އާ ކަންތައްތަކެއް!

އެސްޓްރަބޮން އެކްސްޕޯ ވަރަށް ކާމިޔާބު: އެސްޓްރަބޮން ހޯމް އަދި އެސްޓްރަބޮން ވެބްސައިޓް ފަދަ އާ ކަންތައްތަކެއް!

14 ޖުލައި 2024
މޫލީ މެދުވެރިކޮށް އެޕަލް އަދި ސެމްސަންގް ފަދަ މަގުބޫލު ބްރޭންޑްތަކުގެ ފޯނާއި އެކްސެސަރީޒް ލިބޭ "ޑިވައިސް ފްލޭޝް ސޭލް" ފަށައިފި!

މޫލީ މެދުވެރިކޮށް އެޕަލް އަދި ސެމްސަންގް ފަދަ މަގުބޫލު ބްރޭންޑްތަކުގެ ފޯނާއި އެކްސެސަރީޒް ލިބޭ "ޑިވައިސް ފްލޭޝް ސޭލް" ފަށައިފި!

15 އޮކްޓޯބަރު 2023
ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އެމްޓީސީސީން ދީފި

ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އެމްޓީސީސީން ދީފި

23 މާރިޗު 2023
ސީއެންއެން، އެޗްބީއޯ ފަދަ ޗެނަލްތަކުގެ ރާއްޖޭގެ އޮތޮރައިޒް ޑީލަރ އަކީ މީޑިއާނެޓް، ހުއްދަނެތި ބޭނުން ނުކުރުމަށް އެދިއްޖެ

ސީއެންއެން، އެޗްބީއޯ ފަދަ ޗެނަލްތަކުގެ ރާއްޖޭގެ އޮތޮރައިޒް ޑީލަރ އަކީ މީޑިއާނެޓް، ހުއްދަނެތި ބޭނުން ނުކުރުމަށް އެދިއްޖެ

10 އޯގަސްޓު 2020

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު