Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރަމަޟާން 1439

މާރުކޭޓުގައި ވިއްކާ ތަކެތީގެ އަގު ރަމަޟާން މަހަށް ފަހު ދަށަށް ދާނެ: ތަކެތި ވިއްކާ ފަރާތްތައް

އަގުތައް ވަރަށް ބޮޑަށް ހެޔޮވާނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 14 ޖޫން 2018 | ބުރާސްފަތި 09:58
ލޯކަލް މާރުކޭޓް

ލޯކަލް މާރުކޭޓް

މާރުކޭޓުގައި ވިއްކާ ތަކެތީގެ އަގު ރަމަޟާން މަހަށް ފަހު ދަށަށް ދާނެ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެއެވެ.

ތަކެތި ވިއްކާ ފަރާތްތަކުން ބުނީ ލޯކަލް މާރުކޭޓުގައި ވިއްކާ ހުރިހާ ބާވަތެއްގެ އަގުތައް ވެސް ވަރަށް ބޮޑަށް ހެޔޮވެގެންދާނެ ކަމަށެވެ. އެހެން ނަމަވެސް ކަރާ އާއި މިރުހުގެ އަގަށް މާ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެއެވެ.

މާރުކޭޓުގައި ކަރާ ކިލޯއެއް ލިބެން ހުރީ 70ރ. އާއި 60ރ. އާ ދެމެދުގެ އަގުތަކެއްގައެވެ. ފަޅޯ ކިލޯއެއް 30ރ. އަށް ލިބެން ހުރި އިރު މިރުސް ކިލޯއެއް ލިބެން ހުރީ 370ރ. އަށެވެ. ބެލް ޕެޕާ ކިލޯއެއް 80ރ. އަށް ލިބެން ހުރި އިރު ކެޕްސިކަމް ލިބެން ހުރީ 65ރ. އަށެވެ. ޕެޝަން ފްރުޓް ކިލޯއެއް އަދި ފޭރު ކިލޯއެއް ލިބެން ހުރީ 60ރ. އަށެވެ. މީގެ އިތުރުން ބަރަބޯ ކިލޯއެއް ލިބެން ހުރީ 25ރ. އަށެވެ.

މާރުކޭޓުގައި ލިބެން ހުރި ގިނަ ބާވަތްތައް ގެނެސްފައި ވަނީ އއ. ތޮއްޑޫ އާއި ށ. ކަނޑޫދޫ އާއި ލ. އަތޮޅާއި ފުވައްމުލަކާއި އައްޑޫ ސިޓީ އިންނެވެ. މީގެ އިތުރުން ކ. ކާށިދޫ އިން ވެސް ތަކެތި ގެނެސްގެން އަންނަނީ ވިއްކަމުންނެވެ. ރަމަޟާން މަހުގައި އެންމެ ބޮޑަށް އުފުލިގެން ގޮސްފައި ވަނީ ކަރައާއި މިރުހުގެ އަގެވެ. އެގޮތުން 25ރ. އަށް ލިބެން ހުރި ކަރާގެ އަގު ވަނީ 70ރ. އަށް މައްޗަށް އުފުލިފައެވެ. މީގެ އިތުރުން ފަތުގެ ބާވަތްތައް ވެސް މާރުކޭޓުގައި ލިބެން ހުރި މިންވަރު ވަރަށް މަދެވެ. ހާއްސަކޮށް ކޮޕީ ފަތް މާރުކޭޓުގައި ލިބެން ހުރީ ވަރު ވަރަށް މަދުންނެވެ. އަދި ބައެއް ދުވަސް ދުވަހުގައި ކޮޕީ ފަތް މާރުކޭޓުން ހުސްވެގެން ވެސް ދެއެވެ.

އިތުރަށް ކިޔާލަން

28 މެއި 2017

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި
23 މެއި 2017

ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

23 މެއި 2017
ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި
23 މެއި 2017

ރަމަޟާން މަހު ބީއެމްއެލްއިން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

23 މެއި 2017
ރަމަޟާން މަހު ބީއެމްއެލްއިން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި
17 މެއި 2017

ވިލާ ގޭހުގެ އަގުހެޔޮކޮށްފި

17 މެއި 2017
ވިލާ ގޭހުގެ އަގުހެޔޮކޮށްފި
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު