Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ކެއަރ ޕެކޭޖްތައް ފޮނުވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާނެ: ފޮރިން މިނިސްޓްރީ

13 އެޕްރީލު 2020 | ހޯމަ 11:11

ވީހާވެސް އަވަހަށް ޕެކޭޖްތައް ހަވާލުކުރާނަން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 13 އެޕްރީލު 2020 | ހޯމަ 11:11
ކެއާރ ޕެކޭޖްތައް ހަވާލުކުރުމަށް ކިޔޫގައި

ކެއާރ ޕެކޭޖްތައް ހަވާލުކުރުމަށް ކިޔޫގައި

ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ ދިވެހިންނަށް ފޮނުވާފައިވާ ކެއަރ ޕެކޭޖްތަކަށް ހަވާލުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްދާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިކަމުގެ އެންމެ ފަހުގެ ތަފްސީލް ހާމަކޮށް ފޮރިންމިނިސްޓްރީން ބުނެފައިވަނީ، ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއަށް ފޮނުވާފައިވާ 622 ޕެކޭޖްގެ ތެރެއިން 500 ޕެކޭޖް މިހާތަނަށް ހަވާލުކޮށްފައިވާކަމަށާއި އޭގެތެރެއިން ބާކީ 122 ޕެކޭޖް ހޯމަ އަދި އަންގާރަ ދުވަހު ހަވާލުކުރާނެކަމަށެވެ.

Advertisement - newsAdvertisement

މެލޭޝިއާއަށް ފޮނުވާފައިވާ 452 ޕެކޭޖްގެ ތެރެއިން މިހާތަނަށް ހަވާލުކުރެވިފައިވަނީ 65 ޕެކޭޖެއެވެ. ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ބާކީ 387 ޕެކޭޖް ހަވާލުކުރުމުގެ މަސައްކަތް މި ހަފުތާތެރޭގައި ކުރިޔަށް ދާނެކަމަށާއި އާއިލާތަކަށް އެތަކެތި ފޯރުކޮށްދިނުމުގެ ދަތިކަމެއް އުޅެނީ، ހަފުތާ ބަންދުގައި އެތަކެތި ލިބުމުންކަމަށެވެ. އަދި ގައުމުގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ލަސްތަކެއް އުޅޭކަމަށް ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާއަށް ފޮނުވާފައިވާ ޖުމުލަ ޕެކޭޖްތަކުގެ އަދަދަކީ 144 އެކެވެ. އެތަކެތި ލިބުމާއެކު އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓުން އެ ތަކެތި ކަސްޓަމުން ކްލިއަރ ކުރުމަށްފަހު އެތަކެތި އާއިލާތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރިޔަށްގެންދާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ކެއަރ ޕެކޭޖްގެ ގޮތުގައި ކޮންމެ އާއިލާ އަކަށް ފޮނުވޭނީ 15 ކިލޯގެ ތަކެއްޗެެވެ. ފޮރިން މިނިސްޓްރީން ވަނީ މީގެ ކުރިން ސްރިލަންކާ އަދި މެލޭޝިޔާ ގައި ދިރިއުޅޭ ފަރާތްތަކަށް ކެއަރ ޕެކޭޖް ފޮނުވޭނެ އިންތިޒާމު ހަމަޖައްސައިދީފައެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ، ޢާއިލާތަކަށް ފޮނުވާފައިވާ ތަކެތި ފޯރުކޮށްދިނުމުގެ ލަސްތަކެއް އުޅެނީ ކޮވިޑް-19 އާއި ގުޅިގެން ޤައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އަދި މި ޤައުމުތަކުގެ ހައިކޮމިޝަންތަކުން ވީހާވެސް އަވަހަކަށް ހުރިހާ ގެތަކަށް ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ،

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް