Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްއާރްސީއެމް

ކަރަންޓީނު ފެސިލިޓީތަކަށް ދާން ނިންމާފައެއް ނުވޭ: އެޗްއާރްސީއެމް

12 އެޕްރީލު 2020 | އާދީއްތަ 14:17

މަދު ޕީޕީއީ ބޭނުންކުރުމުގެ ވިސްނުމެއްވެސް ނުގެންގުޅޭނެ: އެޗްއާރްސީއެމް

އަލީ ސަމާޚް
އަލީ ސަމާޚް | 12 އެޕްރީލު 2020 | އާދީއްތަ 14:17
ފަރުކޮޅުފުށި ގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީ

ފަރުކޮޅުފުށި ގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީ

ކަރަންޓީނު ފެސިލިޓީތަކަށް ދާން ނިންމާފައިނުވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމުން އެހެން ބުނެފައިމިވަނީ ''ހިއުމަން ރައިޓްސް ކޮމިޝަނުން ކަރަންޓީން ފެސިލިޓީތަކަށް ދާން ބޭނުންވެއްޖެ" މި މައޫޝޫގެ ދަށުން ރާއްޖެ.އެމްވީން ޝާއިއު ކޮށްފައިވާ ހަބަރަކާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

އެކަމާއި ގުޅިގެން އެ ކޮމިޝަނުން އާދިއްތަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް "ސަބްކޮމިޓީ އޮން ޕްރިވެންޝަން އޮފް ޓޯޗަރ" އެސްޕީޓީ އިން ފެބްރުއަރީ މަހުގެ 10 އިން 14 އަށް ކުރިޔަށް ގެންދިޔަ އެސްޕީޓީގެ 40 ވަނަ ބައްދަލުވުމުގައި ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) ތަކުން ކަރަންޓީނު ފެސިލިޓީތަކަށް ޒިޔާރާތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް، އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ (އޮޕްކެޓް) އިން އެންޕީ އެމްތަކަށް ދީފައިވާ ބާރުގެ ދަށުން، އެފަދަ ތަންތަނަށް ޒިޔާރާތްކުރުމަކީ އެންޕީއެމްގެ އިހްތިސާސް ތަކުގެ ތެރޭގައި ކުރެވޭނެކަމެއް ކަން ބަޔާންކޮށްފައިވާކަމަށެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައި ބުނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަކީ އެ ކޮމިޝަނުގެ ގާނޫނީ ޒިންމާއެއް ކަމުގައިވީނަމަވެސް، ކަރަންޓީނު ފެސިލިޓީތަކަށް ޒިޔާރާތްކުރުމުގައި ދިމާވެދާނެ ގޮންޖެހުންތައް ހުރުމާއެކު މިވަގުތު އެފެސިލިޓީތަކަށް އެ ކޮމިޝަނުން ދިޔުމަށް ނިންމާފައިނުވާ ކަމަށެވެ. އަދި އެފަދަ ތަންތަނަށް ދާންޖެހިއްޖެ ޙާލަތެއްގައިވެސް ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބޭނުންކުރުމަށް ހުރި މަދު ޕީޕީއީ ބޭނުންކުރުމުގެ ވިސްނުމެއްވެސް ނުގެންގުޅޭ ކަމަށްވެސް އެޗްއާރްސީއެމުން ބުންޏެވެ.

މީގެއިތުރުން، ކަރަންޓީނު ފެސިލިޓީތަކަށް ދިޔުމަކީ މިހާލަތުގައި އެންމެ އެދެވޭ ގޮތެއްކަމުގައި ކޮމިޝަނަށް ނުފެންނާތީ ފެސިލިޓީތަކަށް ޒިޔާރާތް ކުރުމުގެ ބަދަލުގައި، މި ފެސިލިޓީތަކާއި އެތަންތަނުގައި ބައިތިއްބާފައި ތިބި ފަރާތްތަކާ ގުޅޭ މައުލޫމާތު ހޯދުމަށް މި މަހުގެ ހަތް ވަނަ ދުވަހު ސިޓީއަކުން އެޗްޕީއޭގައި އެދިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެޗްއާރުސީއެމުން ކުއްލިގޮތަކަށް ހަރަކާތްތެރިވާން ފެށުމުން ގިނަ ބަޔެއްގެ ފާޑުކިޔުންތަށް އެ ކޮމިޝަނަށް ވަނީ އަމާޒުވެފަ އެވެ. އަދި ރައްޔިތުންގެ ސަލާމނަތާއި ރައްކާތެރިކަމަށްޓަކައި، ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންގެންދިކޮށް، ކުއްލިގޮތަށް އެ ކޮމިޝަނުން ތެދުވެ، ހަރަކާތްތެރިވާން ފެށުމުން ކޮމިޝަންގެ މަޤްސަދާއިމެދުވެސް ގިނަ ބަޔަކު ސުވާލު އުފައްދަ، ސޯޝަލް މީޑިއާގައި ކޮމިޝަނަށް ފާޑުކިޔުންތައް އަމާޒުކުރަމުންގެންދެ އެވެ. އެ ކޮމިޝަނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި ލާއިންސާނީ އެތައްކަމެއް ނުފެންނަކަމަށް ހެދިގެން އޮތް ކޮމިޝަނެކެވެ. މިދިޔަ އަހަރުތަކުގައި އެޗްއާރްސީއެމް އަށް ފުރިހަމަ ގޮތުގައި މަސްއޫލިއްޔަތު އަދާކުރެވިފައިނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 މާރިޗު 2017

ސައުދީ ރަސްގެފާނަށް ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރަނީ

11 މާރިޗު 2017
ސައުދީ ރަސްގެފާނަށް ޖުމްހޫރީ މައިދާން ޒީނަތްތެރި ކުރަނީ
08 މާރިޗު 2017

ރައްޔިތުންގެ މަތިން ހަނދާންކުރާ މަޖިލީހެއް ހޯދުމުގެ ފުރުސަތު އެބަ އޮތް: ފާރިސް

08 މާރިޗު 2017
ރައްޔިތުންގެ މަތިން ހަނދާންކުރާ މަޖިލީހެއް ހޯދުމުގެ ފުރުސަތު އެބަ އޮތް: ފާރިސް
08 މާރިޗު 2017

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

08 މާރިޗު 2017
އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ
21 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
08 ފެބުރުއަރީ 2017

ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި

08 ފެބުރުއަރީ 2017
ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް